އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގޯޅިއަށް ވަދެވުމަކީ ގޯޅީގައި ދިރިއުޅޭ އެންމެންގެ ހައްޤެއް

ގޯޅިއަށް ވަދެވުމަކީ ގޯޅީގައި ދިރިއުޅޭ އެންމެންގެ ހައްޤެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 26 ސިކުންތު

ޚަބަރުގައިވާ ފޮޓޯ އިން ފެންނަނީ މ. ހަނދުވަރީހިނގުމުގައި އެމްއެންއެސްއެލް ނިޔުޕްލާޒާ ކުރިމަތީގައި އޮންނަ އެއްކޮޅު ބެދިފައިވާ ގޯޅިއެވެ.

އެގޯޅީގައި ބުރިބުރިއަށް ހަދާފައިވާ 3 ގެ ހުރުމުން ގިނަ އަދަދެއްގެ ބައަކު އެގޯޅީގައި ދިރިއުޅެއެވެ. އެގޯޅީގައި ދިރިއުޅޭ މީހުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގޯޅި އަށް ވަންނަން އޮންނަ ސަރަހައްދުގައި ސައިކަލްތައް ޕާކުކޮށްފައި ހުންނާތީ ގޯޅިއަށް ނުވަދެވުމުގެ މައްސަލައެވެ.

ހަމައެފަދައިން ގޯޅީގެ ކުރިމަތި ބައްދައިލުމުން ގޯޅިން މީހުން ނުކުތުމަށާއި ގޯޅީގައި ޕާކުކޮށްފައި ހުންނަ ސައިކަލްތައް ފަދަ ތަކެތި ނެރުމަށްވެސް ވަނީ ބޮޑެތި މައްސަލަތައް ކުރިމަތިވެފައެވެ.

ބައެއް ގޯޅިތައް މިކަމުން ސަލާމަތްކުރުމަށް ރީނދޫ ދެ ރޮނގު ދަމާފައި ހުރެއެވެ. އަދި މިފަދަ ބައެއް ސަރަހައްދުތަކުގައިވެސް ދަމާފައި ހުރެއެވެ. ނަމަވެސް މި ގޯޅިއަކު އެފަދަ އެއްވެސް ރޮނގެއް ދަމާފައެއް ނުހުރެއެވެ.

ގޯޅި ގޯޅިއަށް ވަދެވުމަކީ އަދި ނުކުތުމަކީ ސަރުކާރުގެ ވަކި ފެންވަރެއްގެ ބައަކަށް ޚާއްޞަ ވެގެންވާ ކަމެއް ކަމަށް ބަލައިފިނަމަ އެކަމުގެ ދަތިކަން ޢާންމު ރައްޔިތުންނަށް އިންތިހާއަށް ފޯރައެވެ. ރޮނގު ދަމައި މަގު ހުސްކޮށްދޭންޖެހޭނީ ސަރުކާރުގެ ވަކި ފެންވަރެއްގެ ބައަކަށް ކަމަށް ބަލައިފިނަމަ އެއީ އާންމު ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ނިކަމެތި ކަމެކެވެ. ގޯޅިތަކުން ވަދެ ނުކުމެ އުޅުމުގެ ހައްޤަކީ އެންމެހައި ރައްޔިތުންނަށް ލިބިދޭންޖެހޭ ހައްޤަކަށްވާތީއެވެ.

މި ގޯޅީގައި ދިރިއުޅޭ މީހުން އިންތިޒާރުކުރަނީ އެމީހުންނަށް ކުރިމަތިވެފައިވާ މި ބޮޑު މުސީބާތުން ސަލާމަތްވާނެ ދުވަހަކަށެވެ. އެއީވެސް މީހުން ވަދެ ނުކުމެވޭ ގޯޅިއެއް ކަމާއި ގޯޅީގެ ކުރިމަތި ބައްދައިގެން ނުވާނެކަން އަންގައިދޭ ރީނދޫ ދެ ރޮނގު ސަރުކާރުން ދަމައިދޭނެ ދުވަހަކަށެވެ. އެކަން ކޮށްލައިދޭނެ ސަރުކާރަކަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް