އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔަހޫދީ ނޫން އަންހެނުންނާ ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ހުއްދަ އިޒްރޭލް ސިފައިންނަށް ދީފި

ޔަހޫދީ ނޫން އަންހެނުންނާ ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ހުއްދަ އިޒްރޭލް ސިފައިންނަށް ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 0 ސިކުންތު

ޔަހޫދީ އަންހެނުން ނޫން އެހެން އަންހެނުންނާއި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ހުއްދަ އިޒްރޭލުގެ އައު އާމީ ޗީފް ކާނަލް އެޔާލް މޯޝޭ އިޒްރޭލް ސިފައިންނަށް ދީފިއެވެ.

މޯޝޭ ބުނީ ހަނމގުރާމައިގެ ދުވަސްތަކުގައި އިޝްރޭލު ސިފައިން ތިބެންޖެހޭނީ ހިތްހަމަޖެހިގެން އުފަލުގައި ފިޓްކޮށް ކަމަށެވެ. އެހެން ކަމުން ޔަހޫދީ އަންހެނުން ފިޔަވައި އެހެން ދީންތަކުގެ އަންހެނުންނާއި ގަދަ ކަމުން ޖިންސީ ގުޅުން ހިންގުމަކީ އެއްވެސް މައްސަލައެއް އޮތް ކަމެއް ނޫން ކަމަށެވެ.

މޯޝޭއަށް އާމީ ޗީފްގެ މަޤާމު ދިނީ މިހާރު އެމަޤާމުގައި ހުރި މީހާގެ މުއްދަތު ހަމަވާތީއެވެ.

އާމީ ޗީފްގެ މި ހުއްދައަކީ އިޒްރޭލުގެ ޤާނޫނާއި އަދި އިޒްރޭލުން އަމަލުކުރާ އިންސާނީ ޙައްޤުތަކުގެ ޤާނޫނާއިވެސް ވަރަށް ބޮޑަށް ޚިލާފު ހުއްދައަކަށްވާތީ އިޒްރޭލުގެ ޤާނޫނީ ވަކީލުންނާއި ޕާލަމެންޓުގެ ބައެއް މެންބަރުން ގެންދަނީ މި ކަމަށް ދެކޮޅު ހަދަމުންނެވެ.

ބައެއް ފަރާތްތަކުން ބުނެފައިވަނީ މިހުއްދަ ބާޠިލުކުރުވަން މަސައްކަތް ކުރާނެ ކަމަށެވެ.

ފަލަސްޠީނުގެ އިސް ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ މިއީ ފަލަސްޠީނުގެ އަންހެނުންގެ ޢިއްފަތްތެރިކަން ފޭރިގަތުމަށް އިޝްރޭލުން ދިން ޢާންމު ހުއްދައެއް ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް