އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޯދަވީއްލާ ޕާޓީތަކުގެ ސަބަބުން ރޯދައިގެ ރޫޙު ގެއްލޭ!

ރޯދަވީއްލާ ޕާޓީތަކުގެ ސަބަބުން ރޯދައިގެ ރޫޙު ގެއްލޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 39 ސިކުންތު

ޖަމާއަތުގައި މަޣްރިބް ނަމާދުކުރުން ދޫކޮށް ރޯދަ ވީއްލުމުގެ ޕާޓީތައް ބޭއްވުމަކީ މިހާރަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ޢާންމު ވަމުން އަންނަ ކަމެކެވެ.

ބައެއް ފަރާތްތަކުން މިފަދަ ޕާޓީތައް ބާއްވަނީ ޢާއިލީ ކަމެއްގެ ގޮތުގައެވެ. އަނެއް ބައަކު އެކަން ކުރަނީ ރަހްމަތްތެރިކަމުގެ ގުޅުން ބަދަހިކުރުމަށެވެ. ބައެއް ކުންފުނިތަކާއި އޮފީސްތަކުން އެކަން ކުރަނީ ގުޅުން ބަދަހިކުރުމަށެވެ.

މިއިން ކޮންމެ ނިޔަތެއްގައި އެކަން ކުރި ނަމަވެސް މަޣްރިބް ނަމާދުގެ ޖަމާއަތް ގެއްލެއެވެ. މިފަދަ ރޯދަވީއްލުންތައް އިތުރުވުމުގެ ސަބަބުން ބައެއް މީހުންނަށް ވަރަށް ގިނަ ރޯދަ ވީއްލުންތަކުގައި ބައިވެރިވާން ޖެހެއެވެ. އެހުރިހައި ރެއަކުވެސް އެދަނީ ޖަމާއަތުގައި މަޣްރިބް ނަމާދު ގެއްލެމުންނެވެ.

ރޯދަ ވީއްލާ ޕާޓީތަކަށް ދައުވަތުދިނުމުން ޖަމާއަތުގައި މަޣްރިބް ނަމާދުކޮށްގެން ޕާޓީއަށް ދަނީ މަދު މީހެކެވެ. އަދި އެގޮތަށް ދިއުމުން ގިނަ ފަހަރު އެމީހަކު ވެފައި އޮންނަނީ ކަޓު، ހައްދުފަހަނައަޅައިފައިވާ މީހަކަށެވެ.

އަވަށްޓެރި އިންޑިއާ އަދި ސްރީލަންކާ ފަދަ ޤައުމުތަކުގައިވެސް ރޯދަ ވީއްލުންތައް ބާއްވައެވެ. ނަމަވެސް ކެއުމާއިގެން އެމީހުން އުޅެނީ ޖަމާއަތުގައި އެންމެން އެކުގައި މަޣްރިބް ނަމާދު ކުރުމަށްފަހުގައެވެ.

ދީނީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޖަމާއަތުގައި ނަމާދު އަޅައި ރޯދަ ވީއްލުމުގެ ޕާޓީތައް ބޭއްވުމަކީ ރޯދައިގެ ރޫޙާއި ޚިލާފު ކަމެކެވެ. އެހެނީ ރޯދައިގެ ރޫޙަކަށް ވާންޖެހޭނީ ވީހައި ގިނަ އަޅުކަންކުރުން ކަމަށްވާތީއެވެ. ޚާއްޞަކޮށް ޖަމާއަތުގައި ނަމާދު ކުރުމެވެ. ވަގުތުގެ އެންމެ ކުރީކޮޅުގައި ނަމާދުކުރުމެވެ.

ރޯދަ ވީއްލާ ޕާޓީތަކަށްދާ ގިނަ މީހުންގެ ކިބައިން ފެންނަނީ ނުބައްދަލު މިންވަރަށް ކައިބޮއި ހަދާތަނެވެ. ނަތީޖާއަކަށް ވަނީ ހަށިގަނޑު ލޮޑުވެ ޢިޝާ ނަމާދު ވެސް ޖަމާއަތުގައި ކުރަން އުނދަނގޫވުމެވެ.

ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެވެ. ވީހައި ގިނައިން އަޅުކަންކުރުމާއިއެކު ފާފަ ފުއްސެވުން އެދި ދުޢާކުރުމުގެ އެންމެ މުހިންމު މައްސަރެވެ. ވީއިރު މުހުންމީ ރޯދަވީއްލާ ޕާޓީތައްތޯ ނުވަތަ ރޯދައިގެ ރޫޙާއިއެއްގޮތަށް އަޅުކަން ފުރިހަމައަށް އަދާކުރެވޭތޯ މަސައްކަތްކުރުންތޯ މިއީ މިއަދު ފުންކޮށް ވިސްނައިލުން ރަނގަޅު ކަންކަމެވެ.

ރޯދަވިއްލާ ޕާޓީތައް އިތުރުވަމުން ގޮސް މަސްފެށެންވާއިރު އޮންނަނީ ރެސްޓޯރަންޓްތަކުގައި ރިޒަވޭޝަން ހައްދަން ފަށައިފައެވެ. ދުވަހުން ދުވަހަށް ރެސްޓޯރަންޓަކުން ޖާގަ ހޯދުން ވެސް އޮންނަނީ ދަތިކަމަކަށްވެފައެވެ.

މާތްﷲ ދެއްވެވި ތަނަވަސްކަމުގެ ބޭނުން ހިފައި ރޯދަވީއްލާ ޕާޓީތައް ބައްވަން ބޮޑެތި ހޭދަތައްކޮށް މަޖާނެގިދާނެއެވެ. ވިސްނައިލަންވީ އެއިރުން އަމަލު އެކުރެވެނީ ތިމާއަށް ތަނަވަސްކަން ދެއްވެވި ﷲ ރުހިވޮޑިގަންނަވާ އަދި އެންގެވި ގޮތަށް ކަމާއިމެދުގައެވެ. އަދި ތިމާއަށް އެކަމުން ކުރާނީ ހަމަ ޙަޤީޤީ ފައިދާ ކަމާއިމެދުގައެވެ.

މީގެ ތަންކޮޅެއް ކުރިއަށް ބަލައިފިނަމަ ރޯދަ ވީއްލާ ޕާޓީތަކަކީ އެހައި ޢާންމު ޕާޓީތަކެއް ނޫނެވެ. ނަމަވެސް "ތަރާވީސް" ކޮށްލުމަށް ގޭގެއަށް ދައުވަތު ދިނުމަކީ ކޮށްއުޅުނު ކަމެކެވެ. އެގޮތަށް ލިބޭ ދައުވަތުތަކަށް "ތަރާވީސް" ކުރަން ގޭގެއަށް ދާނީ ތަރާވީސް ނަމާދުން ފައިބައިގެންނެވެ.

ރޯދަ މަހަކީ ޢާންމުކޮށް ގިނަ ބައަކު ލަހުން ނިދާ މަހެކެވެ. އެހެންކަމަށްވާއިރު ރޯދަވިއްލާ ޕާޓީތަކުގެ ބަދަލުގައި ތަރާވީސް ނަމާދުން ފައިބައިގެން "ތަރާވީސް" ޕާޓީތައް ބާއްވާނަމަ ރޫޙާނީ ބައި ވެސް އޮންނާނީ އެވަގުތައް އަދާކޮށް ނިމިފައި ނޫންބާވައެވެ!

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް