އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުމުރުން ދުވަސްވުމަކީ ރޯދަ ދޫކުރަން އުޒުރެއް ނޫން

އުމުރުން ދުވަސްވުމަކީ ރޯދަ ދޫކުރަން އުޒުރެއް ނޫން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 59 ސިކުންތު

އުމުރުން ދުވަސްވުމަކީ ރަމަޟާންމަހުގެ ރޯދަ ދޫކުރަން އޮތް އުޒުރެއް ނޫނެވެ. އެހެނީ އުމުރުން ދުވަސްވީ ނަމަވެސް ރޯދަ ދޫކުރަންޖެހޭނީ ރޯދަ ހިފުމަށް ނުކުޅެދުމުން އެކަނި ކަމަށްވާތީއެވެ.

ދާއިމީ ބައްޔެއްގައި އުޅޭ މީހުންނާއި ރޯދަ ހިފުމުން ގެއްލުމެއް ލިބިދާނެ މީހުންނަށް ރޯދަ ދޫކުރެވޭނެއެވެ. ނަމަވެސް ރޯދަ ނުހިފޭނެކަން ކަނޑައެޅުމަކީ ތިމާ އަމިއްލައަށް ކުރެވޭނެ ކަމެއް ނޫނެވެ. ރޯދަ ދޫކުރާނަމަ ޑޮކްޓަރުންެގެ ލަފާ ހޯދަންޖެހޭނެއެވެ.

ޞިއްހަތު ތަން ނުދޭނަމަ ރޯދަ ހިފުމެއް ނެތެވެ. އެކަން އެއީ އިސްލާމް ދީނުގައި ވަރަށް ސާފުކޮށް އެނގެން އޮތް ކަމެކެވެ. ނަމަވެސް އުމުރުން ދުވަސް ވެއްޖެ ކަމަށް ބަލައި އެއީ ސަބަބަކަށް ހަދައިގެން ރޯދަ ދޫކުރުމެއް ނެތެވެ.

ރޯދަ ގެއްލޭ ކަމެއް މެދުވެރިވެގެން ރޯދަ ގެއްލުމާއި ޤަޞްދުގައި ރޯދަ ނުހިފުމާއި އެއީ މުޅިން ތަފާތު ދެ ކަމެކެވެ. ވީމާ ތިމާގެ ކިބައިގައި ރޯދަ ނުހިފޭނެ ދާއިމީ ކަމެއް ހުރިކަމަށް ނުވަތަ ރޯދަ ނުހިފުމަށް މުސްލިމް ޑޮކްޓަރަކު ލަފާ ދިނުމުން ނޫނީ ރޯދަ ނުހިފުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

(ޝައިޚް އިލްޔާސް ޢާދިލްގެ ބަސްފުޅެއް)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު