އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށިމުބާރާތް 2016 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށިމުބާރާތް 2016 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

އެސްޓީއޯ ބާއްވަމުން އަންނަ އަހަރީ ބަށިމުބާރާތް، އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށިމުބާރާތް 2016 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެސްޓީއޯ މައި އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެމުން މިއަދު އެސްޓީއޯ އިން ބުނީ މިއަަހަރުގެ މުބާރާތުގެ ވެސް 1 ވަނަ ޓީމަށް 100،000 ރުފިޔާ، ދެވަނަ ޓީމަށް 50،000 ރުފިޔާ އަދި 3 ވަނަ ޓީމަށް 25،000 ރުފިޔާ އާއި ފެއަރޕްލޭ ޓީމަށް 10،000 ރުފިޔާ ހުށަހަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން ހޮވާލެވޭ ޚާއްޞަ ވަަނަތަކަށް ފައިސާގެ އިނާމާއި ޓްރޯފީ ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެސްޓީއޯ އިން ބުނީ ބައިވެރިވާ ކޮންމެ ޓީމަކަށް ޚާއްޞަ އެލަވެންސެއްގެ ގޮތުގައި 6.000 ރުފިޔާ ދޭނެ ކަމަށާއި ޔޫތް މިނިސްޓްރީ އާއި ގުޅިގެން މިއަަހަރުވެސް ރާއްޖެތެރޭގެ ޓީމުތަކަށް މާލޭގައި ތިބުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭން މަސައްކަތްކުރާނެ ކަމަށެވެ.

މުބާރާތުގައިވުމަށް އެދޭ ފޯމް އަންނަ ހަފްތާއިން ފެށިގެން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި ނޭޝަނަލް ބަށިބޯލް އެސޯސިއޭޝަނުން ދޫކުރާނެއެވެ.

އަދި އެސްޓީއޯގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ. މުބާރާތް ފެށުމަށް ހމަޖެހިފައިވަނީ ފިޠުރު ޢީދު ދުވަހުއެވެ. ބައިވެރިވާން އެދޭ ފޯމު ޖޫންމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ބަަލައިގަންނަނީ ބަށި ބޯލް އެސޯސިއޭޝަނުންނެވެ.

އެސްޓީއޯ އިން ބުނީ މިދިއަ އަހަރުވެސް މާލެއިން 10 ޓީމާއި ރާއްޖެތެރެއިން 11 ޓީމު ހިމެނޭގޮތުން 21 ޓީމު ބައިވެރިވި ކަމަށެވެ. އަދި މިއަހަރުވެސް ވީހައި ގިނަ ޓީމުތަކެއް ބައިވެރިވާނެކަމަށް އުންމީދުކުރާ ކަމަށެވެ.

މިއަހަރުވެސް މުބާރާތް ބާއްވަނީ ނޭޝަނަލް ބަށިބޯލް އެސޯސިއޭޝަނާއި ގުޅިގެންނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވީ ޖެނެރަލް މެނޭޖަރ މުޙައްމަދު މުރާދުއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް