އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޖަލިޔާ ދަތުރު

ޖަލިޔާ ދަތުރު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 15 ސިކުންތު

ފާތިމަތު ސަޢީދު 


ހަމަހިމޭން ކޯރުގެ ތެރޭ ޖަލިޔާ ދަތުރު ކުރަމުން ދަނީ


         ހަމަވަޔާއެކު ރޯޅިތައް އައިސް ފިރުމަމުން ކުރިޔަށް ދަނީ


ވަށަވަށައިގެން ކުންނުތައް ފަރުބަދަތަކާ ފެހިކަން ފެނޭ


         ނަށަނަށާ ފިޔަތައް ދަމާ ނަލަދޫނި ތައް ލަވަ އިއްވަނީ


ހަމަހިމޭން ކަންފޫއެޅުވި ހަރުބީމަތީ ލަވައެއް ރިވެތި


            ހަމަތަކާ ރާގުންކިޔާ މީހަކު އައިސް އިއްވައިދެނީ


ބަލަބަލާ އިންދާ ރިވެތި ޖަލިޔާއަކުން އައި ސާހިބަކު


          ގަލަމަށާ ދުލަކަށް ބަޔާން ނުވެވޭނެހާ ލޯތްބޭ ދިނީ


ހިތުގެ ލޯތްބާ ފުންއަސަރު ވައިރޯޅިޔަށް ސިއްރުން ނިކަން


          ހިތުތެރޭން ނެރެ މަޑުމަޑުން ލޯތްބާއެކީ އިއްވާދެނީ


މަޑުމަޑުން ފެށިޔޭ ވެހެން ހިމަފޮދު ނިކަން ތުނިވާރެޔެއް


         މަޑުމަޑުން ނަފްސާ ދެރޫޙު ޖަލިޔާތެރޭ ތެމެމުން ދަނީ


އަތުތެރޭ ކުރިހާ ވަޢުދު ޢަހުދާއެކީ ދެހިތުން ހިތަށް


           ދަތުރު ކުރަމުން ދާވިލާ ނޫއުޑުމަތީ ހެކިކޮށްދެނީ


މަސްމަހާމެހި ފުމެނަށާ އެކިކުލަކުލައިން ކޯރުގެ ތެރޭ


           މަސްރަޙަށް އާދިރުމަކާ ތާޒާކަމެއް ގެނުވައި ދެނީ


މުޅި ޙަޔާތުގަ ވޭނުގާ މޮޅިވެރި ކަމާއެކު ކުރި ދަތުރު


           ގުޅިދެހިތް ޖަލިޔާތެރޭ އުފަލާއެކީ ނަށަމުން ދަނީ


ކުޅިވަރާ އަދި ކުޅިމަޖާ ކުޅިވެރި މިޒާޖުގެ ސާހިބަކު


          މުޅިދަތުރު ޖަލިޔާތެރޭ މުޅި ހިތް އުފާކުރަމުންދަނީ


ހިކިމިލާ އަނަރޫފަވީ މިހިތަށް ބަހާރުގެ މޫސުމެއް


        ތިކިއޮހޭވާރޭ ފަދައިން ފޮނިބަސް ތަކުން އޮހެމުންދަނީ


މިފަދަ އޯގާވެރި ހިތެއް މިންވަރު ކުރެއްވީތީ މިތާ


 


      މިފަދަ ނިޢުމަތް ދެއްވަވާ މާތް ޙަޟްރަތަށް އަތްއުފުލެނީ


 


 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް