އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ބާއްޖަވެރިންނަކީ ދެ ފިޔަ ބޭނުންކޮށް އުދުހޭ މީހުން: ޝައިޚް ނިމާލް

ބާއްޖަވެރިންނަކީ ދެ ފިޔަ ބޭނުންކޮށް އުދުހޭ މީހުން: ޝައިޚް ނިމާލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

ބާއްޖެވެރިންނަކީ ދެ ފިޔަ ބޭނުންކޮށް އުދުހޭ މީހުން ކަމަށް އައްޝައިޚް ނިމާލް މުޙައްމަދު ބިން ރަޝީދު ވިދާޅުވެއްޖެއެވެ.

ޝައިޚް ނިމާލް މިމޭރުމުން ވިދާޅުވީ މިއަދުގެ ޢަޞްރުނަމާދަށްފަހު މަސްޖިދު މުޙައްމަދު ބިން ޢަބްދުﷲ ގައި ދަރުސް ދެއްވަމުންނެވެ.

ޝައިޚް ނިމާލް ވިދާޅުވީ އެއް ފިޔައަކަށް ވާންޖެހޭނީ މާތްﷲ އަށް ބިރުވެތިވުން ކަމަށެވެ. ހަމައެއާއިއެކު އަނެއް ފިޔައަކަށް ވާންޖެހޭނީ ﷲގެ ޙަޟްރަތުން ކުރާ މަތިވެރި އުންމީދުތައް ކަމަށެވެ.

ޝައިޚް ނިމާލް ވިދާޅުވީ ރަމަޟާން މަހު އަމަލުތައް ބަހައްޓާގޮތަށް އަހަރުގެ ދެން އޮންނަ 11 މަސް ދުވަހު އަމަލުތައް ނުބެހެއްޓެނީ މީހާގެ ކިބައިގައި ބައެއް އުނިވާތީ ކަމަށެވެ. އަދި އެބައަކީ ﷲއަށް ބިރުވެތިވުން ކަމަށެވެ.

ޝައިޚް ނިމާލް ވިދާޅުވީ އެންމެ މުހިންމު އެއް ކަމަކީ އަބަދުވެސް ﷲއަށް ބިރުވެތިވުން ކަމަށެވެ. ﷲއަށް ބިރުވެތިވާ މީހާ ނަމާދުވެސް ޤަވާއިދުން ކުރާނެ ކަމަށާއި ފާފަތަކަށް އަރައި ނުގަންނާނެ ކަމަށެވެ.

ޝައިޚް ނިމާލް ވިދާޅުވީ ގޭތެރޭގައާއި ރައްޓެހިންނާއިއެކު އުޅޭއިރު އާއި ބޭރު ޤައުމަކަށް ދެވުމުން ތިމާގެ އަމަލުތައް ބަދަލުކޮށް ޝައިޠާނާ ބުނާގޮތަށް އަމަލުތައް ކުރެވެނީ ވެސް ﷲ އަށް ބިރުވެތި ނުވެވޭތީ ކަމަށެވެ. "ބޭރު ޤައުމުތަކަށް ދެވުމުން ތިމާއަކީ މުސްލިމެއް ނޫންކަމަށް ފައުޅުގައި ބުނާ މީހުން އެބަތިބި. އެހެން އެވަނީ ﷲ އަށް ބިރުވެތިނުވެވޭތީ."

ޤިޔާމަތް ދުވަހާއި އެދުވަހުގެ ބިރުވެރިކަމުގެ ވާހަކަ ދެއްކުން 1990 ގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި ހުއްޓުވައިފައި އޮތް ނަމަވެސް ޝައިޚް ނިމާލް މިއަދު ވިދާޅުވީ އެވާހަކަތައް ދައްކަންޖެހޭ ކަމަށެވެ. ދަރިންނަށާއި ބޮޑެތި މީހުންގެ ހިތްތަކަށްވެސް ޤިޔާމަތް ދުވަހުގެ ބިރުވެރިކަމާއި ހާލަތު ވަޒަންކޮށް ވައްދުވައިދެވޭނީ އެ ވާހަކަތައް ދައްކައިގެން ކަމަށެވެ. "އެވާހަކަތަކާއިއެކު އުންމީދާ އުފާވެރިކަމުގެ ވާހަކަތައް ވެސް ދައްކަންޖެހޭނެ." ޝައިޚް ނިމާލް ވިދާޅުވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް