އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހެޔޮ އަމަލު ނުކޮށް ސުވަރުގެ އެދުމަކީ ހިޔަންޏަށް މުޑިނެގުން: ޝައިޚް ޢަލީ ޒައިދު

ހެޔޮ އަމަލު ނުކޮށް ސުވަރުގެ އެދުމަކީ ހިޔަންޏަށް މުޑިނެގުން: ޝައިޚް ޢަލީ ޒައިދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު

ސުވަރުގެ ހާޞިލުކުރުމަށްޓަކައި ކުރަންޖެހޭ ހެޔޮ އަމަލުތައް ނުކޮށް ސުވަރުގެ އެދުމަކީ ހިޔަންޏަށް މުޑިނެގުން ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިޚް މިމޭރުމުން ވިދާޅުވީ ރަމަޟާންމަހަށް ޚާއްޞަކޮށްގެން އިސްލާމީ މިނިސްޓްރީން ދެއްވަމުން ގެންދަވާ ދަރުސްތަކުގެ ތެރެއިން މިއަދު ޢަޞްރު ނަމާދަށްފަހު މަސްޖިދުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ގައި ދެއްވި ދަރުސްގައެވެ.

ޝައިޚް ވިދާޅުވީ ދިރިއުޅުމަށް މަސައްކަތްކުރާ ފަދައިން އަދި އިމްތިޙާންތަކަށް ދަރިވަރުން މަސައްކަތްކުރާ ފަދައިން ޢާޚިރަތް ދުވަހުގެ އިމްތިހާނުތަކުން ފާސްވުމަށް ގަދަ އަޅައި މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އެފަދައިން މަސައްކަތް ނުކުރާ މީހާ "ﷲ ތިމާ ސުވަރުގެ ގެންދަވާނެ" ކަމަށް އުންމީދު ކުރި ނަމަވެސް އެ އުންމީދު ޙާޞިލު ނުކުރެވޭނެ ކަމަށެވެ.

"ދިރިއުޅެން މަސައްކަތެއް ނުކުރާ މީހާއަށް އާމްދަނީ ލިބޭނެތޯ؟ ނުލިބޭނެ. އިމްތިހާނުން ފާސްވުމަށް މަސައްކަތް ނުކުރާނަމަ ފާސްވާވަރަށް މާކްސް ލިބޭނެތޯ؟ ނުލިބޭނެ. އެއީ ޤަބޫލުކުރަންޖެހޭނެ ކަންކަން. ހަމަ އެފަދައިން މާތްﷲ އެންގެވި ގޮތުގައި ހެޔޮ އަމަލުތައް ނުކޮށްހުރެ އާޚިރަތުގައި ކާމިޔާބުކުރެވޭނެ ކަމަށް އެދުން ވާނީ ހަމަ މޮޔަކަމަކަށް. އެކަމެއް ނުވާނެ."

ސުވަރުގެ ޙާޞިލު ކުރެވޭނީ ގަދައަޅައި މަސައްކަތްކޮށްގެންކަން ކީރިތި ޤްރްއާނުގެ އާޔަތްތަކުން ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށް ވިދާޅުވެ އާޔަތްތައް ޝައިޚް ވަނީ ވިދާޅުވެދެއްވައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް