އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިހިތުގެ ސުވާލު.

މިހިތުގެ ސުވާލު.


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 9 މިނެޓް, 58 ސިކުންތު

ފާތިމަތު ސަޢީދު


އިންސާނަކަށް ކުރާ އަސަރު ދުށުމަށް ކަލާ ރުހޭނުހޭ،؟


            އިންސާފަކާ ނުލާމިހެން އަނިޔާލިބެން އެދޭނުހޭ؟             


ފެނިގެން އެލިބުނު ހާ އުފާ އެކިއެކި ތަފާތުދަރަޖައިން،


             ވެނިމުނު ކަމެއްގެ ބައްޓަމަށް އައުމަށް ކަލާ ރުހޭނުހޭ؟


ލޯބީގެ ޤުލްޝަނުން ފޮޅުނު މާތައް ތަފާތު ކުލަކުލާން،


             މޯޅިވެ މިލާ  ހަލާކުވުން  އަނިޔާއަކަށް  ނުވާނެހޭ؟


އެއްވެސް ކުށެއް މަގޭފުށުން ނެތްއިރު އެއަށްބަލާނުލާ،


             އެއްލެވި ކަލާއަތުން އެވިހަ ތީރުގެ ޒަޚަމް ދެކޭނުހޭ؟


ތިޔަލޯބިވާ ހަނދާނުގައި ފާއިތުވެދާ ދުވަސްތަކުން،


            ހިޔަހާސް ހިތާމަ ލިބިއަނާ އުޅުމަށް ކަލާ ރުހޭނުހޭ؟


ވިޔަވަތި ކަމާއެކީ ފެށުނު ލޯބީގެ ފޮނި ހަނދާނުގައި،


            މިއަޅާގެ   ޢުމުރު  ހޭދަވުން އާދޭހަކަށް ބަލާނުހޭ ؟


ހިތުގާ ހިނގާ އުދާސްތަކާ ރިހުމާ ތަދާއި ވޭންތަކަށް،


            މިތުރާގެ އަރިޔަހުން ލުޔެއް ދިނުމަށް ބަލައި ނުލާނުހޭ؟


ނިންޖެއްނުލިބި ޢަރާމަކާ ހިތްހަމަޖެހޭނެ ބާރަކާ،


            މިންވަރުނުވެވި   މިދާގޮތާ މެދުގައި  ކަލާ ރުހޭނުހޭ ؟


ރުއިމެއް މިފަދަ ޙަޔާތުގައި ނެތެ ކުރެވިފައިމެ ތަޖްރިބާ


            ބުއިމެއްކަމަށް މިލޭކަރުނަ ބޭނުން ކުރަން ކެރޭނެހޭ؟


ދާންވީހެ މަރުވެގެން މިތާ ކަރުނައިގެ ކޯރުގައިފަތާ،


            ދާއިރު ފުރާނަ ހަށިގަނޑުން ދުށުމަށް ކަލާ ރުހޭނުހޭ؟


މަންޒިލް މަޤާޞިދަށް މިލޯބީގައި ދެވެން ނުވާކަމުން،


            ދަންޖެހި މިހެން މަރުވެދިއުން ޤުރުބާނަކަށް ދެކޭނުހޭ ؟



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް