އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޭކަޕާ ނުލައި އަނބިމީހާ ފެނުނުއިރު ހުތުރުކަމުން ވަގުތުން ވަރިކޮށްފި

މޭކަޕާ ނުލައި އަނބިމީހާ ފެނުނުއިރު ހުތުރުކަމުން ވަގުތުން ވަރިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 1 ސިކުންތު

އަނބިމީހާ، މޭކަޕާއި ނުލައި އަސްލު ސިފައިގައި ފެނުނީ ކައިވެނިކުރިތާ 14 ދުވަސް ފަހުންނެވެ. ފެނުމާއިއެކު ހުތުރުކަމުން ވަގުތުން ވަރިކުރީއެވެ.


ޝާރުޖާގެ އުމުރުން 34 އަހަރުގެ ފިރިހެނަކު އޭނާގެ 28 އަހަރުގެ އަނބިމީހާ ވަރިކުރުމަށްފަހު ބުނީ ކައިވެނީގެ ކުރިންނާއި ކައިވެނީގެ ހަފްލާގައި އަނބިމީހާ ހުރީ މޭކަޕްކޮށްގެން ކަމަށާއި މޭކަޕްކޮށްގެން ހުރިއިރު ވަރަށް ރީތި ކަމަށެވެ. 


"އެކީގައި މިއުޅުނީ 14 ދުވަހު. އަބަދުވެސް އޭނާ ހުންނަނީ ރީތިވެގެން. މޭކަޕްކޮށްގެން. އަސްލު ސިފަ މިފެނުނީ މޫދަށް އެރުމުން. މޭކަޕްތައް ފިލައިގެން ދިއުމުން. އޭނާ އަހަރެންނަށް މަކަރުހެދީ. ނޫޅެވޭނެ މިހައި ހުތުރު އަންހެނަކާ ކައިވެނިކޮށްގެނެއް. މޭކަޕް ފިލާފައި ހުރިއިރު އަހަރެންނަށް އޭނާ ވަކިކުރާކަށްވެސް ނޭނގުނު." 


މިވާހަތައް ނޫހަކަށް ކިޔައިދިނީ ވަރިކުރުމުން އަންހެން މީހާއަށް ލިބުނު މާޔޫސްކަމަށް ފަރުވާ ހޯދަން ދިއަ ނަފްސާނީ ޑޮކްޓަރެވެ. ޑޮކްޓަރު އެ އަންހެނަކީ ކާކުކަން ހާމަކޮށްފައެއް ނުވެއެވެ.


އަންހެން މީހާ ޑޮކްޓަރު ކައިރީ ބުނީ އޭނާގެ ހަޤީޤަތް ކިޔައިދޭން ބޭނުންވި ކަމަށާއި ނަމަވެސް އެއްވެސް ފުރުޞަތެއް ނުދީ ވަރިކޮށްލީ ކަމަށެވެ. 


 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް