އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދައަށް ހުންނަ ވަގުތު އެހޭދަކުރެވެނީ މަލަކޫތިއްޔަ ޢާލަމުގަ: ޑރ. އިބްރާހީމް ޒަކަރިއްޔާ

ރޯދައަށް ހުންނަ ވަގުތު އެހޭދަކުރެވެނީ މަލަކޫތިއްޔަ ޢާލަމުގަ: ޑރ. އިބްރާހީމް ޒަކަރިއްޔާ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

އިންސާނުން ރޯދައަށް ތިބޭ ވަގުތު ބިންމަތީގައި ތިބި ނަމަވެސް އެވަގުތު ހޭދަކުރެވެނީ މަލަކޫތިއްޔަ ޢާލަމުގައި ކަމަށް ޢިލްމުވެރިން ވިދާޅުވާ ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސެންޓެރ ފޮރ ޕޯސްޓް ގްރެޖުއޭޓް ސްޓަޑީޒްގެ ޑީން ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެއެވެ.

"ރަމަޟާން ޓޯކް ވިތް މެޑިކަލް ޑޮކްޓަރސް"ގެ ނަމުގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން މިރޭ އެ ޔުނިވަރސިޓީގައި ކުރިއަށް ގެންދިއަ ފޯރަމްގައި ޑރ. އިބްރާހީމް ޒަކަރިއްޔާ ވިދާޅުވީ ރޯދަައަށް ހުންނަ ވަގުތަކީ ރޫޙާނީ ގޮތުން ވަރަށް ޚާއްޞަ ވަގުތެއް ކަމަށެވެ. އަދި އެވަގުތަކީ މަލާއިކަތް ބޭކަލުންގެ ބައެއް ސިފަފުޅުތައް ރޯދަވެރިޔާއަށް ލިބިގެންދާ ވަގުތުކޮޅެއް ކަމަށެވެ.

"މަލާއިކަތް ބޭކަލުންނަކީ ކެއިން ބުއިމާއި ޖިންސީ އެއްވެސް އެދުމަކަށް ބޭނުންފުޅުވާނެ ބޭކަލުންނެއް ނޫން. ރޯދައަށް ހުންނަ ވަގުތަކީ ވެސް އިންސާނުން އެފަދަ އިޙްސާސްތަކެއް ކުރާ ވަގުތެއް. ކެއިން ބުއިމާއި ޝަހުވަނީ އެދުން ފަދަ އެދުންތަކުން ދުރުހެލިވެގެން ތިބޭ ވަގުތެއް. މަލައިކަތް ބޭކަލުންނަށް ބޭނުންފުޅު ނުވާ ކަންކަން އިންސާނުން އިޙްޞާޞްކުރަމުން ގެންދާ ވަގުތުކޮޅެއް އެއީ. އެކަންކަމަށް ކެތްތެރިވެގެން ތިބޭ ވަގުތުކޮޅު އެއީ. އެހެންކަމުން އިލްމުވެރިން ވިދާޅުވަނީ ހަޤީޤަތުގައި އިންސާނުން އެވަގުތު ބިންމަތީގައި ތިބި ނަމަވެސް ައެވަގުތު ހޭދަކުރެވެނީ މަލަކޫތިއްޔަ ޢާލަމުގައޭ. ސްޕްރިޗުއަލް ޑައިމެންޝަނެއްގެ ތެރޭގައޭ އެވަގުތުކޮޅު އެއުޅެވެނީ."

ޑރ. އިބްރާހީމް ޒަކަރިއްޔާ ވިދާޅުވީ އެފަދަ ރޫހެއްގައި ރޯދަ ހިފާ މީހާއަށް "ހާދަ ބޮޑު ލުޔަކާއި" ނަފްސާނީ ގޮތުންވެސް "ހާދަ ބޮޑު" ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް