އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިން އެންމެ ބޭނުމީ ބައްޕަގެ ހިނިތުންވުމާ އޯގާތެރިކަން!

ދަރިން އެންމެ ބޭނުމީ ބައްޕަގެ ހިނިތުންވުމާ އޯގާތެރިކަން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 56 ސިކުންތު

ދަރިން ޢާންމު ގޮތެއްގައި އެންމެ ބޭނުންވަނީ ބައްޕަގެ ހިނިތުންވުމާއި އޯގާތެރިކަން ކަމަށް ނަފްސާނީ އިލްމުވެރިން ވިދާޅުވަނީ ކުދިންނަށް މަންމަގެ ލޯބި ބޭނުން ނުވާތީއެއް ނޫނެވެ. މަންމަގެ ލޯބި ލިބޭ މިންވަރު ބޮޑުކަމުންނެވެ. އެންމެ ގިނައިން ލިބެނީ މަންމަގެ ލޯބިކަމަށްވާތީއެވެ.

މަންމަގެ ލޯތްބާއި އެހީތެރިކަން އަބަދު ލިބިލިބި ހުންނާތީ މަންމައިން ކޮށްދޭ ކަންކަން ޚާއްޞަ ކަމަކަށް ނުވެއެވެ. އެކަންކަން ވަނީ ޢާންމުކަމަކަށެވެ. އެހެންކަމުން ކުދިން އަބަދުވެސް އެދިއެދި ތިބެނީ ބައްޕަގެ ކިބައިން އެކުދިންނަށް ލިބޭނެ ޚިދުމަތަކަށެވެ.

މިހާރަކަށް އައިސް ބައެއް ބައްޕައިން ކުދިންނަށް ފުރިހަމައަށް ލޯބިދިން ނަމަވެސް އަޅުގަނޑުމެންގެތެރޭގައި އަދިވެސް އެކަން އޮތީ ވަރަށް ފަހަތުގައި ކަމަށް ގިނަ ބައަކު ބުނެއެވެ. ގިނަ ފިރިހެނުންނަށް އަދިވެސް ޤަބޫލުކުރެވެނީ ބުރަކޮށް މަސައްކަތްކޮށްފައި ލިބޭ ފައިސާ ޚަރަދުކުރުމުން ފުދުނީ ކަމަށެވެ. އެހިސާބުން އެހެރީ ދަރިންނަށް ބޭނުންވާ ހުރިހައި ކަންކަން ކޮށްދެވިފައި ކަމަށެވެ.

ދަރިއެއްގެ ކިބައިން ރަނގަޅުކުރަންޖެހޭ ކަމެއް ފާހަގަ ކުރެވިގެން ބައްޕަގެ އެހީތެރިކަމަށް އެދިއްޖެނަމަ ދަރިފުޅު ބިރުން ހަލާކުވާ ވަރަށް އަޑުގަދަކޮށްލުމުން ދަރިން ތަރުބިއްޔަތު ކުރެވުނ ީކަމަށް ދެކޭ ބައްޕައިން މަދެއް ނޫނެވެ. އެކަމުގެ ސަބަބުން ދަރިފުޅަށް ލިބޭނެ ދާއިމީ ގެއްލުމާއިމެދު ވިސްނައިލެވެނީ ކިތައް ބައްޕައިންނަށްބާވައެވެ!

ޢީދު ނަމާދާއި ހުކުރު ނަމާދު ފަދަ ނަމާދުތަކުގައި ބައްޕައިން ގެންދަނީ ދަރިންނަށް އޯގާތެރިވުމުގެ ވަރަށް ފުރިހަމަ މިސާލުތައް ދައްކަމުންނެވެ. އެފަދަ ހާލަތްތަކުގައި ކުދިންގެ މޫނުމަތިން ފެންނަ އުފާވެރިކަން އެއީ އުފާވެރިވުން ހައްޤު މަންޒަރުތަކެއްކަމަށް ޤަބޫލުކުރަންޖެހެއެވެ.

ދަރިންނަށް ދޭންޖެހޭ ސަމާލުކަން ދެމަފިރިންވެސް ދެމުން ގެންދާނަމަ އަޅުގަނޑުމެންގެތެރެއަށް ޢާންމުވެފައިވާ ދެމަފިރިންގެ މެދުގައި ޖެހޭ މައްސަލަތައްވެސް މަދުކުރެވޭނެކަމަށް ނަފްސާނީ އިލްމްވެރިން ވިދާޅުވެއެވެ. އިލްމުވެރިން ވިދާޅުވަނީ ދަރިން ލިބުމުން ދަރިންނަށް ދޭންޖެހޭ ލޯތްބާއި އިޙްތިރާމާއި އޯގާތެރިކަން ފޯރުކޮށްދެވޭނަމަ ދެމަފިރިންގެ މެދުގައި ޖެހޭ ކުދިކުދި މައްސަލަތަކުގައި ދެމަފިރިން ވަކިވާންޖެހޭ ހާލަތަށް ކަންކަން ނުގެންދާނެ ކަމަށެވެ. އެެއިގެކުރިން ދަރިފުޅުގެ ޙައްޤުގައި މައްސަލަތައް ޙައްލުކުރާނެ ކަމަށެވެ.

މާތްﷲ ދަރިން ދެއްވަވަނީ ދެމަފިރިންނަށެވެ. އެކުދިން ތަރުބިއްޔަތުކުރުމާއި އެހެންވެސް ކަންކަން ކޮށްދިނުމުގެ މަސްއޫލިއްޔަތަކީ ދެމަފިރިން އެކުގައި އުފުލަންޖެހޭ މަސްއޫލިއްޔަތެކެވެ. އެކަންކަން އަޅުގަނޑުމެން ބަލައިގެންފިނަމަ 2013 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ ރެކޯޑް ފޮތުގައި ރާއްޖެއަށް ލިބިފައިވާ ދުނިޔޭގެ އެންމެ ވަރިގިނަ ޤައުމުގެ ރެކޯޑުން ސަލާމަތްވެވިދާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް