އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އިމްޕޯޓްކުރާ ޑްރައިވަރުންގެ ސަބަބުން ލިބޭ ގެއްލުންތަކަށް އިމްޕޯޓަރަށް ބަދަލުދޭން ނުޖެހެނީ ކީއްވެ؟

އިމްޕޯޓްކުރާ ޑްރައިވަރުންގެ ސަބަބުން ލިބޭ ގެއްލުންތަކަށް އިމްޕޯޓަރަށް ބަދަލުދޭން ނުޖެހެނީ ކީއްވެ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 1 ސިކުންތު

ރާއްޖެއަށް އިމްޕޯޓްކުރާ ޑްރައިވަރުންގެ ސަބަބުން ރައްޔިތުންނަށާއި މުދަލަށް ލިބޭ ގެއްލުންތަކަށް އެ ޑްރައިވަރަކު ރާއްޖެއަށް އެތެރެކުރާ އިމްޕޯޓަރަށް ބަދަލު ދޭން ނުޖެހުމުގެ ޒިންމާ އުފުލަންޖެހޭނީ ރައްޔިތުންގެ މަޖިލީހަށްތޯއެވެ.! ނޫނީ ޓްރާންސްޕޯޓް އޮތޯރިޓީއަށްތޯއެވެ!

ބަދަލު ދިނުމަކީ އާސަންދައިން ބޭސްކޮށްދިނުން އެކަނިތޯއެވެ؟ ނުވަތަ އުޅަނދުން ހަލާކުވި ލަކުޑިކުރި ގުޅާލަން އިންޝުއަރެންސުން ބަދަލުު ދިނުންތޯއެވެ!

ރޭގެ ހާދިސާއަށް ބައްލަވާށެވެ. އުތުރު ބަނދަރުގައި އަޅާފައި އޮތް ވިލުފުށީ ބޯޓަކަށް އުދުހިފައި އައި ވޭނެއް ޖެއްސީއެވެ. ޖެއްސިވަގުތު ފްލައިޓް ކޮންޓްރޯލު ނުކުރެވި ރަންވޭމަތީގައި ހުރި މީހަކަށްވެސް އަނިޔާވީއެވެ. އެއާPޯޓުގެ ގޮތުގައި ވޭނުގެ ޕައިލެޓަށް ފެނުނު ވިލުފުށީ ބޯޓުންވެސް ބައެއް ހަލާކުވީއެވެ.

އަނިޔާ ލިބުނު މީހާއަށް ފަރުވާދެމުން ގެންދަނީއެވެ. ދިވެހި ރައްޔިތެއްވީމާ ޚަރަދުގެ މައްސަލައެއް ނޯންނާނެތާއެވެ. ހުސްނުވާ އާސަންދަ އޮންނާނެތާއެވެ. ހަމައެގޮތަށް ބޯޓު މަރާމާތު ކުރުމަކީވެސް މައްސަލައެއް ނޫނެވެ. ވޭން އޮންނާނީ އިންޝުއަރެނެސްކޮށްފައެވެ. އެހެންވީމާ އެކުންފުނިން މަރާމާތުވެސް ކޮށްދޭނެއެވެ.

މައްސަލަ މިނުކުންނަނީ މިހިސާބުންނެވެ. ދިވެހި ރައްޔިތު މީހާއަށް ލިބުނު އަނިޔާގެ ބަދަލަކީ އޭނާގެ ތަދުވަން ދިން 2 ގުޅަ ބޭސްތޯއެވެ؟ ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއަކީ އެއީތޯއެވެ.! އަނިޔާ ލިބޭ ފަރާތަށް އެކަށީގެންވާ ބަދަލެއް ދޭން ނުޖެހޭތޯއެވެ؟

ގެއްލުން ލިބުނު އުޅަނދަށް ލިބުނު ގެއްލުމަކީ ހަމައެކަނި ހަލާކުވިތަންކޮޅުތޯއެވެ؟ އެކަމުގެ ސަބަބުން ދަތުރަށް ލިބުނު ގެއްލުން ކޮބައިތޯއެވެ؟ ވިލުފުށީ ބޯޓެއް ވީމާ އާ އަޅާލެނެކަމެއްނެތޭ، ބީރައްޓެހިންނޭ، ފަސް ކުޅަނދު މަދުވާނޭ، ކީއްކުުރަންހޭ ރަށުގައި ނޯވެވިގެން މާލެއައީ؟ ކިޔައި ނިންމާލާނީތޯއެވެ!

ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުން މިކަންކަމާއި މެދު ވިސްނަންފަށާނީ ކޮން އިރަކުންބާވައެވެ! ޓްރާންސްޕޯޓް އޮތޯރިޓީން މިކަންކަމަށް ޤަވާއިދެއް ނަމަވެސް ހަދާނީ ކޮން ދުވަހަކުންބާވައެވެ!

ވަަރަށް ރަނގަޅު ސުރުޚީއެކެވެ. ވެހިކަލް ދުއްވި ޑްރައިވަރު ބަންދުކޮށްފިއެވެ. ބޭރު މީހެކެވެ. އިންޑިއާ ރައްޔިތެކެވެ. ފަހަރެއްގައި ބޮޑުވަރަކަށް ލައިސަންސް ހިފަހައްޓައިފާނެއެވެ. ވަގުތުން ރަށަށް ފޮނުވާލުމަށްފަހު އިތުރު ޑްރައިވަރަކު ގެނައިމާ އެމީހާ ގެންނާތީ ކުންފުންޏަށް ކޮމިޝަނުގެ ގޮތުގައި 3000 ޑޮލަރުވަރު ފައިދާވާނެއެވެ.

ނަމަވެސް އަނިޔާ ލިބުނު މީހާއަށް ލިބުނީ ސަރުކާރުގެ އާސަންދައިން 2 ގުޅަބޭހާ ދާއިމީ ވޭނެކެވެ. ބޯޓުގެ ވެރިފަރާތަށް މާލީ ގޮތުން އެތައް ހާސް ރުފިޔާގެ ބޮޑު ގެއްލުމެކެވެ.

ޒިންމާ އުފުލައި މިބޮޑު މައްސަލަ ހައްލުވޭތޯ ރައްޔިތުންނަށް ކުރެވެން އޮތް ކަމަކީ ދުޢާކުރުމެވެ. އެނޫން އެއްވެސް ގޮތެއް އަދި ފެންނާކަށް ނެތެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް