އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުގެ ބައި މިލިއަން ވަނަ ކަސްޓަމަރު ލައިޝާއަށް ބޮޑު ހަދިޔާއެއް ދީފި

ދިރާގުގެ ބައި މިލިއަން ވަނަ ކަސްޓަމަރު ލައިޝާއަށް ބޮޑު ހަދިޔާއެއް ދީފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 33 ސިކުންތު

ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި ކަމަށްވާ ދިރާގުގެ ބައި މިލިއަން ވަނަ ކަސްޓަމަރަކަށް ފާޠިމަތު ލައިޝާ ޝާހިރު (ހ.ފުރަހަނި) ހޮވުމުން ލައިޝާއަށް އަގުބޮޑު ހަދިޔާއެއް ދިރާގުން ދީފިއެވެ.

އެގޮތުން ދިރާގުން ލައިޝާއަށް ޚާއްޞަ ހަދިޔާއެއްގެ ގޮތުގައި ދީފައިވަނީ އެއް އަހަރު ދުވަހަށް 100 އެމްބީޕީއެސް ފައިބަރ ބްރޯޑްބޭންޑް ކަނެކްޝަނަކާއި ދިރާގުން މިހާރު ދޫކުރާ އެންމެ އަގު ބޮޑު ޕްލޭން ކަމަށްވާ (ދިރާގު ސްމާޓް ޕްރީމިއަމް ޕްލަސް) ޕްލޭން އެކެވެ. މި ޕްލޭންވެސް ދީފައިވަނީ އެއް އަހަރު ދުވަހަށް ހިލެއެވެ.

ދިރާގުގެ ސީއީއޯ އިސްމާއީލް ރަޝީދު ވަނީ ދިރާގުގެ ބައިމިލިއަން ވަނަ ކަސްޓަމަރަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ދިރާގުގެ ޚިދުމަތް ކަސްޓަމަރުން ބަލައިގަނެ ދެމުން ގެންދާ ތަރުޙީބުގެ ބޮޑުކަން ފާހަގަކުރައްވައި އިސްމާއީލް ރަޝީދު ވަނީ ދިރާގުގެ ހުރިހައި ކަސްޓަމަރުންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ކޭބަލް އެންޑް ވަޔަރލަސްގެ ނަމުގައި ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ދޭން ފަށައި 10 އަހަރުވުމަށްފަހު ދިރާގަށް ބަދަލުވިފަހުން ފާއިތުވި 27 އަހަރު ތެރޭގައި ދިރާގުން ވަނީ މުވާސަލާތީ ގޮތުން ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދީފައެވެ. ދުނިޔޭގެ އެންމެ މަތީސަފަށް ރާއްޖެ ނެރެފައިވާއިރު މުޅި ސަރަހައްދުގައިވެސް އެންމެ ހެޔޮއަގުތަކުގައި މުވާސަލާތީ ޚިދުމަތް ދެމުން އަންނަނީ ރާއްޖެއިން ކަމަށްވުމަކީ ދިރާގުން ހޯދާފައިވާ އެންމެ ބޮޑު ކުރިއެރުންކަން ފާހަގަކުރެވެއެވެ.

ދިރާގުން ވަނީ މުޅި ރާއްޖެއަށް 3ޖީގެ ޚިދުމަތްދީފައެވެ. އަދި 4ޖީގެ ޚިދުމަތްވަނީ ރާއްޖޭގެ ދެބައިކުޅަ އެއްބައަށްވުރެެ ބޮޑު ސަރަހައްދަކަށް ދީފައެވެ. ރާއްޖޭގެ ހުރިހައި ރަށަކަށް ބްރޯޑްބޭންޑްގެ ޚިދުމަތް އެންމެ ބާރު ސްޕީޑްގައި ދަނީ ދެމުންނެވެ. ނެޓްވަރކަށް ބަލައިފިނަމަ އެންމެ ބޮޑު ސަރަހައްދަކަށް ލިބެނީ ދިރާގުގެ ނެޓްވަރކެވެ.

ދިރާގުގެ ޚިދުމަތްތައް އިތުރަށް ފުރިހަމަކުރުމަށާއި އިތުރު ޚިދުމަތްތައް ތަޢާރަފްކުރަން ދިރާގުން މިހާރުވެސް ގެންދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް