އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލޭ ފެރީގަ ޤްރްއާން ކިޔެވި ނަމަވެސް މަހަކު ޚަޠިމެއް ކުރެވޭ: ޝައިޚް ނަޞްރުﷲ

ހުޅުމާލޭ ފެރީގަ ޤްރްއާން ކިޔެވި ނަމަވެސް މަހަކު ޚަޠިމެއް ކުރެވޭ: ޝައިޚް ނަޞްރުﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ހުޅުމާލެއަށް ދަތުރުކުރާ ފެރީމަތީގައި ކީރިތި ޤްރްއާން ކިޔެވިނަމަވެސް މަހަކު ޚަޠިމެއް ކުރެވޭ ވަރާއި ގާތަށް ކިޔެވޭ ކަމަށް އައްޝައިޚް ނަޞްރުﷲ ޢަލީ ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި މިދިއަ އަހަރުގެ ރަމަޟާންމަހަށް އިސްލާމިކް މިނިސްޓްރީން ތަރައްޤީކުރި އައު މިސްކިތުގައި ދީނީ ނަޞޭޙަތް ދެއްވަމުން ޝައިޚް ވިދާޅުވީ ހުޅުމާލެއިން މާލެއަށް އަދި މާލެއިން ހުޅުމާލެއަށް ކުރާ ކޮންމެ ދަތުރަކީ މަދުވެގެން ކޮޅަކަަށް 20 މިނިޓް ކަމަށްވާއިރު ދެކޮޅު ދަތުރުމަތީގައި މަދުވެގެން 40 މިނިޓް ލިބޭނެ ކަމަށެވެ.

"އަޅުގަނޑު ގާތު ރައްޓެއްސަކު ބުނި. އޭނާ ޢާންމުކޮށް ޤްރްއާން ކިޔަވަނީ ފެރީގަ ކަމަށް. އަދި މަސް ނިމޭއިރު އޮންނަނީ ޚަޠިމު ކުރެވުމާއި ދާދި ގާތުގައި ކަމަށް. މިއީ ކިހައި ރަނގަޅުކަމެއްތޯ؟ ދަތުރުުމަތީގެ ވަގުތުތައްވެސް އެންމެ ހެޔޮ ގޮތުގައި އޭނާ އެހިފަނީ."

ޝައިޚް ވިދާޅުވީ ފެރީމަތީގައި ވެސް އަދި އެހެންތަންތަނުގައި ވެސް ބޭކާރު ގޮތުގައި ވަގުތު ހޭދަކުރާނަމަ ގިނަ ފަހަރަށް އަރައިގެނެވޭނީ ކުށްތަކަށް ކަމަށެވެ. ދެއްކޭނީ ތިމާ އާއި ބެހުމެއްވެސް ނުވާ ބޭކާރު ވާހަކަތައް ކަމަށެވެ.

"އަޅުގަނޑުގެ އިލްތިމާސަކީ ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުން. ވީހައި ގިނަ ހެޔޮ އަމަލުތައް ކުރުން. ކީރިތި ޤްރްއާން ކިޔަވަން ބޭނުން މީހާއަށް އެކަން ކުރެވޭނެ ވަރަށް ގިނަ ފަސޭހަ ގޮތްތައް މިހާރު އެބަހުރި ފޯނުންވެސް ކިޔަވައިލެވޭނެ."

ޝައިޚް ވިދާޅުވީ މިޞުރުގެ ބަސްދަތުރުމަތީގައި ކީރިތި ޤްރްއާން ކިޔެވުމަކީ ވަރަށް އާންމު ކަމެއް ކަމަށެވެ. "ބަހަށް އަރައިފިނަމަ މުސްލިމުން ތިބޭނީ ޤްރްއާން ނަގައިގެން ކިޔަވަން. މިޞުރަކީ 15 އިންސަްއތަ ކްރިސްޓިއަނުން އުޅޭ ޤައުމެއް.

އެމީހުން ވެސް ތިބެނީ ބައިބަލް ނަަގައިގެން ކިޔަވަން." ކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް