އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަރުކާރުގެ ބޭނުމަކީ ރަމަޟާން މަހު ކާބޯތަކެތީގެ އަގު އުފުލުނަ ނުދިނުން: އިކޮނޮމިކް މިނިސްޓްރީ

ސަރުކާރުގެ ބޭނުމަކީ ރަމަޟާން މަހު ކާބޯތަކެތީގެ އަގު އުފުލުނަ ނުދިނުން: އިކޮނޮމިކް މިނިސްޓްރީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު

ސަރުކާރުގެ ބޭނުމަކީ މިއަހަރުގެ ރަމަޟާން މަހު ކާބޯތަކެތީގެ އަގުތައް އުފުލުނަ ނުދިނުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އަލިމަސް ކާނިވަލާއި އިންވެގެން އަޅާ "ރަމަޟާން ފްރެޝް" އަޅާ ސަރަހައްދުގައި މިއަދު ހަވީރު ނޫސްވެރިންނަށް މައުލޫމާތު ދެމުން އިކޮނޮމިކް މިނިސްޓްރީން ބުނީ ކާބޯތަކެތީގެ މިމާރުކޭޓުގައި ވިޔަފާރިކުރާ 30 ސްޓޯލާއި ކާބޯތަކެތި ވިއްކާ 5 ހަޓް ހުންނާނެ ކަމަށެވެ. އަދި އެތަންތަނުން ހެޔޮ އަގުތަކުގައި ކާބޯތަކެތި ގަންނަން ލިބީނެ ކަމަށެވެ.

"ރަމަޟާން ފްރެޝް" ހުޅުވާފައި ބަހައްޓަނީ ކޮންމެ ދުވަހަކު މެންދުރުފަހު 2:00 އިން ރޭގަނޑު 1:00 އަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ރަމަޟާން މަހަށް ޚާއްޞަކޮށްގެން އެސްޓީއޯ އިން ވިއްކާ އަލުވި، ކުކުޅު ބިސް އަދި ފިޔާ ވެސް އެސްޓީއޯ އިން ރައްޔިތުންނަށްޓަކައި ހެޔޮ އަގުތަކުގައި ވިއްކަމުން ގެންދާނެ ކަމަށެވެ. އަދި މިހުރިހައި ޚިދުމަތްތަކެއްވެސް ފޯރުކޮށްދިނުމުގެ ބޭނުމަކީ ރައްޔިތުންނަށް ވީހައި ހެޔޮ އަގުގައި ކާބޯތަކެތި ފޯރުކޮށްދިނުން ކަމަށެވެ.

ރަމަޟާން ފްރެޝް މާރުކޭޓުގައި ތަރުކާރީ، މޭވާ، މަހުގެ ބާވަތްތައް ވިއްކާ ސްޓޯލުތަކުގެ އިތުރުން ކަދުރަށް ޚާއްޞަ ސްޓޯލެއްވެސް ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް