އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުޖުތަމައުގައި ހުރި ހުރިހައި މައްސަލަތަކެއްގެ އަސްލަކީ ނަމާދާ ދުރުހެލިވުން: ޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް

މުޖުތަމައުގައި ހުރި ހުރިހައި މައްސަލަތަކެއްގެ އަސްލަކީ ނަމާދާ ދުރުހެލިވުން: ޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

އަޅުގަނޑުމެންގެ މުޖުތަމައިގައި ހުރި ހުރިހައި މައްސަލަތަކެއްގެ އަޞްލަކީ ނަމާދާއި ދުރުހެލިވުން ކަމަށް ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

މައުމޫން ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ރަމަޟާންމަހުގެ ރޭތައް އިހްޔާ ކުރުމަށް މިރޭ ބޭއްވި ޖަލްސާގައި ޝައިޚް މުހައްމަދު ރަޝީދު އިބްރާހީމް ވިދާޅުވީ ދިވެހި މުޖުތަމައުއަށް މިއަދު ޢާންމުވެފައިވާ ޑްރަގާއި ފާހިޝް އަމަލުތަކާއި ވައްކަމާއި މަގުފޭރުން ފަދަ ހުރިހައި ވަބާއެއްގެ އަޞްލަކީ ނަމާދާއި ދުރުހެލިވުން ކަމަށެވެ.

"އަޅުގަނޑު ބޭނުމެއް ނޫން މިހާލަތު މެދުވެރިވީ ވަކި ބައެއްގެ ސަބަބުން ކަމަށް ދަންނަވާކަށް. ދަރިން ބޮޑެތި ވަނީ މައިންގެ އުނގުތެރޭގަ. އެއަށްފަހު އުނގެނެންދަނީ ސްކޫލުތަކަށް. މުދައްރިސުންގެ ގާތަށް."

ޝައިޚް ވިދާޅުވީ މިފަދަ ހުރިހައި ވަބާތަކެއް ޢާންމުވެފައި މިވަނީ ނަމާދު ނުކުރާތީ ކަމަށާއި ނަމާދު ކުރުމުގެ އާދަ ކުދިން ކުޑައިރު އެކުދިންގެ ކިބައިގައި އަށަގެންނެވިފައި ނެތުމުން ކަމަށެވެ. ނަމާދު ކުރުމުގެ އާދަ ކުދިންގެ ކިބައިގައި އަށަގެންނެވިފައި ހުރިނަމަ މިފަދަ ނުބައި އެއްވެސް ކަމެއް އެކުދިން ނުވަތަ މީހަކު ނުކުރާނެ ކަމަށެވެ.

ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނީ ނަމާދާއިެދުގައިކަން ބަޔާން ކުރައްވައި ޝައިޚް ވަނީ ފަރުޟު ފަސް ނަމާދަށް ރައްކައުތެރިވުމަށް ވަރަށް ބޮޑަށް އިލްތިމާސް ކުރައްވައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް