އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖެޓް ފިޔުލްގެ އަގު ހުންނާނީ ސަރަހައްދީ ފެންވަރުގަ ހިފަހައްޓާފަ: ޢާދިލް މޫސާ

ޖެޓް ފިޔުލްގެ އަގު ހުންނާނީ ސަރަހައްދީ ފެންވަރުގަ ހިފަހައްޓާފަ: ޢާދިލް މޫސާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓުން ވިއްކާ ޖެޓްފިޔުލްގެ އަގު ހުންނާނީ ސަރަހައްދީ ފެންވަރުގައި ހިފަހައްޓާފައި ކަމަށް އެމްއޭސީއެލްގެ އެމްޑީ ޢާދިލް މޫސާ ވިދާޅުވެއްޖެއެވެ.

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓަށް ބޭނުންވާ ތެލުގެ ބާވަތްތައް އެތެރެކުރުމުގެ އެއްބަސްވުން އައުކުރުމަށް އެސްޓީއޯގެ މައި އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޢާދިލް މޫސާ ވިދާޅުވީ ބައެއް އެއާލައިންތަކުން ރާއްޖެއިން ތެޔޮ ގަތުން މަދުކުރަނީ އެ ފްލައިޓްތަކަކީ ތެޔޮ އުފައްދާ ޤައުމުތަކުގެ ފްލައިޓުތައް ކަމަށްވާތީ ކަމަށެވެ.

"މިސާލަކަށް އަޅުގަނޑުމެންނަކީ ތެޔޮ ބޭރުން އެތެރެކޮށްގެން ވިއްކާ ބައަކަށްވާއިރު ތެޔޮ އުފައްދާ ދުބާއީ އިން އެ ޤައުމުގެ ފްލައިޓްތަކަށް ވިއްކާ އަގަކު އަޅުގަނޑުމެންނަކަށް ތެލެއް ނުވިއްކޭނެ. އެހެންކަމާއިއެކުވެސް އެފަދަ ޤައުމުތަކުގެ ފްލައިޓްތަކުން މިހާރު ވެސް ގެންދަނީ ތެޔޮ ގަންނަމުން."

ޢާދިލް މޫސާ ވިދާޅުވީ އެއާޕޯޓް ތަރައްޤީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުތަކުގެތެރެއިން މުޅިން އަލަށް ތަރައްޤީކުރާ ފިޔުލް ފާމުގެ މަސައްކަތް ނިމުމުން މިހާރަށްވުރެ 3 ގުނަ އިތުރަށް ތެޔޮ ރައްކާކުރެވޭނެ ކަމަށެވެ. އަދި ސްޓޯރޭޖް ކެޕޭސިޓީ މަތިކޮށް އިތުރުކުރެވުމުން ގިނަ އަދަދެއްގެ ތެޔޮ އެއްފަހަރާ އެރެކުރެވޭނެ ކަަމަށާއި ލިބޭ އަގުވެސް އެއިރުން ހެޔޮކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް ތެޔޮ ލިބޭ އަގުތައް ހެޔޮ ކުރެވުނީމާ އެ ފައިދާ ރާއްޖެއަށް އަންނަ ފްލައިޓްތަކާއިއެކު އަޅުގަނޑުމެން ޙިއްޞާކުރާނަން."

ރާއްޖެއަށް އަންނަ ފްލައިޓުތަކަށް އެމްއޭސީއެލް އިން ގެންދަނީ ވަރަށް ފުރިހަމައަށް ޚިދުމަތް ދެމުންކަން އެއާލައިންތަކުން ފާހަގަކުރެއެވެ.

ޖީއެމްއާރުން އެއާޕޯޓް ހިންގި ދުވަސްވަރު ތެލުގެ އަގު އިންތިހާއަށް އުފުލުމުން ބައެއް އެއާ ލައިންތަކުންް ވަނީ ކަންބޮޑުވުން ފައުޅުކޮށް ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓައިލާނެ ކަމުގެ އިންޒާރު ދީފައެވެ. ބައެއް ފްލައިޓުތަކުން ވަނީ ދަތުރުތައް މަދުކޮށްފއިވާއިރުު ބައެއް ފްލައިޓުތަކުން ވަނީ ދަތުރުތައް ހުއްޓާލައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް