އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ އިން ރާއްޖެއަށް ހުއާވޭ ޕީ9 ތައާރަފްކޮށްފި

އުރީދޫ އިން ރާއްޖެއަށް ހުއާވޭ ޕީ9 ތައާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 5 ސިކުންތު

އުރީދޫ އާއި ގުޅިގެން ހުއާވޭގެއެންމެ ފަހުގެ ފޯނު ކަމަށްވާ ޕީ9 އަދި ޕީ9 ލައިޓް، މިއަދު ރާއްޖޭގައި ތައާރަފްކޮށްފިއެވެ.

ހުއާވޭ ޕީ9 އަކީ ބައިނަލްއަޤްވާމީ ބްރޭންޑް ކަމަށްވާ ލެއިކާ ކެމެރާ ބޭނުންކޮށްގެން ފަރުމާކުރެވިފައިވާ ފުރަތަމަ ފޯނެވެ. މިފޯނުގެ ޑުއަލް ކެމެރާ ލެންސް އާއި އެކު ސްމާޓްފޯން ފޮޓޯގްރަފީ ވަނީ އާ ހަރުފަތަކަށް ގެނުވައިދީފައެވެ. މިކެމެރާ މެދުވެރިކޮށް ފުރިހަމަ ކުލަތަކާއި އެކު ނުވަތަ ބްލެކް އެންޑް ވައިޓް މޯޑުގައިވެސް ފޮޓޯ ނެގޭނެއެވެ. ހުއާވޭގެ ޕީ-ސީރީޒް ފޯނުތަކުން ތަކުރާރުކޮށް ފެނިފައިވާ، އެންމެ ފަހުގެ އިންޑަސްޓްރިއަލް ޑިޒައިންތައް ޕީ9 ފޯނުގައިވެސް ހިމެނެއެވެ. ހަމައެއާއި އެކު، ޒަމާނީ ސްމާޓްފޯނު ބޭނުންކުރާ ބޭފުޅުން ހުއާވޭގެ ފަރާތުން ލިބުމަށް އުއްމީދުކުރާ ފުރިހަމަ މިންގަނޑުގައި، ޕަވަރ، ސްޕީޑް، ކަނެކްޓިވިޓީ، މޮބިލިޓީ އަދި ބެޓްރީ ލައިފް، ޕީ9 ފޯނުން ފެނިގެންދާނެއެވެ.

"ހުއާވޭ ޕީ9 ފޯނުގެ ޒަމާނީ އުފެއްދުންތެރި ފީޗާތަކާއި، ފުރިހަމަ ޑިޒައިންގެ ސަބަބުން، މި ފޯނުވަނީ ސްމާޓްފޯނު ފޮޓޯގްރަފީ އާ އުސްމިނަކަށް ގެންގޮސްދީފައި. އެހެންކަމުން، ހުއާވޭ އާއި ގުޅިގެން، މާކެޓުގެ އެންމެ ފުރިހަމަ އަގުގައި، މިފޯނު ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް." އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ.

މިގޮތުން، ސްމާޓްފޯނަށާއި ފޮޓޯގްރަފީ އަށް ލޯބިކުރައްވާ ފަރާތްތަކަށް ހާއްސަ އޮފާ ތަކެއް އުރީދޫގެ ކަސްޓަމަރުންނަށާއި އަލަށް ނެޓްވަރކް އާއި ގުޅުމަށް ބޭނުންވާ ބޭފުޅުންނަށް މިއަދު އުރީދޫ އިން ވަނީ ތައާރަފް ކޮށްފައެވެ.

އުރީދޫގެ ނެޓްވާރކް އަށް ބަދަލުވާން ބޭނުންވާ ބޭފުޅުންނަށް ހާއްސަ އޮފާ އެއްގެގޮތުން، އުރީދޫ އިން މިއަދު ވަނީ ހުއާވޭ ރޭޓް ޕްލޭންގެ ނަމުގައި މުޅިން އާ ޕޯސްޓްޕެއިޑް ރޭޓްޕްލޭން އެއް ތައާރަފްކޮށްފައެވެ. މިގޮތުން މި ޕްލޭނަކީ ފޯނަކަށް ހާއްސަކޮށްގެން ރޭޓް ޕްލޭން އެއް ރާއްޖޭގައި ތައާރަފް ކުރެވުނު ފުރަތަމަ ފަހަރެވެ. އެންމެ 495ރ. މަހުފީ އަކާއި އެކު، މިރޭޓް ޕްލޭން މެދުވެރިކޮށް ކަސްޓަމަރުންނަށް ހުއާވޭ ޕީ9ގެ ފޯނު ލިބުމުގެ އިތުރުން، ހިލޭ ކޯލް، ހިލޭ އެސްއެމްއެސް، އަދި ހިލޭ ޑޭޓާ ވެސް ލިބިގެންދާނެއެވެ.

ހުއާވޭ ރޭޓް ޕްލޭން މެދުވެރިކޮށް، 6 މަހުގެ ކޮންޓްރެކްޓަކާއި އެންމެ 1،499ރ. ގެ ޑައުން ޕޭމަންޓް އަކާއި އެކު، ހުއާވޭ ޕީ9 ލައިޓް ލިބޭނެއެވެ. ހަމަ އެއާއި އެކު، މި އޮފާ މެދުވެރިކޮށް ހުއާވޭ ޕީ9 ލިބިގެންދަނީ އަހަރު ދުވަހު ކޮންޓްރެކްޓް އަކާއި، 2،499ރ. ގެ ޑައުން ޕޭމަންޓަކާއި އެކުއެވެ.

ހުއާވޭގެ ޕީ9 ސީރީޒްގެ ފޯނުތައް ޚިޔާރުކުރައްވާ އުރީދޫ ކަސްޓަމަރުންނަށް ޚާއްޞަކޮށްއެއް އަހަރު ދުވަހުގެ ވަރަށް ފުރިހަމަ ކޮންޓްރެކްޓް ޕްލޭން ތަކެއް ވަނީ ތައާރަފްކޮށްފައެވެ. މިގޮތުން، ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހުއާވޭ ޕީ9 ލައިޓް މަހަކު އެންމެ 245ރ. އަށް، އަދި ހުއާވޭ ޕީ9 މަހަކު އެންމެ 495ރ. އަށް ލިބިގެންދާނެއެވެ.

މި އޮފާގައި، ޕޯސްޓްޕެއިޑް 249، ޕޯސްޓްޕެއިޑް 399، ޕޯސްޓްޕެއިޑް 499، ޕޯސްޓްޕެއިޑް 749، ޕޯސްޓްޕެއިޑް 899، އަދި ޕޯސްޓްޕެއިޑް 999 ގެ ކަސްޓަމަރުންނަށް ބައިވެރިވެވޭނެއެވެ.

އުރީދޫ ކަސްޓަމަރުންނަށް ފަސޭހަކަމާއި އެކު ހުއާވޭ ޕީ9 ސީރީޒްގެ ފޯނުތައް ބައްލަވައިގަތުމަށް އެހީތެރިވެދޭ ޚާއްޞަ ޕެކޭޖް ތަކުގެ ތެރޭގައި، ހިލޭ ކޯލް އަދި 12 ޖީބީގެ ހިލޭ ޑޭޓާ ހިމެނޭ ފުލްޕޭމަންޓް އޮފާއެއްވެސްވަނީ ތައާރަފްކޮށްފައެވެ. މި އޮފާ މެދުވެރިކޮށް ރާއްޖޭގެ މަރކެޓްގެ އެންމެ ހެޔޮއަގުތަކުގައި ހުއާވޭގެ ޕީ9 ފޯނުތަށް ބައްލަވައިގަނެވޭއިރު، ހުއާވޭ ޕީ9 ލައިޓް ލިބިވަޑައިގަންނަވާނީ އެންމެ 3،799 ރުފިޔާ އަށެވެ. ހަމައެއާއި އެކު، ހުއާވޭ ޕީ9 ބައްލަވައިގަނެވޭނީ 7،599 ރުފިޔާ އަށެވެ.
ހުއާވޭގެ އެންމެ ފަހުގެ ފޯނުތަށް ކަމަށްވާ ޕީ9 ސީރީޒް އަށް ޚާއްޞަކުރެވިފައިވާ އޮފާތަކާއި ބެހޭގޮތުން އިތުރު މައުލޫމާތު www.ooredoo.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު