އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެސްޓީއޯ އިން ރޯދަމަހަށް ޚާއްޞަކޮށްގެން އެތެރެކުރާ ފިޔާ، ބިސް އަދި އަލުވީގެ ތިންވަނަ ޝިޕްމަންޓް ބާޒާރަށް ނެރެފި

އެސްޓީއޯ އިން ރޯދަމަހަށް ޚާއްޞަކޮށްގެން އެތެރެކުރާ ފިޔާ، ބިސް އަދި އަލުވީގެ ތިންވަނަ ޝިޕްމަންޓް ބާޒާރަށް ނެރެފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު

އެސްޓީއޯ އިން ރަމަޞާން މަހަށް ހާއްސަކޮށް ގެންނަ ފިޔާ، ބިސް އަދި އަލުވީގެ ތިންވަނަ ޝިޕްމަންޓް ބާޒާރަށް ނެރެފިއެވެ. ފިޔާ އަދި ބިސް ވިއްކަމުންދަނީ ކުރީގެ ވެސް އަގުތައް ކަމަށްވާ ފިޔާ ބަސްތާއެއް 160 ރުފިޔާ އަދި ބިސް ކޭހެއް 275 ރުފިޔާ އަށެވެެ.

މި އާޝިޕްމަންޓް އާއި އެކު އަލުވީގެ އަގަށް ވަނީ ހެޔޮ ބަދަލެއް ގެނެސްފައެވެ. މިގޮތުން 250 ރުފިޔާ އަށް ވިއްކަމުންދިޔަ އަލުވި ބަސްތާ މިހާރު 210 ރުފިޔާ އަށް ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

މިދއަަ އަހަރެކޭ ވެސް އެއްގޮތަށް ރީޓެއިލް ކޮށް އެސްޓީއޯ ސްޕަމާރޓްއިން އަދި ހޯލްސޭލްކޮށް އެސްޓީއޯ 6 ނަމްބަރު ކޮށިން ކޮންމެ ހަފްތާއަކު އާދިއްތައިން ބުރާސްފަތި ދުވަހަށް އަދި ހޮނިހިރު ދުވަހު ހެންދުނު 09:00 އިން މެންދުރު 12:00 އަށް މެންދުރުފަހު 13:00 އިން 15:00 އަށެވެ. އަދި ރަމަޞާން މަހު 10:00 އިން 14:00 އަށް ފިޔާ، ބިސް އަދި އަލުވި ލިބިވަޑައިގަންނަވާނެއެވެ.

އެސްޓީއޯ އިން ބުނީ މިއަހަރުގެ ރަމަޞާން މަހު ފިޔާ ބިސް އަދި އަލުވި ހުސްވިޔަ ނުދިނުމަށްޓަކައި ކޮންމެ 15 ދުވަހަކުން އައުޝިޕްމަންޓެއް ގެނައުމަށް ހަމަޖެހިފައިވާ ކަމަށާއި މާލެއާއި އެއް އަގެއްގައި އެސްޓީއޯގެ ރީޖަނަލް އައުޓްލެޓް ތަކުންވެސް ފިޔާ ބިސް އަދި އަލުވި ލިބިވަޑައިގަންނަވާނެ ކަމަށެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު