އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަޔާތުގެ ރޭހުން މޮޅުވުމަކީ...

ހަޔާތުގެ ރޭހުން މޮޅުވުމަކީ...


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 55 ސިކުންތު

މޮޅުނަމާ ޝަރަފާ މަގާމެއް ލިބިވިޔަސް އަދު ދުނިޔެއިން


           މޮޅުވަނީ ރޭހުން ހަޔާތުގެ  އަބުރުވެރި  ފޭރާން ލެވުން


އަދަދުނުވެ ފައިސާ މުދާ ހުއްޓަސް ދުނިޔަވީ މަސްރަހުން


           އަދަބު އަޚްލާގާ ސުލޫކީ މިންގަނޑަށް  ފެތިގެން ތިބުން


ބިންތަކާ ގަނޑުވަރު ހަވޭލީތައް ބިނާކޮށް އުޅުނަކަސް


          އިންތަކުން ދީނުގެ މަގަށް  ނަފުސާ  ހިތާރޫހާ ލެނބުން


އިލްމު ހުނަރާ ފަންނުގައި އިސްބަސްބުނާ މީހާ ވިޔަސް


          ފިލްމު ކުޅެވޭ މުޅި ހަޔާތުގެ ކިލަނބުނުވެ ނިންމާލެވުން


ފާލަމުން މިކުރާ ދަތުރުގައި ނެވިކަމުގެ ފަތްކޮޅު އޮތަސް


        ޢާލަމަށްދާން  އުޚުރަވީ މިސްރާބުގައި  ދަތުރެއް ކުރުން


ހަތަރުމާ ބިނދެ މިލްކުކޮށްލަން ބާރުތައް ލިބިފައިވިޔަސް


     ހަތަރުމަލުގައި އޮންނަހަމައިން ރުހުމުގައި ގޮސް ބޮސްދިނުން


ހިޔަލުގައި ތިޔައުނގުތެރޭން ތަރުބިޔަތުވާ ގައުމުގެ ދަރިން


     ރިޔަލުގައި ފަރުގިރިބަލައި ބަނދަރެއް އަމާންހޯދަން އެނގުން


ރަންމުތެއް ފަދަ ލޯބި އުފެދޭ ހިތުތެރޭން ބައި އެޅުމުގައި


    ދަންމަޅީގައި ނުޖެހި ގޮސް މަންޒިލް އަމާން ހޯދަން އެނގުން


މުޅި ހަޔާތުގެ ދަތުރު ނިންމާ ލޯމެރޭ ހިނދު ބިންމަތިން


     ގުޅި ސަވާބާ ދަރުމަ އެޅި ނުގުޑާ ވަރަށް ފުރިފައި  ހުރުން


ފަސްއެނބުރި މުޅިދަތުރުނާމާ ލިޔެވިފައި އޮތް ފެންނަހިނދު


     ހަސްނެތޭ ވަރު ލައްގަނޑެއް ތިޔަ ދާވަނީ  ޖެހިފައި ނެތުން


 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް