އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވަގުތީ ފާލަން

ވަގުތީ ފާލަން


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 12 މިނެޓް, 41 ސިކުންތު

ފާތިމަތު ސަޢީދު


މަންޒިލެއް ވަގުތީ މިއީ އުޅުނަސް މިތާ އުފަލެއް ނެތޭ


          މަންޒިލަށް ދާން އުޚުރަވީ ނުގޮވާނެ ފަރުދަކު ހަމަ ނެތޭ،


ކާރުޚާނާތައް ހަދައި މުދަލާއި ފައިސާ ލިބިވިޔަސް


          ބާރު ދޫކޮށް ބަރުޒަޚުގަ ނޯންނާނެ  ފަރުދަކު ހަމަ ނެތޭ،


އުސްބިނާ ގަނޑުވަރު ތެރޭ ރަންދާނުގައި ތިއްބަސް މިތާ


         ހުސް އެ ފަޅު ސަހަރާތެރޭ ނޯންނާނެ ފަރުދަކު ހަމަ ނެތޭ،


އިނތިހާ އުފަލާއެކީ  އަލިމަހުގެ ދާނެއްގައި އޮތަސް


         ތިންފިލާ ކަފުނުގެ ތެރޭ  ނުލެވޭނެ  ފަރުދަކު ހަމަ ނެތޭ،


މަސްތަކާ އަދި އަހަރުތައް ބޭކާރުކުރިޔަސް އަދު މިތާ


         ހަޟްރަތަށް ކުއްތަންވުމަށް ނުފުރާނެ ފަރުދަކު ހަމަ ނެތޭ،


މޮޅުނަމާ ޝަރަފާ ލަގަބު އަދި ރަންމެޑެލް ލިބިފައިވިޔަސް


         މޮޅު ކަމެއްނެތި ފަސްދަށަށް ނުލެވޭނެ ފަރުދަކު ހަމަ ނެތޭ،


ޢަފްލަތާ ޝިރުކުގެ އަނދިރި ފަރުދާތެރޭ ފޮރުވިފަ ވިޔަސް


        ހަފުސުވެވި ވެއްޔާ އެކުވެ ނުގިރޭނެ  ފަރުދަކު ހަމަ ނެތޭ،


ހަމަހިމޭންކަން ނެތި މިތާ އެކި ކޮޅުކޮޅަށް ދުވެ ހެދިޔަކަސް


        ރަމަތަވީ އެ އަމާން ބިމަށް ނުފުރާނެ ފަރުދަކު ހަމަ ނެތޭ،


ފާލަމުން ނެތި މަރު ހަނދާން ގަދަފަދަ ކަމާއެކު އުޅުނަކަސް


        ޢާލަމަށް ދެމިއޮތުމުގައި  އޮންނަން ނުދާ  ފަރުދަކު ނެތޭ،


ފިޔަދަމައި ވާދީތަކުން އުދުހިފަ މަޖާކޮށް އުޅުނަކަސް


        ހިޔަލަކަށް ޖަންނަތު ލިބުން ނޭދޭނެ ފަރުދަކު ހަމަ ނެތޭ،


އަލިކަމާ ހުޅުދާންތަކާ ދަންމަރުތަކުން އަދު އަލިވިޔަސް


        އަލިކަމެއް ނެތް ފަޅުބިމަށް ނުމެދާނެ ފަރުދަކު ހަމަ ނެތޭ،


އެދި ދެދުނިޔޭން ރަޙުމަތާއި ސަޢާދަތާ އަދި މަޢްފިރާ


        އެދި ދެއަތް އުފުލާ ދުޢާ ނުކުރާނެ  ފަރުދަކު ހަމަ ނެތޭ،


 



2016-09-19


 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް