އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މީދާތަކެއް، އަންހެނުންގެ ވޯޑުގަ އޮތް ތުއްތު ކުއްޖަކު ''ކާލައިފި''

މީދާތަކެއް، އަންހެނުންގެ ވޯޑުގަ އޮތް ތުއްތު ކުއްޖަކު ''ކާލައިފި''


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 54 ސިކުންތު

އިންޑިއާގެ ޖައްމޫ ކަޝްމީރުގެ ކިޝްތްވާރު ޑިސްޓްރިކްޓްގެ ހޮސްޕިޓަލެއްގެ ވިހާ އަންހެނުންގެ ވޯޑުގައި އޮތް ދެދުވަސްވީ ތުއްތު ކުއްޖަކު މީދާތަކެއް އައިސް ކާލައިފިއެވެ. 


ކުއްޖާގެ ބައްޕަ ޙުލާމް ޙަސަން ބުނީ އަންހެނުން ފިރިހެން ކުއްޖަކު ވިހެއީ މިދިއަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި ރޭ ގެއަށް ދިއުމަށްފަހު މިއަދު ހެނދުނު ހޮސްޕިޓަލަށް ދިއައިރު ވެސް މީދާތައް އުޅެނީ ދަރިފުޅުގެ ގައިމަތީގައި ކަމަށެވެ. 


އޭނާ ބުނީ އެއިރު ބޮލާއި އެހެން ބައެއްތަންތަން ކާލާފައިވާ ކަމަށާއި އެއިރުވެސް އެތަންތަނުން ލޭ އަންނަ ކަމަށެވެ. އަދި ދަރިފުޅު އޮތީވެސް މަރުވެފައި ކަމަށެވެ.


ފުލުހުން ބުނީ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ.


ޑިރެކްޓަރ އޮފް ހެލްތް ސަރވިސަސް ބުނެފައިވަނީ މައްސަލަ ބެލުމަށްފަހު އެއްވެސް މީހަކު ކުށްވެރިވާނަމަ އެމީހަކާއިމެދު ފިޔަވަޅު އަޅާނެ ކަމަށެވެ. 


މި ހާދިސާ ހިނގާފައިވަނީ ސަރުކާރުން ހިންގާ ކޮމިޔުނިޓީ ހޮސްޕިޓަލެއްގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް