އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރަންޏަކީ ސުވަރުގެ ވަނުމަށް އޮތް އެންމެ ބޮޑު އެއް ހުރަސް: ޝައިޚް އާދަމް ޝަމީމް

ދަރަންޏަކީ ސުވަރުގެ ވަނުމަށް އޮތް އެންމެ ބޮޑު އެއް ހުރަސް: ޝައިޚް އާދަމް ޝަމީމް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 30 ސިކުންތު

ދަރަންޏަކީ ސުވަރުގެ ވަނުމަށް އޮތް އެންމެ ބޮޑު އެއް ހުރަސް ކަމަށާއި އަދި އެންމެ ދިނާރެއްގެ ދަރަންޏާއި ހުރެ ވެސް ސުވަރުގެ ވަނުމަށް ހުރަސް އެޅޭކަން ކައު އިތުރު ރަސޫލާގެ ޙަދީޘްފުޅުން ސާބިތު ކަމަށް އައްޝައިޚް އާދަމް ޝަމީމް ވިދާޅުވެއްޖެއެވެ.

"މާތްﷲގެ ޙަޟްރަތުގައި އެންމެ މާތް ބައަކީ ޝަހީދުން. ޝަހީދުންގެ ގައިން އޮހޮރޭ ލޭ ބިމަށް އޮހޮރުމުގެ ކުރިން ﷲ އޭނާގެ ކުށްތަކަށް މަޢާފްކޮށް ދެއްވަވާ. އެކަމަކު ދަރަނި ފިޔަވާ. އެވަރުގެ ބޮޑުކަމެއް އެއީ. ކިހިނެއްތޯ ހެޔޮވާނީ ހަމަ އެހެން ގޮތެއް ނެތިގެން ނޫނީ ދަރަނި ނަގަން."

ޝައިޚް އާދަމް ޝަމީމް ވިދާޅުވީ ދަރަނި ނެގުމަކީ ހަލާލުކަމެއް ކަމަށާއި ހަލާލު ކޮންމެ ކަމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ދަރަންޏަށް އެއްޗެއް ނެގުމަކީ އެހެން ގޮތެއް އޮއްވައި އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

"ދަރިވެރިންގެ މައްޗަށް ކައުއިތުރު ރަސޫލާ ކަށުނަމާދުކޮށެއް ނުދެއްވަވާ. ކައު އިތުރު ރަސޫލާ ކަށުނަމާދުކޮށްދެއްވަވައި މީހެއްގެ މައްޗަށް ދުޢާކޮށްދެއްވަވައިފިނަމަ އެމީހަކަށް ﷲ މަޢާފްކޮށްދެއްވަވާ. ނަމަވެސް އެމީހާގެ ދަރަނި ފިޔަވައި. ކިހައި ބޮޑު ނިއުމަތެއްތޯ ގެއްލިގެން އެދިއައީ؟"

"އެއްފަހަރަކު ބޭކަލެއްގެ މައްޗަށް ކަށުނަމާދުކޮށްދެއްވަން ކައު އިތުރު ރަސޫލާ ދެކޮޅު ހެއްދެވި. ދެން ޞަހާބީ ބޭކަލަކު ދެންނެވި ލޮބުވެތި ރައޫސާއޭ އޭނާގެ މައްޗަށް ކަށު ނަމާދުކޮށްދެއްވާށޭ. ތިމަންނަ އެދަރަންޏަށް ޖާމިނުވެއްޖައިމޭ. ދެން ރަސޫލާ ހަދީޘްފުޅު ކުރެއްވެވީ އެހެންވީއްޔާ ކަލޭގެ މައްޗަށޭ ދަރަނި. ވިދާޅުވެފަ ނަމާދުކޮށްދެއްވެވީ." ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ދަރަންޏެއްގެ މައްސަލަ ހަމަޖެއްސުމަށް ދޭނެ އެއްވެސް ކައްފާރާއެއް ނެތް ކަމަށާއި އެކަމަށް އޮތް ހަމައެކަނި ހައްލަކީ ދަރަނި އަދާކުރުން ނުވަތަ ނުވަތަ ދަރަނި ލިބެންވާ މީހާ އެކަމަށް މައާފްކުރުން ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް