އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގު 4ޖީ ހިދުމަތް މިފަހަރު ދ.ކުޑަހުވަދޫ، ލ.ގަން ތުނޑި އަދި މަތިމަރަދޫ އަށް

ދިރާގު 4ޖީ ހިދުމަތް މިފަހަރު ދ.ކުޑަހުވަދޫ، ލ.ގަން ތުނޑި އަދި މަތިމަރަދޫ އަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

ދިރާގު ބްރޯޑްބޭންޑް އިންޓަރނެޓް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމުގެ މަޝްރޫޢުގެ ތެރެއިން، ދިރާގުގެ 4ޖީ-އެލް.ޓީ.އީގެ ޚިދުމަތް އިތުރު 3 ސަރަހައްދަކަށް ތައާރަފްކޮށް ދ. ކުޑަހުވަދޫ، ލ. ގަން ތުނޑި އަދި މަތިމަރަދޫއަށް ދޭން ފަށައިފިއެވެ.

ދިރާގުން ދިވެހިރާއްޖޭގެ ބޮޑު ސަރަހައްދަކަށް 4ޖީ-އެލް.ޓީ.އީގެ ޚިދުމަތް ފުޅާ ކުރަމުން ގެންދާއިރު މި 3 ސަރަހައްދަށް 4ޖީ އެލްޓީއީ ގެ ހިދުމަތް ލޯންޗްކުރެވުމާއި ގުޅިގެން ވާހަކަ ދައްކަވަމުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރ އިމްޖާދު ޖަލީލު ވިދާޅުވީ މިތިން ސަރަހައްދަށް 4ޖީ-އެލް.ޓީ.އީގެ ޚިދުމަތް ފޯރުކޮށްދެވުމަކީ ދިރާގަށް ލިބިގެން ދިއަ ނުހަނު ބޮޑު އުފަލެއްކަމަށާއި، ދިރާގުގެ 4ޖީ އެލްޓީއީ ނެޓްވޯކް ދުވަހެއް ދުވަހަކަށް ފުޅާވެ ކަސްޓަމަރުންނަށް ލިބޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ދިރާގުން އެންމެ އިސްކަމެއް ދޭ ކަންތައް ކަމަށެވެ.

މި 3 ރަށަކީ 3ޖީ ގެ ހިދުމަތްވެސް ބޭނުންކުރާ ކަސްޓަމަރުން މިހާރުވެސް ގިނަ އަދަދަކަށް އުޅޭ ރަށްތަކެއްކަން ފާހަގަ ކުރައްވައި އިމްޖާދު ވިދާޅުވީ ކުރިންވެސް އެކިފަހަރު މަތިން ފާހަގަކުރެވިފައިވާ ފަދައިން، މީހުން ދިރިއުޅޭ އިތުރު ގިނަ ރަށްތަކަކަށް މިއަހަރުގެ ތެރޭގައި ދިރާގު 4ޖީގެ ހިދުމަތް އިރާދަކުރެއްވިއްޔާ ފުޅާ ކުރައްވަން ރާވާފައިވާކަމަށެވެ.

ހަމަ މިޔާއިއެކު ހަލުވި ސްޕީޑްގައި އިންޓަރނެޓް ލިބިގެން ދިއުމުން މިރަށްތަކުގެ ހުރިހާ މުއައްސަސާތަކާ، ރަށަށް ޒިޔާރަތްކުރާ ފަރާތްކަތަކަށްވެސް އިތުރު ލުއި ފަސޭހަތައް ލިބިގެންދާނެކަމަށާއި އަދި މިއީ ރަށްތަކުގެ ކުރިއެރުމަށްވެސް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ޤަބޫލުކުރާ ކަމަށް އިމްޖާދު ވިދާޅުވިއެވެ.

ލ.ގަމު ތުނޑި އަދި މަތިމަރަދޫގައި 4ޖީ ތައާރަފް ކުރުމުގެ ރަސްމިއްޔާތުގައި ދިރާގުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ދިރާގުގެ ލާމު އޮޕަރޭޝަންސް ސެންޓަރުގެ މެނޭޖަރ އަހުމަދު އަލީ އެވެ. އަދި ދ. ކުދަހުވަދޫގައި 4ޖީ ލޯންޗް ކުރުމުގައި ބައިވެރިވެ ވަޑައިގެންނެވީގެ ދިރާގުގެ އަރި އޮޕަރޭޝަންސް ސެންޓަރުގެ މެނޭޖަރު ހަސަން ޝަކީބެވެ.

ދިރާގު 4ޖީ ރަސްމީކޮށް ދ. ކުޑަހުވަދޫ، ލ. ގަން ތުނޑި އަދި މަތިމަރަދޫގައި ތައާރަފުކުރެވުމުން، އެކަމުގެ ހަނދާނީ ފިލައެއްވެސް ވަނީއެ ރަށްތަކުގެ ކައުންސިލް އިދާރާތަކަށް އަރުވާފައެވެ.

ރާއްޖެއަށް 4ޖީގެ ޚިދުމަތް ތައާރަފުކުރުމަށްފަހު އަތޮޅުތަކަށް މި ޚިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން މިފަހަރު ލޯންޗް ކުރެވިގެން މިދިޔަ ރަށްތަކާއިއެކު އައްޑޫ ސިޓީ، ޏ، ފުވައްމުލައް، ގއ.ވިލިނގިލި، ގދ.ތިނަދޫ، ޅ.ނައިފަރު، ހއ. ދިއްދޫ އަދި ހދ. ކުޅުދުއްފުށީގެ އިތުރުން ނ. ވެލިދޫ، ޅ. ހިންނަވަރު އަދި ރ. ދުވާފަރުގައިވެސް މިހާރު މިވަނީ މިޚިދުމަތް ރަސްމީކޮށް އިފްތިތާޙްކުރެވިފައެވެ.

ދިރާގުގެ 4ޖީ ނެޓްވޯރކަކީ މިހާރު ރާއްޖޭގެ އެންމެބޮޑު އަދި އެންމެ ހަލުވި ސްޕީޑް ލިބޭ 4ޖީ ނެޓްވޯރކެވެ.އެގޮތުން މާލެސިޓީއާއި މާލެއަތޮޅު ފިޔަވައި ރާއްޖޭގެ މީހުން ގިނައިން ދިރިއުޅޭ އެހެނިހެން ގިނަ ސަރަހައްތަކަށް މިހިދުމަތް ފޯރުކޮށްދޭ ހަމައެކަނި ކުންފުންޏަކީވެސް ދިރާގެވެ.

މީގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށްވެސް ދިރާގުން މިވަނީ އެންމެ ފުރިހަމަ 3ޖީގެ ހިދުމަތް ވެސް ފޯރުކޮށްދީފައެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު