އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިސްކިތްތައް ބަލަހައްޓާ ބައަކަށް ވުމަށް ޝައިޚް އިބްރާހީމް އަޙްމަދު ގޮވާލައްވައިފި

މިސްކިތްތައް ބަލަހައްޓާ ބައަކަށް ވުމަށް ޝައިޚް އިބްރާހީމް އަޙްމަދު ގޮވާލައްވައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

އަޅުގަނޑުމެންނަކީ މިސްކިތްތަކަށް ދޭންޖެހޭ މަތިވެރި ޤަދަރު ދިނުމާއިއެކު މިސްކިތްތައް ބަލަހައްޓާ ބައަކަށް ވުމަށް އިސްލާމިކް މިނިސްޓަރުގެ ނާއިބު އައްޝައިޚް އިބްރާހީމް އަޙްމަދު ގޮވާ ލައްވައިފިއެވެ.

ޝައިޚް އިބްރާހީމް އަހްމަދު މިކަމަށް ގޮވައިލެއްވީ އ. ތޮއްޑޫގައި އިއްޔެ ހުޅުވި މަސްޖިދު ޢާއިޝާގައި ޢަޞްރު ނަމާދަށްފަހު ދެއްވި ދަރުސްގައެވެ.

ޝައިޚް އިބްރާހީމް އަހްމަދު ވިދާޅުވީ މިސްކިތްތަކަކީ ބިންމަތީގައި ހުންނަ މާތްﷲގެ ގެކޮޅުތައް ކަމަށް ވުމުން އެއީ ބިންމަތީގައި ހުރި އެންމެ ޚާއްޞަ ބިނާތައް ކަމަށެވެ. އެހެންކަމުން މިސްކިތްތަކަށް ހައްޤު އިހްތިރާމް އަދާކޮށް މިސްކިތަށް ޚިދުމަތް ކުރުމަކީ މަތިވެރި އަޅުކަމެއް ކަމަށެވެ.

ޝައިޚް އިބްރާހީމް އަޙްމަދު ވިދާޅުވީ މިސްކިތްތައް ސާފުތާހިރުކޮށް ބެހެއްޓުމަށް ކުރެވޭ ކިތަންމެ ކުޑަ ކަމަކީވެސް މަތިވެރި އަޅުކަމެއް ކަމަށެވެ. "ވެށްޓިފައި އޮންނަ ކުނި ކޮޅެއް، ހޯނު ނަޖިހެއް ނެގުން ފަދަ ކިތަންމެ ކުޑަ ކަމެއް ނަަމަވެސް އެއީ ހަަމަ ވަރަށް މަތިވެރި އަޅުކަމެއް."

ޝައިޚް އިބްރާހީމް އަޣްމަދު ވިދާޅުވީ މިސްކިތުގެ ފާރުތައް، މަގުމަތީ ފާރުވެސް ހިމެނޭ ގޮތުން ސާފު ތާހިރުކޮށް ބެހެއްޓުމަކީ މިސްކިތްތައް ސާފުތާހިރުކޮށް ބަހައްޓަން ކުރާ މަސައްކަތްތަކުގެ ތެރެއިން ހިމެނޭ ކަންކަން ކަމަށެވެ. އެހެން ކަމުން މިސްކިތްތަކުގެ ފާރު ހަޑިވާފަދަ ކަމެއް ވެސް ނުކުރުމަށް އެދިވޑައިގަންނަވާ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް