އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުރީދޫ އިން އައިފޯން 7 އަދި 7 ޕްލަސް ތައާރަފްކޮށް ހިލޭ ޖެޓް ބްލެކް 7 ގެ އައިފޯނެއް ހޯދުމުގެ ފުރުޞަތު ހުޅުވާލައިފި

އުރީދޫ އިން އައިފޯން 7 އަދި 7 ޕްލަސް ތައާރަފްކޮށް ހިލޭ ޖެޓް ބްލެކް 7 ގެ އައިފޯނެއް ހޯދުމުގެ ފުރުޞަތު ހުޅުވާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު

އުރީދޫ އިން އައިފޯން 7 އަދި 7 ޕްލަސް ތައާރަފްކޮށް ބާޒާރަށް ނެރެ ހިލޭ ޖެޓް ބްލެކް އައިފޯން7 ގެ ފޯނެއް ހޯދުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އުރީދޫ އިން އައިފޯނު 7 ގެ 2 ސީރީޒް ބާޒާރަށް ނެރުނީ މިއަދު ހެނދުނުއެވެ. އެއިރުވެސް އެތައް ސަތޭކަ ބައަކު ތިބީ ފޯނުގަތުމަށް ކިޔޫގައެވެ.

އުރީދޫން އައިފޯން 7 ވިއްކަނީ 13،899 ރުފިޔާ އާއި 17،899 ރުފިޔާ އާއި ދެމެދުގެ އަގުތަކަށެވެ. އައިފޯން 7 ޕްލަސް ވިއްކަނީ 16،399 ރުފިޔާ އާއި 20،499 ރުފިޔާ އާއި ދެމެދުގެ އަގުތަކަށެވެ.

މި ފޯނުތައް އިންސްޓޯލްމަންޓަށް ދޫކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. މަހަކު 899 ރުފިޔާ، 1،099 ރުފިޔާ އަދި 1،249 ރުފިޔާ ދައްކައިގެން އައިފޯން 7 ހޯދިދާނެއެވެ. މަހަކު 1،000ރުފިޔާ، 1،429 ރުފިޔާ، އަދި 1،449 ރުފިޔާ ދައްކައިގެން އައިފޯން 7 ޕްލަސް ހޯދިދާނެއެވެ.

ކޮންމެ ޕެކޭޖަކަށްވެސް 2،999 ރުފިޔާ ކުރިއަށް ދައްކަން ޖެހެއެވެ. ޕެކޭޖުގެ އަގުތައް ތަފާތުވެފައިވަނީ އެއިގައި ހިމެނޭ ޑާޓާގެ ނިޞްބަތުންނެވެ.

އުރީދޫން މިއަދު ބުނީ ކުރިއަށް އޮތް 3 ދުވަސްތެރޭގައި އުރީދޫގެ ފޭސްބުކްޕޭޖަށް ވަދެ އައިފޯން ގަތުމަށް އުރީދޫ ޚިޔާރުކުރި ސަބަބު ބަޔާންކުރުމުން ބައިވެރިންގެ މެދުގައި ގުރުއަތުލައި ހޮވޭ ފަރާތަކަށް ހިލޭ ޖެޓް ބްލެކް އައިިފޯން7 ގެ ފޯނެއް ހޯދުމުގެ ފުރުޞަތު ހުޅުވާފައިވާ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް