އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދަ ރޯދައަކަށް ވާނީ ﷲ އެންގެވި ގޮތުގައި ރޯދަ ހިފުމަށް ގަދައަޅައި މަސައްކަތްކޮށްގެން: ޝައިޚް އިލްޔާސް

ރޯދަ ރޯދައަކަށް ވާނީ ﷲ އެންގެވި ގޮތުގައި ރޯދަ ހިފުމަށް ގަދައަޅައި މަސައްކަތްކޮށްގެން: ޝައިޚް އިލްޔާސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ރޯދަ ރޯދައަކަށް ވާނީ މާތްﷲ އެންގެވި ގޮތުގައި ރޯދަ ހިފުމަށް ގަދައަޅައި މަސައްކަތް ކުރުމާއިއެކު ރޯދަ ހިފުމުން ކަމަށް ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން ވިދާޅުވެއްޖެއެވެ.

ޝައިޚް އިލްޔާސް މިމޭރުމުން ވިދާޅުވީ އއ، ތޮއްޑޫ މަސްޖިދު ޢާއިޝާގައި އިއްޔެ މެންދުރު ނަމާދަށްފަހު ދެއްވި ދަރުސްގައެވެ.

ޝައިޚް އިލްޔާސް ވިދާޅުވީ ރޯދަ ވެރިޔާ ރޯދައަށް ހުރެ ކުރަންޖެހޭ ހެޔޮ އަމަލުތަކާއި ކޮށްގެން ނުވާނެ އަމަލުތައް މާތްﷲ ވަނީ އަންގަވައިދެއްވަވާފައި ކަމަށެވެ. އެހެންކަމުން ގަދައަޅައި މަސައްކަތްކުރަންވީ ރޯދައަށް ހުރެ ކުރުމަށް މާތްﷲ އަމުރުފުޅު ކުރައްވަވައިފައިވާ ކަންކަން ކުރުމަށް ކަމަށެވެ.

"ކީރިތި ޤްރްއާނުން މިންވަރެއް ކިޔަވައިލުމަކީ އެހައި ބޮޑު ކަމެއްތޯ؟ ދޫ ރައްކައުތެރިކޮށް ރުޅި އިސްނުކޮށް ރޯދައިގެ ހުރުމަތާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަކީ އެހައި ބޮޑުކަމެއްތޯ؟"

ޝައިޚް އިލްޔާސް ވިދާޅުވީ އެއްވެސް އިންސާނަކަށް އެމީހަކު މަރުވާނެ ވަގުތު ނުއެނގޭނެ ކަމަށާއި މި ރަމަޟާން މަސްތެރޭގައި މަރުވެ ދުނިޔެ ދޫކޮރަންޖެހޭނީ ކިތައް މީހުންނަށްކަންވެސް ނުއެނގޭނެ ކަމަށެވެ.

"އަޅުގަނޑުމެން ކިތަންމެ ބައިވަރު އަޅުކަމެއް ކުރިނަމަވެސް އެކަމަކުން ﷲއަށް ލިބިވޮޑިގަންނަވާނެ އެއްވެސް ފައިދާއެއް ނެތް. ކިތަންމެ ގިނަ ފާފަތައް ކުރި ނަމަވެސް ﷲގެ ޙަޟްރަތަށް ލިބިވޮޑިގަންނަވާނެ އެއްވެސް އުނިކަމެއް އަދި ނިކަމެތިކަމެއްވެސް ނެތް. ހެޔޮ އަމަލުކުރާނަމަ އެކަމުގެ ފައިދާ ކުރާނީ ހަމަ އަޅުގަނޑުމެންނަށް. ފާފަތައް ކުރާނަމަ އެކަމުގެ ގެއްލުންވެސް ލިބޭނީ ހަމަ އަޅުގަނޑުމެންނަށް."

ރަމަޟާﷲން މަހުގެ ފައިދާ ހެޔޮގޮތުގައި ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ޝައިޚް އިލްޔާސް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް