އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނަރަކައިގަ މަދު ސިކުންތުކޮޅެއް ހޭދަކުރަން ނުޖެހުމަކީވެސް ދުނިޔޭގެ ހުރިހާ އުފަލަކަށްވުރެ ބޮޑު އުފަލެއް: ޝައިޚް ނިމާލް

ނަރަކައިގަ މަދު ސިކުންތުކޮޅެއް ހޭދަކުރަން ނުޖެހުމަކީވެސް ދުނިޔޭގެ ހުރިހާ އުފަލަކަށްވުރެ ބޮޑު އުފަލެއް: ޝައިޚް ނިމާލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 24 ސިކުންތު

ނަރަކައިގައި މަދު ސިކުންތުކޮޅެއް ހޭދަކުރަން ނުޖެހުމަކީވެސް ދުނިޔެގެ ހުރިހައި އުފަލަކަށްވުރެ ބޮޑު އުފަލެއް ކަމަށް އައްޝައިޚް ނިމާލް މުޙައްމަދު ބިން ރަޝީދު ވިދާޅުވެއްޖެއެވެ.

ޝައިޚް ނިމާލް މިމޭރުމުން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ޢަޞްރުނަމާދަށްފަހު މަސްޖިދު މުޙައްމަދު ބިން ޢަބްދުﷲ ގައި ދަރުސް ދެއްވަމުންނެވެ.

ޝައިޚް ނިމާލް ވިދާޅުވީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް ނަރަކައިގެ ވޭންދެނިވި އަޒާބާއިމެދު ފުރިހަމަ ަމައުލޫމާތު ނުއެނގޭ ކަމަށެވެ. އެހެންކަމުން ދުވަސްކޮޅަކު ނަރަކައިގައި މަޑުކޮށްލަން ޖެހުނު ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

ޝައިޚް ނިމާލް ވިދާޅުވީ ނަރަކައިގައި މީސްތަކުންނަށް ގަދަފަދަ އަޒާބު ލިބެމުންދަނީ މެދުކެނޑުމެއް ނެތި ދާއިމީ ގޮތަކަށް ކަމަށެވެ. ހަންގަނޑު އަނދައިދިއުމުން އަބަދުވެސް ހުންނާނީ ހަންގަނޑު އައުވެއައުވެ ކަމަށާއި ގަދަ ފަދަ އަޒާބުން ލުއިކަން ލިބޭނެ އެންމެ ހިނދުކޮޅެއްވެސް ނުއަންނާނެ ކަމަށެވެ.

ޝައިޚް ނިމާލް ވިދާޅުވީ ނަރަކައިގެ ގަދަފަދަ އަޒާބާއި ކުރިމަތިލާންޖެހުމުން ސަލާމަތްވުމަށް ކުރަން އޮތް އެންމެ މުހިންމު ކަމަކީ ﷲއަށް ބިރުވެތިވުން ކަަމަށެވެ. އެކަނި ހުރި ނަމަވެސް އަދި ކޮންމެ ފަދަ ތަނެއްގައި ތިމާ ހުރި ނަމަވެސް ތިމާ ކުރާ ހުރިހައި އަމަލުތަކެއް މާތްﷲ ދެކެދެނެވޮޑިގެންވާކަން ހިތުގެ އަޑިން ޤަބޫލުކޮށް ﷲ ނަހީ ކުރެއްވެވި އެންމެހައި ކަންކަން ނުކޮށް ދޫކޮށްލުން ކަމަށެވެ. ހަމައެއާއިއެކު ފަރުޟު ފަސް ނަމާދަށް ރައްކައުތެރިވުމާއިއެކު ﷲ ފަރުޟު ކުރެއްވެވި އެންމެހައި އަޅުކަންތައް ފުރިހަމައަށް އަދާކުރުން ކަމަށެވެ.

"ތިބާވީ ކޮންމެ ތަނެއްގައިވެސް މާތްﷲ އަށް އީމާންވުމަށް" އޮތް ބަސްފުޅުގައި ސާބިތުކަމާއިއެކު އަބަދުވެސް ގަދައަޅައި ހިފެހެއްޓުމަށް ޝައިޚް ނިމާލް ވަނީ އިލްތިމާސް ކުރައްވައިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް