އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަމާދު ނުކުރާނަމަ ﷲ އާއި އޮންނަ ރުހާނީ ގުޅުން ކެނޑި ޝައިޠާނާގެ މަގަށް އެނބުރޭނެ: ޝައިޚް މުޙައްމަދު ރަޝީދު

ނަމާދު ނުކުރާނަމަ ﷲ އާއި އޮންނަ ރުހާނީ ގުޅުން ކެނޑި ޝައިޠާނާގެ މަގަށް އެނބުރޭނެ: ޝައިޚް މުޙައްމަދު ރަޝީދު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 31 ސިކުންތު

ނަމާދު ނުކުރާނަމަ ﷲ އާއި އޮންނަ ރުހާނީ ގުޅުން ކެނޑި ޝައިޠާނާގެ މަގަށް އެނބުރިގެންދާނެ ކަމަށާއި އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޝައިޚް މިމޭރުމުން ވިދާޅުވީ މައުމޫން ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ރަމަޟާންމަހުގެ ރޭތައް އިޙްޔާ ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ނަމާދު ކުރުމުގެ މުހިންމުކަން ބަޔާންކޮށް ދެއްވައި ދެއްވި ދަރުސްގައެވެ.

ޝައިޚް ވިދާޅުވީ ނަމާދު، ނަމާދުގެ ވަގުތުގައި ކުރާމީހާ އާއި ﷲ އާއި ދެމެދު ވަރަށް ވަރުގަދަ ރޫޙާނީ ގުޅުމެއް އޮންނާނެ ކަމަށާއި އެ ފަދަ ގުޅުމެއް އޮންނަ މީހާ އާާއި ޝައިޠާނާއަށް ކައިރިނުވެވޭނެ ކަމަށެވެ. ނަމަވެސް އެ ގުޅުން ނެތްނަމަ ޝައިޠާނާގެ މަގަށް ހެއްލެވުމުގެ ފުރުޞަތު ފަހިވެގެނދާނެ ކަމަށެވެ.

"ﷲ އާއިމެދު އޮންނަންޖެހޭ ރޫޫހާނީ ގުޅުން އޮތްނަމަ އެމީހަކު ބޮޑެތި ފާފަތަކެއް ނުކުރާނެ. ﷲއަށް ބިރުވެތިވާނެ."

ޝައިޚް ވިދާޅުވީ އަންހެނުންގެ ހައިޟް، ނިފާސްކަމުގެ މުއްދަތުގައި ނަމާދުއަޅަން ހުއްދަކަމަށާއި އަދި ނިދީގެ ވަގުތުގައާއި ހަނދާން ނެތުން ފަދަ އުޒުރެއް މެދުވެރިވެގެން ނޫނީ ނަމާދު އެޅުން ހުއްދަ ނޫން ކަމަށެވެ.

ނަމާދުގެ މަތިވެރިކަން ބަޔާންކޮށްދެއްވަމުން ޝައިޚް ވިދާޅުވީ ކީރިތި ޤްރްއާން ﷲ ބާވަވައިލެއްވެވީ ޖިބްރީލް އަމީން މެދުވެރިކުރައްވައި ކަމަށާއި ނަަމަވެސް ފަރުޟު 5 ނަމާދު ﷲ ބާވައިލެއްވެވީ މިއުރާޖުގެ ދަތުރުފުޅުގައި އެއްވެސް މެދުވެރިއަކު މެދުވެރި ނުކުރައްވައި ކަމަށެވެ.

"މީހަކު ވެދާނެ ވަރަށް ގިނައިން ރޯދަ ހިފާ ޞަދަޤާތްދީ އުޅުނު މީހަކަށް ވެސް. ނަމަވެސް އެމީހާއަކީ ނަމާދު ކުރުމުގައި އިހްމާލުވެ ފެއިލްވެފައިވާ މީހެއްނަމަ ދެން ކުރި ކަންކަމުން އެއްވެސް ފައިދާއެއް ނުކުރާނެ. އެހެންވީމާ އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭން ވާނީ ނަމާދުކުރުމަށް." ކަމަށްވެސް ޝައިޚް ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް