އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިން މަގުމަތިކުރުމަކީ ހައްލެއް ނޫން: ޝައިޚް އަޙްމަދު ފަހުމީ ދީދީ

ދަރިން މަގުމަތިކުރުމަކީ ހައްލެއް ނޫން: ޝައިޚް އަޙްމަދު ފަހުމީ ދީދީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

ދަރިންގެ ކިބައިން ހިތް ހަމަނުޖެހޭ ކަންކަން ފެނުނު ނަމަވެސް ދަރިން މަގުމަތިކުރުމަކީ ހައްލެއް ނޫން ކަމަށް ޝައިޚް އަޙްމަދު ފަހުމީ ދީދީ ވިދާޅުވެއްޖެއެވެ.

ޝައިޚް ފަހްމީ ވިދާޅުވީ ދަރިން ކުރާ ކަންކަމަށް ހިތް ހަމަނުޖެހުން ގެއިން ނެރެލުމަކީ ރާއްޖޭގައި ވެސް ބައެއް ބެލެނިވެރިން ކުރަމުން އަންނަ ކަމެއް ކަމަށާއި ނަމަވެސް އެއީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ޝައިޚް ފަހްމީ ވިދާޅުވީ ދަރިން ގެއިން ނެރެލުމުން ބައްދަލުވާނީ އެކުދިން ކުރާ އެއްވެސް ނުރަނގަޅު ކަމަކަށް ސަމާލުކަންދޭނެ ބައަކާއި ނޫން ކަމަށެވެ. އަދި ބައެއް ހާލަތްތަކުގައި ބައްދަލުވާ މީހުން ކުދިން ލައްވައި ވަރަށް ނުރަނގަޅު ކަންކަން ކުރުވަމުން ވެސް ގެންދާ ކަމަށެވެ.

ޝައިޚް ފަހްމީ ވިދާޅުވީ ދަރިންނަކީ މާތްﷲ ހަވާލުކުރައްވަވާ ވަރަށް ބޮޑު އަމާނާތެއް ކަމަށާއި އެ އަމާނާތް އަދާކުރި ގޮތާއިމެދު ޤިޔާމަތް ދުވަހުން ބެލެނިވެރިންނާއި ސުވާލުކުރެވޭނެކަން އަބަދުވެސް ހަނދާންކުރަންޖެހޭނެ ކަމަށެވެ.

އިޖުތިމާޢީ އިލްމުވެރިން ވިދާޅުވަނީ ދަރިންގެ ކިބައިން ނުރަނގަޅުކަންކަން ފެންނަނަމަ ބެލެނިވެރިން ފުރަތަމަ މަސައްކަތްކުރަންޖެހޭނީ އެކަން މެދުވެރިވާ ސަބަބު އޮޅުންފިލުވަން ކަމަށެވެ. އަދި އެކަމަކީ ދިރިއުޅޭ މާހައުލުން ކުރިމަތިވާ ކަމެއް ނަމަ އެކަމެއް އިޞްލާޙުކުރަންޖެހޭނެ ކަމަށެވެ. އެނޫން ގޮތަކަށް މެދުވެރިވާ ސަބަބެއް ނަމަ އެކަމެއް ހައްލުކުރަން މަސައްކަތްކުރުމާއިއެކު ދަރިން އިޞްލާކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށެވެ.

ސައުދި އަރަބިޔާގައި ދާދިފަހުން ވަނީ ކުދިން ބަލަހައްޓައިދޭ ގެސްޓް ހައުސްއަކުން 4 އަންހެންކުއްޖަކު ފިލައިފައެވެ. އެ ކުދިންނަކީ ޙުކުމް ތަންފީޒުކޮށް ނިމުމުން ޢާއިލާއިން ހަވާލު ނުވި 4 ކުދިންނެވެ.

މިފަދައިން ފިލާކުދިން ގިނަ ފަހަރަށް ގޮސް ގުޅެނީ ނުރަނގަޅު އަމަލުތައް ކުރާ މީހުންނާއިއެވެ. އެހެންކަމުން އެކުދިން ހޯދުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުންނެވެ.

ސައުދީ ރިޕޯޓްތައް ބުނާގޮތުން ގިނަ އަދަދެއްގެ ކުދިން ގެއިން ފިލައެވެ. އަދި އެގޮތަށް ފިލަނީ ގޭތެރޭގައި ބެލެނިވެރިންގެ މެދުގައި ހިނގާ ހަމަނުޖެހުންތަކުގެ ސަބަބުން މާޔޫސްވެ ގޮތް ހުސްވެގެންނެވެ.

ރާއްޖޭގައިވެސް ކުދިން މަގުމައްޗަށް ގިނަވާން ދިމާވާ އެއް ސަބަބަކީ ގޭތެރޭގެ މާހައުލުގައި ހިނގާ ކަންކަން ކަމުގައި ވަނީ ފާހަގަކުރެވިފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް