އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މުސްލިމުން މެރިދާނެ, ނަމާދުކުރުމެއް ނުހުއްޓުވޭނެ! އިމާމުން ހުހެއްވެސް ނުކުރެވޭނެ!

މުސްލިމުން މެރިދާނެ, ނަމާދުކުރުމެއް ނުހުއްޓުވޭނެ! އިމާމުން ހުހެއްވެސް ނުކުރެވޭނެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 35 ސިކުންތު

ބަޑިޖަހައިގެންނާއި އެހެން ވެސް ގޮތްގޮތުން މުސްލިމުން މެރިދާނެއެވެ. ނަމަވެސް ނަމާދުކުރުމެއް ނުހުއްޓުވޭނެއެވެ. އަދި މިސްކިތްތަކުން އިމާމުން ހުހެއްވެސް ނުކުރެވޭނެއެވެ.

އެކަން މިދަނީ ފެންނަމުންނެވެ. އިސްލާމް ދީނަށް ހުރަސް އަޅައި ދަތިތައް ކުރިމަތިކުރުވާވަރަކަށް އިސްލާމް ދީން ދަނީ ކުރިއަރަމުންނެވެ. ދަތިކުރިވަރަކަށް އަލަށް އިސްލާމްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

ދާދިފަހުން އެމެރިކާގެ ނިޔުޔޯކުގެ މިސްކިތެއްގެ އިމާމް އާއި އިމާމުގެ އެހީތެރިޔާގެ ބޮލަށް ބަޑިޖަހައި މަރާފައިވާއިރު ދުނިޔޭގައި ހިނގާ ހުރިހާ ކަންކަން އެނގޭކަމަށް ދައުވާކުރާ އެމެރިކާގެ ފުލުހުން މިއަދުވެސް ބުނީ ދެ އިމާމުން މެރި ސަބަބު އަދިވެސް ނުއެނގޭ ކަމަށެވެ.

ދެ އިމާމުން މެރި މީހުންނާއިބެހޭ މައުލޫމާތު ދިން ފަރާތަކަށް 10،000 ޑޮލަރު ދޭނެކަމަށް މުސްލިމް ޖަމާއަތަކުން އިއުލާނުކުރަން އުޅުމުން ފުލުހުން މިއަދު ވަނީ މީހަކު ހިފަހައްޓައި ސުވާލުކޮށްފައެވެ. ނަމަވެސް ބުނީ އެއީ ޤާތިލުކަން ޔަޤީން ނުކުރެވޭ ކަމަށެވެ. އަދި މިއަދު ވަނީ ޤާތިލު ކަމަށް ބެލެވޭމީހާގެ ތަސްވީރު ދައްކައިދޭ އަތުކުރެހުމެއްވެސް ޢާންމުކޮށްފައެވެ.

އެމެރިކާއިން ޙޯދަން ބޭނުންވާ މީހަކު ދުނިޔޭގެ ކޮންމެ ޤައުމެއްގައި ހުރި ނަމަވެސް ހޯދައެވެ. އަދި ރަސްމީކޮށް ނުގެންދެވޭނަމަ "ގޯންޏަކަށް ލައިގެން" ނަމަވެސް އެމެރިކާއަށް ގެންދެއެވެ. ނަމަވެސް އެމެރިކާގެ ނިޔުޔޯކުގައި މިހައި ބޮޑު ޖަރީމާއެއް ދުވާލު މެންދުރު ހިންގުމުން އެކަން ކުރި މީހުން ހޯދަން އަދިވެސް އެމެރިކާ ވަނީ ނުކުޅެދިފައެވެ. މިހިރީ މުސްލިމުންގެ ހިތްތަކުގައި އެތައް ގިނަ ސުވާލުތަކެއް އުފެދޭ މައްސަލަތަކެވެ.

އެމެރިކާގެ މުސްލިމުންނަށް މިއަދު ވަނީ ބޮޑު ބިރުވެރިކަމަކާއި ކުރިމަތިލާންޖެހިފައެވެ. ޚާއްޞަކޮށް މިސްކިތަށް ނަމާދަށް ދިއުމަށެވެ. ގިނަ މީހުން މިހާރު ނަމާދުކުރަނީ ގޭގައެވެ. ވަރަށް މަދު މީހަކަށް ނޫނީ ދަރިން ގޮވައިގެން މިސްކިތަށް ދާކަށް ނުކެރެއެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކެވެ. އެހެން ދީންތަކަށް ރާއްޖެއިން ފުރުޞަތު ދޭންޖެހެންވީ އެއްވެސް ސަބަބެއް ވެސް ނެތެވެ. އެއްވެސް ދިވެހި ރައްޔިތަކީ އެހެން ދީނެއްގެ މީހަކަށް ނުވާތީއެވެ. އެހެން ދީނަކަށް އަޅުކަން ކުރަން ބޭނުންވެގެން އެއްވެސް ދިވެއްސަކު އަދި ސަރުކާރުގައި އެދިފައެއް ވެސް ނެތެވެ. އެހެންކަމުން ސިއްރުން ބައަކު "ޗުކުޗުކު" ލެއްވުމަކީ ދިވެހި ސަރުކާރުން ހުރިހައި ދީންތަކަށް ރާއްޖެއިން ފުރުޞަތު ހުޅުވައިލަންޖެހެންވީ ސަބަބެއް ނޫނެވެ.

އެމެރިކާއަކީ ހުރިހައި ދީންތަކަށް ފުރުޞަތާއި މިނިވަންކަން ދީފައި އޮތް ޤައުމެކެވެ. އެހެންކަމަށްވާއިރު އެމެރިކާ އިން ރާއްޖޭގައި އެހެން ދީންތަކަށް ފުރުޞަތުު ހޯދަން މަސައްކަތް ކުރުމުގެ ބަދަލުގައި އެމެރިކާގެ ޤާނޫނުތައް އެމެރިކާގައި ތަންފީޒުކުރަން މަސައްކަތްކުރުން މާމުހިންމު ކަމަށް ބެލެވެއެވެ. އެހެން ޤައުމުތަކުގައި ހިނގާ ކަންކަން ހޯދަން އުޅުމުގެ ބަދަލުގައި އެމެރިކާގައި ހިނގާ ކަންކަން ބަލަން މަސައްކަތް ކުރުން ވެސް މާރަނގަޅުކަމަށް ބެލެވެއެވެ. އަދި ދިވެހިންނަށް ޑިމޮކްރަސީ އާއި އަދުލު އިންސާފު ދަސްކޮށްދޭން މަސައްކަތްކުރުމުގެ ބަދަލުގައި އެމެރިކާގައި އެކަންކަން ކުރެވޭތޯ ބެލުންވެސް މާރަނގަޅުކަމަށް ބެލެވެއެވެ.

އެމެރިކާގައި މީގެ ކުރިން ވެސް މުސްލިމުން އުޅުނެވެ. މިސްކިތްތައް ހުއްޓެވެ. ނަމާދުވެސް ކުރިއެވެ. މިހާލަތަކަށް ކަންކަމެއް ނުދެއެވެ. އެހެންކަމުން މިއަދުގެ ހާލަތާއިމެދު އެމެރިކާގެ ގިނަ ބައަކު މިހާރުވެސް ދަނީ ފުންކޮށް ވިސްނަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް