އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހަކީ އަނބިންނަށް މެނޫ ދީފައި އަަބަދު ބަދިގޭގައި ބައިތިއްބަންޖެހޭ މަހެއް ނޫން: ޝައިޚް ސަމީރު

ރަމަޟާން މަހަކީ އަނބިންނަށް މެނޫ ދީފައި އަަބަދު ބަދިގޭގައި ބައިތިއްބަންޖެހޭ މަހެއް ނޫން: ޝައިޚް ސަމީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

ރަމަޟާން މަސް އައުމުން މިހާރަކަށް އައިސް ފެންނަނީ އަނބިންނަށް އަދި އަންހެން ވެރިންނަށް ބަދިގޭގައި އުޅެންޖެހޭ ތަނެވެ. ބައެއް ގޭގޭގައި ރަމަޟާން މަސް އައުމުގެ ކުރިން ދުވަހު "ފުޑް މެނޫ" ތައްޔާރު ކުރެއެވެ. އަދި ރަމަޟާން މަސް އައުމުން އެންމެ ބޮޑު އިސްކަމެއް ދެވެނީ މާދަމާގެ "ފުޑް މެނޫ" އަށެވެ.

ނަތީޖާއަކަށް ވަނީ މެނޫ އާއި އެއްގޮތަށް ކާބޯތަކެތި ތައްޔާރު ކުރުމަށްޓަކައި އަންހެން ވެރިންނަށް ދުވާލުގެ ގިނަ ވަގުތު ބަދިގޭގައި އުޅެންޖެހުމެވެ. ރޯދައަށް ހުރި ނަމަވެސް ޤްރްއާން ކިޔަވައިލާނެ ވަގުތު ކޮޅެއްވެސް ނުލިބުމެވެ.

މިކަމާއި ގުޅިގެން އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވީ ރަމަޟާން މަހަކީ ހަމައެކަނި ފިރިހެނުންނަށް އަންނަ މަހެއް ނޫން ކަމަށާއި އެއީ އެންމެންނަށް އަންނަ މަހެއް ކަމަށެވެ. އެހެންކަމުން ކީރިތި ޤްރްއާން ކިޔެވުމާއި އަޅުކަން ކުރުމުގެ ފުރުޞަތަކީ ހަމައެކަނި ފިރިހެނުންނަށް އޮންނަންޖެހޭނެ ފުރުޞަތެއް ނޫން ކަމަށާއި އެ ފުރުޞަތު އަނބިންނަށް ހޯދައި ދިނުމަކީ ފިރިން ކުރަންޖެހޭނެ ކަމެއް ކަމަށެވެ.

"އަޅުކަން ކުރުމުގެ ހައްޤު ފިރިންނަށް ލިބިގެންވާ ފަދައިން އަނބިންނަށްވެސް ލިބިގެންވޭ. އަނބިންނަށް އެ ހައްޤު ހޯދައިދިނުމަކީ ފިރިންނަށް އޮތް ވާޖިބެއް."

ޝައިޚް ސަމީރު ވިދާޅުވީ ގެއަށް ބޭނުންވާ ވަރަށް ކައްކަން ވެސް ޖެހޭނެ ކަމަށެވެ. ނަމަވެސް ރޯދައަށް ހުރެގެން ކުރާ ހަަމައެކަނި ކަމަކީ ކާބޯތަކެތި ތައްޔާރުކުރުން ކަމަށް ހަދައިގެން ނުވާނެ ކަމަށެވެ.

ޝައިޚް ސަމީރު ވިދާޅުވީ ގޭތެރޭގެ މަސައްކަތްކުރުމަކީވެސް އަޅުކަމެއް ކަމަށެވެ. އެހެންކަމާއިއެކުވެސް މަސައްކަތްތައް ރާވަން ވާނީ ދެމަފިރިން މަޝްވަރާކޮށްގެން ރޯދައަށް ހުރެ ކުރަންޖެހޭ ހުރިހައި އަޅުކަން އަނބިމީހާއަށްވެސް ކުރެވޭނެ ގޮތަށް ކަމަށެވެ. އަދި އަނބިމީހާއަށް ރޭ އަޅުކަން ކުރުމުގެ ފުރުޞަތުވެސް ހޯދައިދޭން ޖެހޭނެ ކަަމަށާއި ތަރާވީސް ނަމާދު ކުރުމަށް ވަގުތު ހުސްކޮށްދޭންޖެހޭނެ ކަމަށެވެ.

ދެމަފިރިން އެކުގައި މިސްކިތަށް ހިނގައްޖެނަމަ ކުދިން ބެލުމުގެ މައްސަލަތައް ކުރިމަތިވާނެ އާއިލާތައް ވެސް ތިބޭނެ ކަމަށާއި އެހެންކަމުން މޮޅު އިތުރުވެގެން ވަނީ ދެމަފިރިންގެ މެދުގައި މަޝްވަރާކޮށް ގޭތެރޭގެ ކަންކަމުގައިވެސް އަދި އަޅުކަމުގައިވެސް އެކަކަު އަނެކަކާއި އެހީތެރިވެ އަޅުކަމަށް ފުރުޞަތު ހޯދުން ކަމަށް ވެސް ޝައިޚް ސަމީރު ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް