އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިރާގުން ސެމްސަންގް ގެލެކްސީ ނޯޓް 7 ތައާރަފްކޮށްފި

ދިރާގުން ސެމްސަންގް ގެލެކްސީ ނޯޓް 7 ތައާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

ދިރާގުން މިރޭ ރާއްޖެއަށް ސެމްސަންގް ގެލެކްސީ ނޯޓް 7 ތައާރަފްކޮށްފިއެވެ.

ދިރާގުން ސެމްސަންގް ގެލެކްސީ ނޯޓް 7 ތައާރަފްކުރިއިރު މިރެއިން ފެށިގެން ވަނީ ޕްރީ އޯޑާ ހުޅުވާލައިފައެވެ. އެހެންނަމަވެސް ޕްރީއޯޑާކޮށް މި ފޯނު ހޯދުމުގެ ފުރުސަތު ލިބެނީ ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެކަންޏެވެ.
ޕްރީ އޯޑަރު ކޮށްގެން ފޯނު ގަންނަ ކޮންމެ ފަރާތަކަށް ވީއާރް ޑިވައިސްއަކާ ފޯނު ކަވަރެއް ހިލޭ ދޭއިރު ދެ އަހަރު ދުވަހުގެ ވޮރަންޓީ ދޭން ދިރާގުން ވަނީ ނިންމާފަ އެވެ. އެއްފަހަރާ ފައިސާ ދައްކައިގެން އަދި އިންސްޓޯލްމަންޓަށް ވެސް ނޯޓް 7 ދޫކުރެއެވެ.

މިފޯނަށް އެއްކޮށް ފައިސާ ދައްކާފައި ލިބެނީ 12999 ރުފިޔާ އަށެވެ. މަހުން މަހަށް ފައިސާ ދައްކާނަމަ ކޮންމެ މަހަކު 849 ރުފިޔާ ދައްކާގޮތަށްވެސް ލިބެއެވެ. މަހުން މަހަށް ފައިސާ ދައްކާގޮތަށްނަމަ ފޯނު ލިބޭނީ ފުރަތަމަ ޕޭމަންޓްގެ ގޮތުގައި 2999 ދައްކައިގެންނެވެ.

ލޮލުގެ ކަޅި ދެނެގަނެވޭ ސެންސަރެއް ކަމުގައިވާ އައިރިސް ސްކޭނަރ ހިމަނާފައިވާ މި ފޯނުން ލޮލޮގެ ކަޅިން ފޯނު އަންލޮކް ކުރެވެއެވެ.

ދިރާގުން ނޯޓް 7 ތައާރަފް ކުރުމާ އެކު ދުނިޔޭގައި ދެވަނަ އަށް އެ ފޯނު ލޯންޗް ކުރި ގައުމުގެ ޝަރަފް ރާއްޖެއަށް ލިބެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު