އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޝީޝާ ބުއިމުން 3 ބާވަތުގެ ކެންސަރުޖެހޭ- ފަހަރަކު 25 ސިގިރޭޓް ބޮވޭ

ޝީޝާ ބުއިމުން 3 ބާވަތުގެ ކެންސަރުޖެހޭ- ފަހަރަކު 25 ސިގިރޭޓް ބޮވޭ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު


ރާއްޖޭގައިވެސް މިހާރު އިންތިހާއަށް ފެތުރެމުންދާ އާދައެއް ކަމަށްވާ ޝީޝާ ނުވަތަ ގުޑުގުޑާ ބުއިމުން 3 ބާވަތެއްގެ ކެންސަރު، ޚާއްޞަކޮށް އަންހެނުންނަށް ޖެހޭ ކަން ހާމަވެއްހެއެވެ. މިގޮތުން އެންމެ އާންމުގޮތެއްގައި ކެންސަރު ޖެހެނީ ފުއްޕާމެއަށާ ބްލެޑަރަށް އަދި ބަނޑަށެވެ.

ޝީޝާ ބުއިމުގެ ސެޝަނެއްގައި ޢާންމުކޮށް ކޮންމެ ފަހަރަކު ،2 3 ގަޑިއިރު ހޭދަވާއިރު އެ ބޮވެނީ 25 ސިގިރޭޓެވެ. އެހެންކަމުން ގުޑުގުޑާ ބޯ ކޮންމެ ފަހަރަކު ހަށިގަނޑަށް އެދެވެނީ 25 ސިގިރޭޓް ބޮއިގެން ދެވޭނެ އަނިޔާއެވެ.

ދިރާސާތަކުން ދައްކާ ގޮތުން ގުޑުގުޑާ ބޯއިރު އެތައް ބައަކު އެއް ފަހަރާ ބޭނުންކުރާތީ އެކަމުގެ ސަބަބުން ޓީބީ ބަލި ފެތުރުން ދަނީ އިތުރުވަމުންނެވެ. ހަމަ އެއާއިއެކު މާބަނޑު އަންހެނުން ޝީޝާ ބުއިމުގެ ސަބަބުން ލިބޭ ދަރިންނަށް ބޮޑެތި މައްސަލަތައް ކުރިމަތިވެ ނުކުޅެދުންތެރި ކުދިންގެ ގޮތުގައިވެސް ދަނީ އުފަންވަމުންނެވެ.

ގުޑުގުޑާ ބުއިމުން ސަލާމަތްކޮށްދޭނެ އެއްޗެއް ކަމަށްބުނެ މިހާރު ވަނީ އިލެކްޓްރޯނިކް ގުޑުގުޑާ ބާޒާރަށް ނެރެފައެވެ. ނަމަވެސް ދުންފަތް އުފައްދާ ޖަހައިގެން އުޅޭ ހީލަތްތެރި މަޅިއެކެވެ، އެކަމުން ލިބެމުން ދަނީ އިތުރު ގެއްލުންތަކެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް