އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އާ އިދިކޮޅު "އިއްތިހާދު" އަކީ އިއްތިހާދެއްނޫން

އާ އިދިކޮޅު "އިއްތިހާދު" އަކީ އިއްތިހާދެއްނޫން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 1 ސިކުންތު

މި މަސް ފެށުނުތަނާހެން، އާ ސިޔާސީ އިއްތިހާދެއް އިޢުލާނު ކުރެވިގެން ދިޔައެވެ. މި ކަމުގެހަގީގަތް ބަލަމާ ހިނގާށެވެ. – މިއީ ރާއްޖޭގެ އެކިއެކި އިދިކޮޅު ފަރާތްތައް އެއްބައިވުމަށް ކުރެވުނު ކަމެއް ނޫނެވެ. މިއީ، މި "އަރުވާލެވިފައިވާ ލީޑަރުން" މީގެ ކުރިން ކަންތައް ކުރައްވާފައިވާ ގޮތާ ބެހޭ މާ ގިނަ މަޢުލޫމާތެއް ލިބިފައި ނެތް ބަޔަކަށް، އެމީހުންގެ ކުށެއް ނެތްކަން"ދެއްކުމަށްޓަކައި" ކުރާ ކަމެކެވެ. މިއީ ޤައުމުގެ ޑިމޮކްރެޓިކް ނިޒާމުގެ ބޭރުން ނުފޫޒު ފޯރުވުމަށާއި، އެކަމުގައި ބޭރުގެ ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް މަގުފަހި ކުރުމަށްޓަކައި އަނެއްކާވެސް ހިންގޭ ހެއްވާ ހަރަކާތެކެވެ. މި އިއްތިހާދުން ދެކޭ ގޮތުގައި، ރާއްޖޭގެ މީޑިޔާއާއި، އިދިކޮޅު ފަރާތްތަކާ އެކީގައިވާ މުހިންމު ބައެއް ފަރާތްތަކުން މި މީހުންގެ ހަގީގަތް ހޯދި ނަމަވެސް، ބައިނަލްއަޤްވާމީ މީޑިޔާއިން މި "ޢިއްޒަތްތެރި" ފަރާތްތަކުގެ ހަގީގަތް ނުހޯދައި، މި މީހުން ދައްކާހާ ވާހަކައެއް ޤަބޫލުކުރާނެއެވެ.

އެމީހުން އެހެން ހީ ނުކުރަންވީ ކީއްވެ ހެއްޔެވެ؟ ރާއްޖެއާ ބެހޭގޮތުން ޚަބަރު ފަތުރާ ބޭރުގެ ފަރާތްތަކުން މިހާތަނަށް ކަންތައް ކޮށްފައިވާ ގޮތަކީ، މި އިއްތިހާދުގައި ހިމެނޭ ގިނަ ފަރާތްތައް، ރާއްޖެއާ ބެހޭ ގޮތުން ހާމަކުރާ "ހަގީގަތްތައް" އެއްވެސް ފަސްޖެހުމެއްނެތި ގެނެސްދިނުމެވެ. އެހެންނަމަވެސް "މުހިންމު" ޤައުމުތަކާ ގުޅޭ ކަންކަމުގައި އެމީހުން ކަމުގެ ދެކޮޅު ބެލިނަމަވެސް ރާއްޖެއާމެދު މިގޮތެއް ނުބަހައްޓައެވެ.

މި އިޢުލާނަކީ ރާއްޖޭގެ މި އިދިކޮޅު ފަރާތްތަކުގެ ތެރޭގައިވާ ދެކޮޅު ނުޖެހުމާއި، ދެފުށް ދެގޮތްކަން ދައްކުވައިދޭ ކަމެކެވެ. ފުރަތަމަ ކަމަކަށް، މި ހަރަކާތާ ބެހޭގޮތުން މަޢުލޫމާތު ފެތުރުން މި މީހުން ބޭނުންވާ ގޮތަކަށް ކޮންޓްރޯލްކޮށް، މި މީހުން ބޭނުންވާ ގޮތަށް ބައްޓަން ކުރުމަށްޓަކައި އެރަސްމިއްޔާތަށް ވަދެވުނީ ހަމައެކަނި ދައުވަތު އެރުވިފައިވާ ފަރާތްތަކަށެވެ. ދެން ހާމަވެގެން ދިޔައީ، އެމް.ޑީ.ޕީ ގާތް ގުޅުމެއް ބާއްވަމުންދާ ބައިނަލްއަޤްވާމީ މުޖުތަމަޢުން ޤަބޫލުކުރާ އިންސާނީ ޙައްޤުތަކާ ދިމާ އިދިކޮޅު އަސާސްތަކެއް ގެންގުޅޭ ބައެއް ޕާޓީތައް މި "އިއްތިހާދު"ގައި ހިއްސާވާކަމެވެ.

މިއީ އެއްގޮތަކަށްވެސް ހައިރާންވާންވީ ކަމެއް ނޫނެވެ. މުޙަންމަދު ނަޝީދު ލަންޑަނުގައި ފިއްލަވައި ހުންނަވައިގެން، އެކިއެކި ބަހަނާ ދައްކަވައި، ހަމްދަރުދީ ހޯއްދެވުމަށް މަސައްކަތްކުރައްވާތާ އެތައް މަހެއް ވެއްޖެއެވެ. އެމަނިކުފާނުގެ މުއްދަތު އިތުރުކުރެވިފައިވާ ބޭސްފަރުވާގެ ހުއްދައާ އެއްގޮތަށް، މިއީވެސް އާންމުންގެ ސަމާލުކަން ހޯއްދެވުމަށް ބޭނުންކުރެއްވި އުކުޅެކެވެ. އެހެންކަމުން، މި ކަމަކީ، ރާއްޖޭގައި ހިންގޭ ސިޔާސީ މަޝްވަރާތަކަށް އެއްބާރުލުން ދިނުމުގެ ބަދަލުގައި، ބައިނަލްއަޤްވާމީ މީޑިޔާގެ ސަމާލުކަން ހޯދުމަށް ކުރި އިޢުލާނެކެވެ. މި ދެކަމުގައިވެސް ހުރި އެއްގޮތް ކަމަކީ، މި ދެކަންވެސް ކާމިޔާބު ނުވާނެ ކަމެވެ.

ބައިބައިވުމާއި، ދެބަސްވުންތައް އުފެދެން ގިނަ ދުވަހެއް ނުނަގާނެއެވެ. ފުރަތަމަ ކަމަކަށް، ފައިސާއަށް ޚިޔާނާތްތެރިވުމާއި ކޮރަޕްޝަންގެ އަމަލުތަކުގެ ތުހުމަތުކޮށް އެމް.ޑީ.ޕީ އިން މި ސަރުކާރަށް ފާޑު ކިޔައެވެ. އެހެންނަމަވެސް، ޓޫރިޒަމް މިނިސްޓަރ ކަމުގައި ހުންނަވައިގެންނާއި، ނައިބު ރައީސް ކަމުގައި ހުންނަވައިގެން ކުރައްވާފައިވާ ޚިޔާނާތުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ ކުރީގެ ނައިބު ރައީސް އަދީބުގެ މަންދޫބުންނާ އެކު މިހާރު އުފަލާއެކީ މި ހަރަކާތުގައި ހިއްސާ ވަމުންދެއެވެ. އަދީބުގެ ކުރީގެ ހަތުރުވެރިޔާގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް މިހާރު އަދީބުވެސް ބޭނުން ކުރެވޭނެތީ، އޭނާއާވެސް އުފަލުން އެއްބައިވީއެވެ.

އޮޅުވައިލުމުގެ މައްޗަށް އެކުލެވިފައިވާ މި އިއްތިހާދުގެ ކަންކަން އަދި ނިމުނީކީ ނޫނެވެ. ސީ.އެން.އެން ގެ ޝޯވއެއްގައި ހަމްދަރުދީ ހޯއްދެވުމުގެ މަސައްކަތް ނަޝީދު ކުރެއްވީކީ މާ ކުރީގެ މާޒީއެއްގައެއް ނޫނެވެ. އޭނާ ވިދާޅުވި ގޮތުގައި އިސްލާމީ ހައްދުފަހަނަޅައިދިއުން ރާއްޖޭގައި އޮތީ އާންމު ވެފައެވެ. އާނއެކެވެ. އިސްލާމީ އާދަކާދައިގައި ހިފައިގެން ތިބި އަދާލަތު ޕާޓީ ހިމެނޭ ސަރުކާރެއްގައި އެމަނިކުފާނު ހިއްސާވެފައިވީ ނަމަވެސް އެކަމާ ގުޅޭ އެއްވެސް ސުވާލެއް އިންޓަރވިއު ކުރި ފަރާތުން ކޮށްފައެއްނުވެއެވެ. އާންމުކޮށް ހުޅަނގުގެ މީޑިއާ ޝައުގުވެރިކަން ހުންނާނީ އިސްލާމީ ޤައުމެއްގައި އޮންނަ އިންސާނީ ޙައްޤުތަކާއި، އަންހެނުންގެ ޙައްޤުތަކާއި، އަންހެންކުދިންގެ ތަޢުލީމާއި، ޒަމާނީ، ދެފުށް ފެންނަ ޝަރުޢީ ނިޒާމެއް އޮންނަގޮތާއި މެދުއެވެ. ހުޅަގުގެ މީޑީއާއިން އަދާލަތު ޕާރޓީން ރާއްޖޭގައި ޑިމޮކްރެސީ ގެނެސް، މިނިވަންކަން ހޯދައިދެވޭނެކަމަށް އެބަ މިހާރު ޤަބޫލުކުރަނީ ބާވައެވެ. މިއީ އެއްވެސް ލަދެއްނެތި، ލިބިފައިވާ ފުރުޞަތުގެ ބޭނުން ހިފުމުގެވެސް އިންތިހާއެވެ.

މި އާ ރޭވުމުގައިހުރި ބަލިފައިތައް އަދި ނިމުނީކީ ނޫނެވެ. މިހާރުވެސް ޖުމްހޫރީ ޕާޓީންވަނީ މި ކަމާ ބެހޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޕާޓީގެ ޑެޕިޔުޓީ ލީޑަރ އަމިއްލަ ހައިސިއްޔަތުން އެކަމުގައި ބައިވެރިވިޔަސް، މި އެއްބަސްވުމާ ބެހޭ އެއްވެސް ކަމެއް ޕާޓީއަށް ނޭނގޭކަމުގައި ޖުމްހޫރީ ޕާޓީން ބުނެފައިވެއެވެ. ހަމައެއާއެކު އަދާލަތު ޕާޓީގެ ލީޑަރޝިޕުން ފާސްކުރާ ކޮންމެ ކަމެއް އެޕާޓީން ހާސިލްކުރަން އެބަޖެހެއެވެ. އަދި މިހާތަނަށް މިކަމާ ގުޅޭ އެއްވެސް ކަމެއް ރަސްމީގޮތުން ކޮށްފައެއް ނުވެއެވެ. މިއީ ވަރަށް އަވަސް އަރުވާލައިގެން ރާވާފައިވާ ކަމެއްކަން ވަރަށް ސާފެވެ. – މި ކަމުގައި ނަޝީދު ބޭނުންކުރައްވަނީ، އެމަނިކުފާނު ސިޔާސީ މައިދާނުގައި ގެންގުޅުއްވާ އުކުޅެވެ.އިދިކޮޅު ސިޔާސީ ފަރާތްތައް އެމަނިކުފާނުގެ ބާރުގެ ދަށަށް ގެނައުމަށް ބޭނުންކުރައްވާ އޮއްޓަރެއްނެތް ދެއްކުންތެރިކަމެވެ.

ފަހަރުގައި މި ހުރިހާ ކަމަކަށް ބާރު ލިބެނީ ޑޮކްޓަރ މުޙަންމަދު ޖަމީލު އެ އިއްތިހާދުގެ އާ ލީޑަރަކަށް ހަމަޖެއްސުމުން ކަމަށްވެދާނެއެވެ. މިއީ ސިޔާސީ މައިދާނުގައި އަދާކުރެއްވި ކޮންމެ ޒިންމާއެއްގައި ހުރިހާ ހިސާބަކުން ފޭލްވެފައިވާ ފަރާތެކެވެ. އެކިއެކި ސިޔާސީ ދީލާލުންތަކާއެކު ހަތަރު ރައީސުންވެސް ވަޒީފާއިން ވަކި ކުރައްވާފައިވާ، ހަރުދަނާކަމާއެކު ވެރިއެއްގެ ގޮތުގައި ހުންނެވުމުގެ ނާޤާބިލްކަން ދައްކުވައިދީފައިވާ، އަދި އެކުގައި ތިއްބަވާ ފަރާތްތަކުގެ އިތުބާރު ނުހިފެހެއްޓެވޭ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ބާކީ ކޮށްލާފައިވާ ކުރީގެ ރައީސެއް ކަމަށްވާ މުޙަންމަދު ނަޝީދާއެކު މިހާރު އެއްމޭޒު ދޮށުގައި އިންނަވައެވެ.

މި ސިޔާސީ އިއްތިހާދުން، "އަރުވާލެވިފައިވާ ސަރުކާރެއް"ގެ ގޮތަށް އަމަލުކުރެވިދާނެކަމަށް ހީވާނަމަ، އެމީހުންގެ ބޭނުމާއި، އެމީހުން ތަމްސީލު ކުރާކަމަށް ބުނާ ރާއްޖޭގެ ރައްޔިތުންގެ ބޭނުންތައް ފުރިހަމައެއް ނުކުރެވޭނެއެވެ. ޑިމޮކްރެސީގެ މަސައްކަތް އަންނަންޖެހޭނީ ރާއްޖޭގެ އެތެރެއިންނެވެ. ހަމައެހެންމެ، އިންތިޚާބުތައް ކާމިޔާބުކުރާނީވެސް ރާއްޖޭގައެވެ. ބައިނަލްއަޤްވާމީ ތަރުހީބާއި، ރާއްޖެއިން ބޭރުގައި ތިބެ ވެރިކަން ކުރުމުގެ ޙައްޤު ލިބިފައިވާކަމަށް ބުނެ ކުރާ ދައުވާ މިހާރު މިވަނީ ހެއްވާ ކަމަކަށްވެފައެވެ – އެހެންނަމަވެސް މީގެ ކުރިން ނަޝީދު "ޤާނޫނުތަކުގެ މަތީގައިވާ ފަރާތެއްގެ ގޮތަށް" ކަންތައް ކުރައްވާފައިވާ ގޮތަށް ބަލާއިރު، މިކަމަކީ އެއްގޮތަކަށްވެސް ހައިރާންވާންވީ ކަމެއް ނޫނެވެ. އެ މަނިކުފާނުގެ އަމިއްލަ އެދުންވެރިކަން ބޭރުގެ މަދު ބަޔަކު ބަލައިގަތް ނަމަވެސް، އަދި އާންމުންގެ ސަމާލުކަން ހޯދަން ނަޝީދު ކުރައްވާ މަސައްކަތަށް މިކަމުންބާރުލިބުނު ނަމަވެސް، ދިވެހިން ދާނީ އެމީހުންނާ ދުރަށެވެ.

މުޙަންމަދު ނަޝީދަށާއި، ޑޮކްޓަރ މުޙަންމަދު ޖަމީލަށާއި، މި އާ "އިއްތިހާދު"ގައި ހިމެނޭ ފަރާތްތަކަށް ހަގީގަތް އަދިވެސް އޮތީ ހަމަ އެއްގޮތަކަށެވެ. އަވަސްއަރުވާލައިގެން އެއްކުރެވިފައިވާ ވަރަށް ތަފާތު އެޖެންޑާތައް ގެންގުޅޭ ސިޔާސީ ދާއިރާގެ ކުރީގެ ދުޝްމަނުންނާއި، ވެރިއެއްގެ ކިބައިގައި ހުންނަންވާ އެއްވެސް ޝަރުޠެއް ހަމަނުވާކަން ވޭތުވެ ދިޔަ ތާނގައިހާމަވެފައިވާ، އިތުބާރު ގެއްލިފައިވާ ލީޑަރެކެވެ. އެހެންނަމަވެސް މިހުރިހާ ކަމެއްގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ މި ހަފްތާގައި މި ކުރެވުނު އިޢުލާން ކުރެވުނު ގޮތެވެ. ލަންޑަންގެ ބޮޑު އިމާރާތެއްގައި، މީޑިޔާ ކުރިމަތީގައި، އާންމުންގެ ސަމާލުކަން ހޯދަން ދެވިހިފާފައިވާ ފަރާތަކުންނެވެ. ރާއްޖޭގެ ކުދިބޮޑު އެންމެންނާއި، އެމީހުންގެ އުއްމީދުތަކާ އެތައްހާސް މޭލެއް ދުރުންނެވެ. މިއީ ރާއްޖޭގެ ފަރުތަކާ އެއްވަރަށް ތިލަ، ފޭލްވާނެ މަޝްރޫޢެކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








ހަސަން އަލީ