އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާނަލް ނާޒިމާ ޝައިޚް އިމްރާން ބަންދުގަ, އަދީބް ކޮންތާކު؟

ކާނަލް ނާޒިމާ ޝައިޚް އިމްރާން ބަންދުގަ, އަދީބް ކޮންތާކު؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 20 ސިކުންތު

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓ) މުޙައްމަދު ނާޒިމް އާއި އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން ޢަބްދުﷲ ތިއްބެވީ ބަންދުގައެވެ. އެދެބޭފުޅުން ބަންދުކުރުވި ޙީލަތްތެރި ރޭވުންތެރިޔާ ކަމަށް ރާއްޖޭގެ ގިނަ ބައަކު ޤަބޫލުކުރާ އަޙްމަދު އަދީބް ހުރީ ކޮންތާކުބާވައެވެ! ގިނަ ޙުކުމްތައް އޮހެމުންދަނީ ކާކުގެ މައްޗަށް ބާވައެވެ!

މިކަންކަމަކީ ފުންކޮށް ވިސްނައިލުން ރަނގަޅު ކަންކަމެވެ. ބަނޑުކޮޅަށް ޖަހައިގެން ފިސްތޯލައެއް ވައްދައި ކަރުގައި އެޅުވިދާނެއެވެ. ޕިކަޕަކަށް އަރައި ދުއްވާވެސް ލެވިދާނެއެވެ. ދެ ފުލުހަކު ވެހިކަލެއްގައި ގެންގޮސް މަގުމައްޗަށް ދޫވެސް ކޮށްލެވިދާނެއެވެ. ހަވަރަށްވެސް ދެވިދާނެއެވެ.

މިކަންކަމަކީ ހަމަ ކުރެވިދާނެކަންކަން ކަމުގައި މިއަދު ދިވެހި ރައްޔިތުން ޤަބޫލުކުރަންޖެހެއެވެ. އެކަންކަން ކުރިތަން ލޮލަށް ފެނިފައިވާތީއެވެ.

ތިމާ ބޭނުންވާހައި ކަމެއް ނުކުރާނަމަ "ނޮޅައިލާނެ" ކަމުގެ އިންޒާރުވެސް ދެވިދާނެއެވެ. މުލައްދަނޑީގައި ބާރު ހުރިނަމަ ހޭވެސް އަރުވައިލެވިދާނެއެވެ. އިންސާނުންނަށް މާތްﷲ ވަނީ ކަންތައްތަކެއް ކުރުމުގެ އިޚްތިޔާރާއި ބާރު ދެއްވަވާފައި ކަމަށްވުމުންނެވެ.

ހަމައެއާއިއެކު ވައްކަން ކުރަނިކޮށް ފެނުނު މީހުންނަށް ވައްކަން ކުރިތާ 4 އަހަރުފަހުން ވައްކަން ކުރި މީހާ އެއިރު ލައިގެންހުރި ގަމީހުގެ ބުރަކަށީގައި ގޮޅި ހުރި އަދަދު ނުއެނގުމުން ހެކިންގެ ހެކިބަސް ބާޠިލުކުރި ނައިބް ކަލޭގެގެ ނިމުން އައިގޮތްވެސް އެއީ ވިސްނައިލުން ހަމަ ރަނގަޅު ކަމެކެވެ.

ޔަޤީންކުރަންވީ ކަމަކީ މިދުނިޔޭގައި ކަންކަން ސިއްރު ކުރެވުނު ނަމަވެސް ނުކުރެވޭނެ ދުވަހެއް އަންނާނެ ކަމެވެ. ތިމާގެ ގުނަވަންތަކުން ހެކިދޭނެ ދުވަސް އޮތީ ކުރިއަށް ކަމެވެ. އެދުވަހުން ދެއްކޭނެ ހަމައެއްވެސް ބަހަނާއެއް ނުއޮންނާނެއެވެ.
AddThis Sharing Buttons

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް