އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަހްމަތްތެރިންނާ ބައްދަލުކުރަންދިއުން: ސަލާމަތްކަމުގެ ޔަޤީންކަމެއް ނެތް ބޮޑު ބިރެއް

ރަހްމަތްތެރިންނާ ބައްދަލުކުރަންދިއުން: ސަލާމަތްކަމުގެ ޔަޤީންކަމެއް ނެތް ބޮޑު ބިރެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 10 ސިކުންތު

ރަޙްމަތްތެރިންނާއި ބައްދަލުކުރަން ދިއުމަކީ އަދި ދަތުރުކުރުމަކީ ވަރަށް ޢާންމު ކަމެކެވެ. ނަމަވެސް އެފަދަ ދަތުރުތަކުގައި ތަފާތު މައްސަލަތައް ދަނީ ކުރިމަތިވަމުންނެވެ. ދުބާއީއަށް ދިއަ ވިއެޓްނާންގެ އަންހެން ކުއްޖަކަށް ވަނީ ދާދިފަހުން އެފަދަ ކަމެއްގައި ވަރަށް ހިތި ތަޖުރިބާތަކެއް ކުރަންޖެހިފައެވެ.

އޭނާ ދުބާއީއަށް ދިއައީ ދުބާއީގައި ދިރިއުޅޭ ހަމަ އެޤައުމުގެ އަންހެން ކުއްޖަކާއި ބައްދަލުކުރުމަށެވެ. އެއާPޯޓުން ނުކުތްއިރު ރައްޓެހި ކުއްޖާ ފެންނާކަށް ނެތެވެ.

ރައްޓެހި ކުއްޖާއަށް ފޯނުކުރުމުން ބުނީ ކުޑަކަމެއް ދިމާވީ ކަމަށާއި ޓެކްސީއެއްގައި ފްލެޓަށް އައުމަށެވެ. އޭނާ ފޮނުވި މެސެޖު ޑްރައިވަރަށް ދައްކައިގެން އެޑްރެހަށް ދިއައިރު އެ ފްލެޓް ހުރީ ތަޅުލައިފައެވެ.

އެވަގުތު އެތަނުން ބައްދަލުވި ވިއެޓްނާމް މީހަކު ބުނީ ފްލެޓްގައި އުޅޭ ކުއްޖާ ވީ ބޭރުގައި ކަމަށާއި އޭނާ އަންނަން ދެން އެމީހާގެ ފްލެޓުގައި ބެއިންދުމަށް ބުނެފައިވާ ކަމަށެވެ.

އެމީހާގެ ބަސް ޤަބޫލުކޮށް އެމީހާގެ ފްލެޓަށް ވަނުމާއިއެކު ދޮރުތަޅުލިިއެވެ. ފެނުނީ ބިރުން ފުރިފައިވާ މަންޒަރުތަކެވެ. ހަށި ވިއްކުމުގެ އަމަލުތައް ފައުޅުގައި ހިންގަމުން ގެންދާ މަންޒަރުތަކެވެ.

އެހިސާބުން އެކުއްޖާއަށް އެންގީ އެ ކުއްޖާވެސް އެކަމުގައި ބައިވެރިވުމަށެވެ. އެކަމަށް ދެކޮޅު ހެދުމުން ތަޅައި އަނިޔާކުރުމަށްފަހު ކޮޓަރިއަކަށް ލައި ތަޅުލީއެވެ.

5 ދުވަހު ބަންދުގައި ހުރުމަށްފަހު އެކުއްޖާ ނިންމީ ކޮންމެ ގޮތެއް މެދުވެރިވި ނަމަވެސް އެ ހާލަތުން ސަލާމަތްވާން މަސައްކަތް ކުރުމަށެވެ. އެހެންގޮތެއް ނެތުމުން އެމީހުން ބުނާހައި ކަންކަން ކުރަން އެއްބަސްވިއެވެ.

އެންމެ އަވަހަށް ލިބުނު ފުރުޞަތުގައި މަންމައަށް ފޯނުކޮށް ހުރިހައި ކަންކަން ކިޔައިދިނެވެ. ހަށި ވިއްކުވާ މީހުންނަށް އެކަން އެނގުމުން ގަތީ އަމަށަކު ބިރެއް ނޫނެވެ. މަންމަ ފުލުހަށް އަންގައިފާނެތީއެވެ. އެހެންކަމުން ކާރަކަށްލައިގެން ގެންގޮސް އަލްރަޝީދިޔާގެ އެއާޕޯޓު ސަރަހައްދަށް ދޫކޮށްލުމަށްފަހު ފިލީއެވެ.

އަލްރަޝީދިޔާ އެއާޕޯޓުގައި އެއްވެސް ބަހެއް ނުދަންނަ އަންހެންކުއްޖަކު އުޅޭކަމަށް ދުބާއީ ފުލުހުންނަށް އެންގުމުން ދުބާއީ ފުލުހުން އައިސް އަންހެން ކުއްޖާ ގެންދިއައީ ދުބާއީ ފުލުހުންގެ ބެލުމުގެދަށަށެވެ. އެއަށްފަހު ޓައިވާނުގެ އެމްބަސީ މެދުވެރިކޮށް އަންހެންކުއްޖާ ޤައުމަށް ފޮނުވައިލީއެވެ.

އަންހެން ކުއްޖާގެ ކިބައިން ލިބުނު މައުލޫމާތުގެ އެހީގައި ދުބާއީ ފުލުހުން ވަނީ އެފްލެޓް ހޯދައި އެކަމުގައި ބައިވެރިވި 5 ފިރިހެނުންނާއި އަންހެނަކު ހައްޔަރުކޮށްފައެވެ. އެމީހުންގެ މައްޗަށް ވަނީ ހަށިވިއްކުވުމުގެ ވިޔަފާރި ކުރުމާއި ހިޔުމަން ޓްރެފިކިންގ ގެ މައްސަލައިގައި ދައުވާ އުފުލައިފައެވެ.

އެކި ޤައުމުތަކުގައި މިބާވަތުގެ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. އެހެންކަމުން އަވަށްޓެރި ޤައުމަކަށް ނަމަވެސް އެހެން ޤައުމަކަށް ނަމަވެސް ދަތުރުކުރާނަމަ މިބާވަތުގެ ކަންކަމަށް ހޭލުންތެރިވުން މުހިންމުކަން ފާހަގަކުރެވެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް