އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކާނަލް ނާޒިމްގެ މައްސަލަ: ދަރިންގެ ބައްޕަ އެނގުމުން އަވަހަށް ބެލެނިވެރިކަން ހަވާލުކުރުމާ!

ކާނަލް ނާޒިމްގެ މައްސަލަ: ދަރިންގެ ބައްޕަ އެނގުމުން އަވަހަށް ބެލެނިވެރިކަން ހަވާލުކުރުމާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓ) މުޙައްމަދު ނާޒިމުގެ މައްޗަށް 11 އަހަރުގެ ޖަލު ޙުކުމެއް އިއްވަންޖެހުނީ ނާޒިމްގެ ކޮޓަރިކޮޅުގައި ކުއްލިއަކަށް "ވިހޭ" "ދަރިންތަކުގެ" "ބައްޕަ" ނާޒިމަށް ނުދެއްކެވިގެންނެވެ.

އެތަނުން 1 ދަރި ކަމަށްވާ ޕެންޑްރައިވްގެ "ބައްޕަ" އަދި ކަށަވަރު ނުކުރެވުނު ނަމަވެސް އެއީ އެއްވެސް ހައިޞިއްޔަތެއް ނެތި އުފަންވެފައިވާ "ފޭކް" އެއްޗެއްކަން ވަނީ މާކުރިން ކަށަވަރުވެފައެވެ.

ދެން އޮތީ ފިސްތޯލައެވެ. ފިސްތޯލައިން ނެގި ޑީއެންއޭ ސާމްޕަލް "ބޮޑުވަޒީރު" އަހްމަދު އަދީބް އާއި ދިމާވުމުން އެކަމާއި ގުޅިގެން އިތުރަށް ނާޒިމް ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ.

ކުރިންވެސް ގިނަ ބައަކު ޤަބޫލުކުރަމުން އައީ "އެފިސްތޯލަ" އާއި "އެޕެންޑްރައިވް" އަކީ ފުލުހުންގެ ބައެއްގެ "ފޫޅުމައިކަމުގައި ވިއްސުވާފައިވާ" ތަކެތި ކަމަށެވެ. އަދި އެތަކެތީގެ "ބައްޕައަކީ" އަހްމަދު އަދީބް ކަމަށެވެ. ކާނަލް ނާޒިމްގެ ދެމަފިރިކަނބަލުން ކޮޓަރިކޮޅުން ނެރެ ކޮޓަރި ކޮޅު ހުސްކުރީ އެކޮޓަރިކޮޅަކީ "ލޭބަރ ރޫމް/ވިއްސާ ކޮޓަރިއަކަށް" ބަދަލުކުރަން ކަމަށެވެ.

ފިސްތޯލައިން ފެނުނު ފިންގަރ ޕްރިންޓާއި ނާޒިމް އަދި ނާޒިމްގެ ޢައިލާގެ އެއްވެސް ބޭފުޅެއްގެ ފިންގަރ ޕްރިންޓާއި ދިމާނުވާކަން ފުލުހުން ވަނީ ކުރިންވެސް ކަށަވަރުކޮށްދީފައެވެ.

މިކަންކަމާއި ގުޅިގެން ގިނަ ބައަކު އެންމެ ކުރިންސުރެ ޤަބޫލުކުރަމުން އައި ޤަބޫލުކުރުން މިހާރު މިވަނީ ހަޤީޤަތަކަށް ބަދަލުވެފައެވެ.

ހާދިސާ ހިނގައި ދިއަތާ އަހަރަކަށްވުރެ ގިނަވީއެވެ. އެހެންކަމާއިއެކުވެސް އަދިވެސް އެއް ޑީއެންއޭ ސާމްޕަލްގެ ރިPޯޓް ނުލިބުމަކީ ކާނަލް ނާޒިމްގެ މައްސަލައެއް ކަމަށް ޤަބޫލެއް ނުކުރެވެއެވެ.

ކޯޓުން ނާޒިމުގެ މައްޗަށް ޙުކުމްކުރީ ފިސްތޯލައިގެ ބެލެނިވެރިއަކު ނުދެއްކެވިގެންނެވެ. އެކަން ހަމަގައިމުވެސް މިހާރު މިވަނީ ވެފައެވެ. ކާނަލް ނާޒިމް "ބާރާއި ނުފޫޒު ބޭނުންކުރައްވައި ބަޑިގުދަނުން ވަގަށް ނަންގަވައިގެން ސިއްރުން ގެންގުޅުއްވި" ފިސްތޯލައަކުން ފުލުހުންގެ ޑީއެންއޭ ސާމްޕަލް ބޮޑުވަޒީރު އަޙްމަދު އަދީބް އާއި ދިމާވުމުން ފިސްތޯލައިގެ ބެލެނިވެރިޔާ ނުފެނުމުގެ މައްސަލަ މިވަނީ ނިމުމަކަށް އައިސްފައިކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ.

ރާއްޖޭގެ ޝަރުޢީ ދާއިރާގެ އެންމެ އިސް ބައެއް ބޭފުޅުންނާއި އެންމެ އިސް ބައެއް ޤާނޫނީ ވަކީލުން ވެސް ވިދާޅުވަމުން ގެންދަވަނީ ކާނަލް ނާޒިމް އިތުރަށް ބަންދުގައި ބެހެއްޓުމުގެ ޙައްޤެއް މިހާރު ނެތް ކަމަށެވެ. ތަޙްޤީޤްގައި އިތުރަށް ލިބޭ ކުރިއެރުމަކުން އެހެންގޮތަކަށް ކަންކަން ބަދަލު ނުވާހައި ހިނދަކު ނާޒިމް ބަންދުގައި ބެހެއްޓުމުގެ އެއްވެސް ޙައްޤެއް މިހާރު ނެތް ކަމަށެވެ.

ކާނަލް ނާޒިމް ދިރިއުޅުއްވާ ފްލެޓަށް ރޭގަނޑުގެ ވަގުތެއްގައި ކުއްލި ގޮތަކަށް ވަދެ ފުލުހުން ހިންގި މި އޮޕަރޭޝަނާއިމެދު ރައްޔިތުންގެ ގިނަ ބައަކު އަބަދުވެސް އައީ ގިނަ ސުވާލުތަކެއް އުފައްދަމުންނެވެ. ނާޒިމުގެ މައްޗަށް ޙުކުމް ކުރީ ފުލުހުންގެ ތަޙްޤީޤް ފުރިހަމަ ނުކުރެވެނީސްކަމަށް އޭސީޕީ ޢަބްދުﷲ ނަވާޒް ރޭ ވަނީ ވިދާޅުވެފައެވެ.

ފިސްތޯލައިން ފުލުހުން ނެގި ޑީއެންއޭ ސާމްޕަލާއި އަހްމަދު އަދީބާއި ދިމާވުމުން ނާޒިމްގެ ޤާނޫނީ ވަކީލު ޙުސްނުއްސުޢޫދު ރޭ ވަނީ "އިތުރަށް ނާޒިމް ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ޤަބޫލުފުޅު ނުކުރައްވާ" ކަމަށް ވިދާޅުވެފައެވެ.

ހަތިޔާރުތަކުން ފެނުނު އަދީބުގެ ޑީއެންއޭ ސާމްޕަލްގެ ޕްރޮފައިލް މިއަދު ފުލުހުން ވަނީ ޕީޖީ އާއި ހަވާލުކޮށްފައެވެ.

ޢަބްދުﷲ ނަވާޒް ރޭ ވިދާޅުވީ އެފިސްތޯލައާ އަދީބާ ސީދާ ގުޅުންހުރިކަން ސީދާ ވިދާޅުވެވޭނީ ހުރިހައި ތަޙްޤީޤްތަކެއް ފުރިހަމަކުރެވުމުން ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް