އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދަ ނުގެއްލޭނެ ކަމަށް ބުނެ ސިގިރެޓް ބޯ މީހާ ކޯކްވެސް ބޮއިފާނެ: ޝައިޚް ސަމީރު

ރޯދަ ނުގެއްލޭނެ ކަމަށް ބުނެ ސިގިރެޓް ބޯ މީހާ ކޯކްވެސް ބޮއިފާނެ: ޝައިޚް ސަމީރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

ރޯދަ ހިފާމީހަކު ރޯދައަށް ހުރެ ސިގެރެޓެއް ނުބޯނެ ކަމަށާއި ރޯދަ ނުގެއްލޭނެ ކަމަށް ބުނެ ސިގިރެޓް ބޯ މީހާ ރޯދަ ނުގެއްލޭނެ ކަމަށްބުނެ ކޯކް ވެސް ބޮއިފާނެ އައްޝައިޚް އަހްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޝައިޚް ސަމީރު ވިދާޅުވީ ކަންކަން އެކި ގޮތްގޮތަށް ބަދަލުކުރަމުން އައިސް މަގު މައްޗަށް ނުކުތުމުން ދުއްވާ އެއްޗެތީގެ ސަބަބުން އެތެރެހަށްޓަށް ދާ ދުމާއި ސިގިރޭޓް ބުއިމާއި އެއްފަދަ ކުރާ ބައަކުވެސް އެބައުޅޭ ކަށެވެ.

ޝައިޚް ސަމީރު ވިދާޅުވީ މި ދެ ކަމަކީ އެއްގޮތް ކުރެވޭނެ ދެކަންތައް ނޫން ކަމަށެވެ. ސިގިރޭޓް ބުއިމަކީ ކެއިން ބުއިމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށާއި ރޯދައަށް ހުރެ ސިގިރޭޓް ބުއިން ހުއްދަ ކުރައްވާ އެއްވެސް ދީނީ އިލްމުވެރިއަކު ހުންނެވިކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ޝައިޚް ސަމީރު ވިދާޅުވީ މިބާވަތުގެ ކަންކަމަކީ ވަރަށް ވިސްނުންތެރިވާންޖެހޭ ކަންކަމަށެވެ. އަދި އަމިއްލައަށް ރައުޔު ނެރެގެން އެއްވެސް މީހަކު ދީނުގެ ކަންކަމުގައި އަމލުކޮށްގެންނުވާނެ ކަމަށްވެސް ޝައިޚް ސަމީރު ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް