އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިޔާސީ ފިކުރާ އެއްގޮތަށް ދީނުގެ ހުކުމް ބަދަލުކުރާނަމަ ދީނަކީ ކޮބާ!

ސިޔާސީ ފިކުރާ އެއްގޮތަށް ދީނުގެ ހުކުމް ބަދަލުކުރާނަމަ ދީނަކީ ކޮބާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 51 ސިކުންތު

ބައެއް ބޭފުޅުންގެ ކިބައިން ފެންނަމުން އަންނަ އެއް ސިފައަކީ ސިޔާސީ ފިކުރާ އެއްގޮތަށް ދީނުގެ ހުކުމްތައް ވެސް ބަދަލުކުރައްވަމުން ގެންދަވާ ތަނެވެ. އެކަމަކީ ކިތަންމެ ބޮޑު މައްސަލައެއް ނަމަވެސް އެކަން މިދަނީ ފެންނަމުންނެވެ.

މާތްﷲ އިސްލާމް ދީން ބާވައިލެއްވެވީ އެމީހަކު އަދާކުރާ ސިޔާސީ މަޤާމާއި އެއްގޮތަށް އަމަލުކުރުމަކަށް ނޫނެވެ. އަދި މަޤާމުގައި ހުންނައިރު ތާއީދުކޮށްފައި މަޤާމުން ވަކިވުމުން ތާއީދު ނުކުރުމަކަށްވެސް ނޫނެވެ. ދާއިމަށް އިސްލާމް ދީނުގައި ސާބިތުވެ ހުރުމަށެވެ.

މީހަކަށް ލިބޭނެ އެންމެ މަތީ މަޤާމަކީ އިސްލާމް ދީނުގެ މަޤާމެވެ. ދުނިޔޭގެ ހާލަތަށް ބަލާއިރު އެންމެ ބޮޑު އެއް މަޤާމަކީ އެމެރިކާގެ ރައީސް ކަމުގެ މަޤާމެވެ. ނަމަވެސް އެމެރިކާގެ ރައީސަކީ މުސްލިމެއް ކަމުގައި ނުވާނަމަ އެމީހާގެ މަޤާމުން އެމީހަކަށް އޮތީ ކޮން މަތިވެރިކަމެއް ހެއްޔެވެ؟ އޮތީ ކޮން ދަރަޖައެއް ހެއްޔެވެ؟

މާތްﷲ މީސްތަކުން ސުވަރުގެ ވައްދަވަނީ އެމީހާ ދުނިޔޭގައި އަދާކުރި ވަޒީފާއަށް ބައްލަވައިގެނެއް ނޫނެވެ. އިސްލާމް ދީނަށް އެމީހާ އަމަލުކުރި މިންވަރަށް ބައްލަވައިގެންނެވެ. އެހެންކަމަށްވާއިރު އެމެރިކާގެ ރައީސްކަން ލިބުމަކީ ހަމަ ސުމެއް ނޫންތޯއެވެ!

މިކަންކަމަކީ ވަރަށް ފުންކޮށް ވިސްނަންޖެހޭނެ ކަންކަމެވެ. ކޮންމެ މަޤާމެއްގައި ހުރި ނަމަވެސް އިސްލާމް ދީނުގެ ޙައްދުތަކަށް އިހްތިރާމްކުރަން ޖެހެއެވެ. އެއްވެސް މަޤާމެއް ނެތް ނަމަވެސް މެއެވެ. އިސްލާމް ދީނުގެ ހައްދުތައް ބަލައިގަންނަން ޖެހޭނީ އެއިރު އެމީހާ ހުރި ހާލަތަށް ބަލައިގެނެއް ނޫނެވެ. ދިރިހުރިހައި ހިނދަކުއެވެ.

ރާއްޖޭގައި މަރުގެ އަދަބު ދިނުމަށް އެންމެ ބޮޑަށް އަބަދުވެސް ދެކޮޅު ހަދަނީ އެމްޑީPީންނެވެ. އަދާލަތު ޕާޓީއަކީ މިއަދު އެމްޑީPީގެ ބައިވެރިއެކެވެ. އެހެންކަމާއިއެކުވެސް އިސްލާމް ދީނުގައި ބަޔާންވެގެންވާ ގޮތަށް މަރަށް މަރު ހިފުމަށް އަދާލަތު ޕާޓީގެ އެއްވެސް ދީނީ އިލްމުވެރިއަކު އަދި މިހައިތަނަށް ދެކޮޅު ހައްދަވާފައެއް ނުވެއެވެ.

ހަމައެކަނި ވިދާޅުވަމުން ގެންދަވަނީ އަދުލުވެރިވުމަށެވެ. ސިޔާސީ ފައިދާއެއް ނުނެގުމަށެވެ. އިސްލާމީ ޝަރީޢާ އާއި ސައްތައިން ސައްތައަށް އެއްގޮތް ގޮތުގައި މަރުގެ އަދަބު ތަންފީޒު ކުރުމަށެވެ. ބާރުއަޅުއްވަމުން ގެންދަވަނީ މަރުގެ އަދަބު ފަދައިން އެހެން ހައްދުތައްވެސް ޤާއިމުކުރުމަށެވެ.

މިކަމުންވެސް އަންގައިދެނީ ސިޔާސީ ފިކުރާ އެއްގޮތަށް ދީނީ ކަންކަމުގައި ފިކުރު ބަދަލުނުކުރެވޭނެ ކަމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް