އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދަ ހިފުމަކީ މުސްލިމުންނަށް ތަކްލީފެއް ނޫން- އުފަލެއް

ރޯދަ ހިފުމަކީ މުސްލިމުންނަށް ތަކްލީފެއް ނޫން- އުފަލެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 20 ސިކުންތު

ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުން ރޯދަ ހިފުމަކީ ތަކުލީފެއް ކަމަށް ދައްކަން މުސްލިމުންގެ އަދާވާތްތެރިން އަބަދުވެސް މަސައްކަތް ކުރެއެވެ. ރޯދަވެރިންނަށް ކުރިމަތިލާންޖެހެނީ ތަކްލީފުތަކަކާއި ކަމަށްބުނެ ތަފާތު ވިސްނުންތައް ހާމަކުރެއެވެ.

މިއަހަރުވެސް އެފަދަ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް މިއީ މުސްލިމުންނަށް އައު ކަމެއް ނޫނެވެ. އަދި އެކަން އެގޮތަށް މެދުވެރިވާނެކަމަށް އިންތިޒާރު ނުކުރާ ކަމެއްވެސް ނޫނެވެ.

މިއަދު ފެނުނު ސުވާލެކެވެ. ކީރިތި ޤްރްއާން ބާވައިލައްވަވަން ފެށުނީ ރަމަޟާން މަހުގެރެއެއްގައި ކަމަށްވުމަކީ އެމަހުގެ ހުރިހައި ދުވަހަކު ނުކައި ނުބޮއި ތިބެންޖެހެންވީ ސަބަބެއް ހެއްޔެވެ؟

ސިކުނޑިތަކަށް ވަސްވާސްތަކެއް ވައްދައިލަން ފަށުވި އިބާރާތަކަށް ވެދާނެއެވެ. ނަމަވެސް ބުނާ އެއްޗަކަށް ބަލައިފި ނަމަ ހަމަ ބޮޑު ސުމެއްގެ ވެސް ސުމެއްގެ ސުވާލެކެވެ.

ކީރިތި ޤްރްއާން ﷲ ބާއްވަވައިލެއްވެވިކަން އެބަ ޤަބޫލުކުރެއެވެ. ުސުވާލު އުފައްދަނީ ރޯދަ ހިފަންޖެހޭ ކަމާއިމެދުގައެވެ. ﷲ ކީރިތި ޤްރްއާން ބާއްވަވައިލެއްވެވީ ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ އެންމެހައި ކަންކަން ހިތުގެ އަޑިން ޤަބޫލުކުރުމާއިއެކު އެކަންކަމަށް ޢަމަލުކުރުމަށެވެ.
މުސްލިމަކަށް މިވެވެނީ ކީރިތި ޤްރްއާނުގެ އެންމެހައި ޢާޔަތްތައް ޤަބޫލުކޮށްގެންނެވެ. އެއާޔަތްތަކަށް އަމަލުކޮށްގެންނެވެ. ކީރިތި ޤްރްއާނުގެ އެންމެ އަކުރަކަށް އިންކާރުކުރުމަކީވެސް މުސްލިމަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

ރޯދަ ފަރުޟު ކުރެއްވެވި ޢާޔަތްތައް އެއޮތީ ހާމައަށް ފެންނާށެވެ. ރޯދަވެރިޔާ އަމަލުކުރަންވީ ގޮތްތައްވެސް އެއޮތީ ފެންނާށެވެ. ވީއިރު ރޯދަ ހިފަންޖެހޭކަމާއިމެދު ސުވާލު އުފެއްދުމަކީ ކޮން ގޮތަކުން ކުރެވިދާނެ ކަމެއް ހެއްޔެވެ؟

އިސްލާމުންނަށް ކިޔާ ނަންތައް ކިޔައިގެން އުޅޭ މީހުން މިފަދަ ސުވާލުތައް ކުރުމުން އެމީހުންގެ ޙަޤީޤީ ސޫރަ ވަރަށް ރަނގަޅަށް އެބަ ހާމަވެއެވެ.

އިންޓަނެޓާއި އެހެނިހެން ޒަމާނީ ވަސީލަތްތައް މެދުވެރިކޮށްގެން މިބާވަތުގެ ލިޔުންތައް ކިޔައި އުޅޭނަމަ މިފަދަ އެތައް ސުވާލުތަކެއް ފެންނާނެއެވެ. އެތައް ލިޔުމެއް ފެންނާނެއެވެ. އެހެންކަމުން މިފަދަ ކަންކަމަށް ސަމާލުކަން ދީގެން ލިޔުންތައް ބަލައި ހެދުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.

ފުރިހަމަ މުސްލިމުންނަކީ އިސްލާމް ދީނުގެ ރުކުންތައް ހިތުގެ އަޑިން ޤަބޫލުކުރާ ބައެކެވެ. ރޯދަ ހިފުމަކީ އިސްލާމް ދީނުގެ އެންމެ މަތިވެރި އެއް ރުކުނެވެ. އެހެން ކަމުން ރަމަޟާން މަސް އައުމުން މުސްލިމުން ދެކެނީ ރޯދަ ހިފުމަކީ އުފަލެއް ކަމަށެވެ. ތަކުލީފެއް ކަމަކަށް ނޫނެވެ.

އެންމެ މާތް މުސްލިމުންނަކީ އެންމެ ފުރަތަމަ ޤަރުނުގެ މުސްލިމުންނެވެ. އެހެންކަމުން އެއިރު ރަމަޟާންމަހަށް ތައްޔާރުވި މިންވަރަށް މިހާރު ނުވެވިދާނެއެވެ. ރޯދައަށް ތިބެ އެއިރުގެ މުސްލިމުން އަމަލުކުރިގޮތަށް މިހާރު ނުކުރެވިވެސް ހިނގައިދާނެއެވެ.

އެއިގެ މާނައަކީ މިއަދުގެ މުސްލިމުން ރޯދަ ހިފުމަށް ފަސްޖެހުމެއް ނޫނެވެ. އަދި ރޯދަހިފަން ބޭނުން ނުވުމެއްވެސް ނޫނެވެ. އެހެންކަމުން މިއަދުގެ މުސްލިމުން ރޯދަ ހިފަން ފަސްޖެހޭކަމަށް ބުނުމުގެ އެއްވެސް ޖާގައެއް ނެތެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް