އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ހެރީޕޮޓަރ އެންޑް ދަ ކާރސްޑް ޗައިލްޑް" އެންމެ 499ރ އަށް އަވަސްކާޓުގައި ވިއްކަން ފަށައިފި

"ހެރީޕޮޓަރ އެންޑް ދަ ކާރސްޑް ޗައިލްޑް" އެންމެ 499ރ އަށް އަވަސްކާޓުގައި ވިއްކަން ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 58 ސިކުންތު

ހެރީޕޮޓަރ ސިލްސިލާގެ އެންމެ ފަހުގެ ފޮތް "ހެރީޕޮޓަރ އެންޑް ދަ ކާރސްޑް ޗައިލްޑް" އެންމެ 499ރ އަށް މުޅި ރާއްޖެއަށް އަވަސްކާޓުގައި ވިއްކަން ފަށައިފިއެވެ.

އިރާއީ ބުކްޝޮޕުން އަވަސްކާޓުގައި ވިއްކާ މިފޮތް ބައްލަވައި ގަންނަވާ ފަރާތްތަކަށް ދާދި ފަހުން އަވަސްކާޓުން އަލަށް ތަޢާރަފުކުރި "އަވަސްޑެލިވަރީ" (އެކްސްޕްރެސް ޑެލިވަރީ) މުޅިން ހިލޭ ލިބޭނެ ކަމަށް އަވަސްކާޓުން ހާމަ ކުރެއެވެ. އެހެން ކަމުން މާލެ އާއި ރާއްޖޭގެ ހުރިހާ ގެއަކަށް 1 ދުވަހާއި 7 ދުވަހާއި ދެމެދުގެ މުއްދަތެއްގައި ފޮތް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ.

އަވަސްކާޓް ވެބްސައިޓުން މި ފޮތް ގަންނަ ފަރާތަކަށް މާލެ ސަރަޙައްދުން ގިނަވެގެން 1 ގަޑި އިރާއި 24 ގަޑިއިރާއި ދެމެދުގެ ވަގުތެއްގައި ފޮތް ޑެލިވަރ ކޮށްދޭނެ ކަމަށް އަވަސްކާޓުން މަޢުލޫމާތު ދީފައި ވެއެވެ. އަދި ރާއްޖޭގެ ހުރިހާ ގެއަކަށް 1 ދުވަހާއި 7 ދުވަހާއި ދެމެދުގެ މުއްދަތެއްގައި ފޮތް ހިލޭ ޑެލިވަރީ ކޮށްދެއެވެ.

މިއީ ދުނިޔޭގެ މަޝްހޫރު ފޮތެއް ތަޢާރަފު ކުރެވުމާއި އެކު މުޅި ރާއްޖެ އަށް ވިއްކައި ހިލޭ ޑެލިވަރީ ކޮށްދޭ ފުރަތަމަ ފަހަރެވެ. އަދި ފޮތަށް ފައިސާ ދައްކަން ވެސް ޖެހެނީ ފޮތް އަތަށް ލިބުމުންނެވެ.

ގިނަ ބައެއްގެ ތަރުޙީބު ލިބިފައިވާ ޖޭ ކޭ ރޯލިންގެ "ދަ ހެރީ ޕޮޓާރ" ވާހަކަ ސީރީޒްގެ އަށްވަނަ ފޮތް ކަމަށްވާ "ހެރީ ޕޮޓާރ އެންޑް ދަ ކާރސްޑް ޗައިލްޑް" ދުނިޔޭގެ ބާޒާރަށް ނެރުނުތާ ދެ ދުވަހުގެ ތެރޭގައި ދެ މިލިޔަނަށްވުރެ ގިނަ ކޮޕީ ވިކިފައި ވެއެވެ.

މިއީ ފަހުގެ ތާރީޚެއްގައި މިހާ ހަލުވި މިނެއްގައި ފޮތެއް ވިކުނު ފުރަތަމަ ފަހަރެވެ. މި ފޮތް ނެރުނުތާ ދެ ދުވަހުގެ ތެރޭގައި މިހާރުވެސް ވަނީ ދުނިޔޭގެ އެތައް ރެކޯޑެއް މުގުރާލާފައެވެ.

ހެރީ ޕޮޓާ އެންޑް ދަ ކާސްޑް ޗައިލްޑް ފަށާނީ އެންމެ ފަހު ފޮތް ކަމަށްވާ "ޑެތްލީ ހޮލޯސް" ނިމުން ހިސާބުގެ 19 އަހަރު ފަހުން ވާ ކަންތައްތަކުގެ މައްޗަށެވެ. އޭރުން ހެރީ އާއި ރޮން އަދި ހަމައިނީ ބޮޑު ވެގެން ތިބެނީ ދަރިވެސް ލިބިފައެވެ.

ވިޒާޑުންގެ ދުނިޔޭގައި އެ ތިން މީހުންނަކީ މިހާރު ބޮޑެތި "ލެގަސީ"ތަކެވެ. އެހެންކަމުން ވާހަކަ އަލިއަޅުވާލާނީ އެމީހުންގެ ދަރިންތައް އެމީހުންގެ ނަން ހިފެހެއްޓުމަށް ކުރާ މަސައްކަތް ކުރާ ތަނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު