އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެސްޓީއޯ އިން ގެސްޓް ހައުސްތަކަށް ޚާއްޞަ 3 ޕެކޭޖެއް ތައާރަފްކޮށްފި

އެސްޓީއޯ އިން ގެސްޓް ހައުސްތަކަށް ޚާއްޞަ 3 ޕެކޭޖެއް ތައާރަފްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 56 ސިކުންތު

ދަރުބާރުގޭގައި މިއަދު ބޭއްވި ގެސްޓް ހައުސް ކޮންފަރެންސުގެ ތެރެއިން، ގެސްޓް ހައުސްތަކަށް ޚާއްޞަކޮށްގެން ތަފާތު 3 ޕެކޭޖެއް އެސްޓީއޯ އިން ތަޢާރަފްކޮށްފިއެވެ.

އެސްޓީއޯ އިން މިއަދު ތަޢާރަފްކުރީ ކޮޓަރިއާއިބެހޭ ހުރިހައި ސާމާނެއް ހިމެނޭ "ރޫމްޕެކޭޖް" އާއި ބަދިގެއާއި ބެހޭ ހުރިހައި ސާމާނުތަކެއް ހިމެނޭ "ކިޗަން ޕެކޭޖް" އާއި އެހެނިިހެން ސާމާނު ހިމެނޭ "މިސަލޭނިއަސް" ޕެކޭޖެވެ.

މިޕެކޭޖްތައް ނަންގަވާ ފަރާތްތަކަށް ޚާއްޞަ ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކްރެޑިޓް ސްކީމުގެދަށުން ގަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ވަނީ ހުޅުވާލައިފައެވެ.

މިސްކީމްތަކާއިބެހޭ ގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓުން މައުލޫމާތު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.

އެސްޓީއޯ އިން ބުނީ މިފަދަ ޕެކޭޖްތަކެއް ތަޢާރަފްކުރީ ގެސްޓް ހައުސްތައް އިތުރުކޮށް އިތުރު ވިޔުފާރިތައް އުފެއްދުމަކީ ރައީސް ޔާމީނުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ ކަމަކަށްވެފައި އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްޠިޞާދަށް ބޮޑެތި ފައިދާތަކެއް ކުރާނެތީ އެކަމުގައި އެސްޓީއޯ އިންވެސް ބައިވެރިވެ އެހީތެރިވުމަށް ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް