އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުރިއަށް އޮތް 3 އަހަރުގެ ޓެނިސް މުބާރާތްތައް އެސްޓީއޯ އިން ސްޕޮންސަރކޮށްފި

ކުރިއަށް އޮތް 3 އަހަރުގެ ޓެނިސް މުބާރާތްތައް އެސްޓީއޯ އިން ސްޕޮންސަރކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

2017،2016 އަދި 2018ވަނަ އަހަރު"އެސްޓީއޯ ނިޕޯން ޕެއިންޓް ނޭޝަނަލް ޓެނިސް ޗެމްޕިއަންޝިޕް"ގެ ނަމުގައި އަހަރީ މުބާރާތްތައް ބޭއްވުމަށް އެސްޓީއޯ އިން ސްޕޮންސަރކޮށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އެސްޓީއޯ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކުރީ މިއަދު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެސްޓީއޯގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު އެވެ. އަދި ޓެނިސް އެސޯސިއޭޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަޙްމަދު ނަޒީރު އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަހީރު ވިދާޅުވީ އެސްޓީއޯ އަކީ ކުޅިވަރަށް އަބަދުވެސް ބޮޑެތި އެހީތަކެށްވަމުން އަންނަ ކުންފުންޏެއް ކަމަށެވެ. "މިއަދު އެސްޓީއޯ އިން ޓެނިސް އެސޯސިއޭޝަނަށް މިދިން އެހީގެ ސަބަބުން ޓެނިހަށް އިތުރު ކުރިއެރުން ލިބޭނެ ކަމަށް އުންމީދު ކުރަން" ޝަހީރު ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ އެސްޓީއޯއިން މިދެއްވާ އެހީ މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ 18 އަހަރުން ދަށުގެ ކުދިންގެ ކުރިއެރުވުމަށާއި ޓްރެއިނިންގ ތަކަށް ކަމަށެވެ.

2013 ވަނަ އަހަރުން ފެށިގެން އެސްޓީއޯއިން އަންނަނީ ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މުބާރާތްތައް ސްޕޮންސަރ ކުރަމުންނެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު