އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާދަމާ ރޭ ހަނދު އޮއްސޭނީ އިރު އޮއްސޭތާ 20 މިނިޓް ފަހުން

މާދަމާ ރޭ ހަނދު އޮއްސޭނީ އިރު އޮއްސޭތާ 20 މިނިޓް ފަހުން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 53 ސިކުންތު

މާދަމާ ރޭ ހަނދު އޮއްސޭނީ އިރު އޮއްސޭތާ 20 މިނިޓް ފަހުން ކަމަށާއި އެހެންކަމުން އުޑުމަތި ސާފުނަމަ ފަސޭހަކަމާއިއެކު ހަމަލޮލަށް ހަނދު ފެންނާނެ ކަމަށް ސައުދީގެ ފަލަކީ ކަންކަން ބަލަހައްޓާ އޮބްޒަރވޭޓަރީގެ ޑިރެކްޓަރ ޢަބްދުﷲ އަލް ޚުދައިރި ވިދާޅުވެއްޖެއެވެ.

ޢަބްދުﷲ ވިދާޅުވީ ހަނދު ފެނުންމަތީގައި ހުންނާނެކަން ފަލަކީ ހިސާބުތަކުން ދެއްކި ނަމަވެސް ޝަރުޢީގޮތުން ބަލަންޖެހޭ ކަންކަން ސްޕްރީމްކޯޓުން ބަލާނެ ކަމަށެވެ. އަދި ހަނދު ސާބިތުކުރުމަށް ކުރަންޖެހޭ ސުވާލުތައްވެސް ކުރާނެ ކަމަށެވެ.

ޢަބްދުﷲ ވިދާޅުވީ އޮބްޒަރވޭޓަރީން އަބަދުވެސް ގެންދަނީ ހަނދު ބަލަމުން ކަމަށެވެ. އެގޮތުން އަހަރުގެ ކޮންމެ މަހެއްގެ ހަނދުވެސް ބަލަމުން ގެންދާ ކަމަށާއި ފަލަކީ ހިސާބުތައް ބިނާކުރަނީ ވަރަށް ގިނަ ދިރާސާތަކެއްގެ މައްޗަށް ކަމަށެވެ.

ޢަބްދުﷲ ވިދާޅުވީ ފަލަކީ ހިސާބުތައް ބިނާ ކުރަނީ ގިނަ އަދަދެއްގެ އިލްމުވެރިން ކުރާ ދިރާސާތަކުގެ މައްޗަށް ކަމަށެވެ. އަދި ރަމަޟާން މަހުގެ ހަނދު ހަމަލޮލަށް ފެނުމުގައި "ކުށެއް ޖެހުމަކީ" ޙައްޖުމަސް ފެށުން ތަފާތުވާންޖެހޭނެ ސަބަބެއް ނޫން ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް