އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

15 އަހަރުވަންދެން ނުހުޅުވައި ބޭއްވި ކައިވެނީގެ ހަދިޔާ- ދެމަފިރިންގެ ހުރިހާ މައްސަލަތަކެއްގެ ހައްލު!

15 އަހަރުވަންދެން ނުހުޅުވައި ބޭއްވި ކައިވެނީގެ ހަދިޔާ- ދެމަފިރިންގެ ހުރިހާ މައްސަލަތަކެއްގެ ހައްލު!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 50 ސިކުންތު

ރަމީ އާއި އާދަނުގެ ކައިވެނީގެ ހަފްލާގައި ވަރަށް ގިނަ ހަދިޔާތައް ލިބުނެވެ. ޕާރުސަލްތައް ބަލަމުން ދަނިކޮށް ފެނުނު އެއް ހަދިޔާއަކީ ރަމީގެ ބޮޑުދައިތަ ދީފައިވާ ހަދިޔާއެކެވެ. އެ ހަދިޔާގެ ބޭރުގައި ލިޔެފައި އޮތީ ދެމަފިރިންގެ މެދުގައި މައްސަލަޖެހި ޙައްލު ނުކުރެވޭ ހާލަތަށް ދިއުމުން ނޫނީ އެ ޕާރުސަލް ނުކެނޑުމަށެވެ.


އެހެންކަމުން ދެމަފިރިން އެޕާރުސަލް އޮތީ ނުކަނޑައި ބާއްވައިފައެވެ. ދެމަފިރިންގެ މެދުގައި ތަފާތު މައްސަލަތައް ޖެހެމުން ދިއައިރުވެސް އެޕާރުސަލް ނުކަނޑައެވެ. އެއީ މައްސަލަތައް ހައްލު ކުރެވޭތީއެވެ. 


ކައިވެންޏަށް 15 ވަނަ އަހަރަކީ މައްސަލަތައް ގިނަ އަހަރެކެވެ. އެހެންކަމުން އެއްރޭ ދަރިން ނިންދެވުމަށްފަހު ދެމަފިރިން ނިންމީ ޕާރުސަލް ކަނޑައި އެއިގައި އޮތް އެއްޗެއް ބެލުމަށެވެ. ދެމަފިރިންގެ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ބޭނުމުގައެވެ.


ޕާރުސަލް ކެނޑިއިރު އެއިގައި އޮތީ ލާރި އަޅާފައިހުރި ދެ ފޮށްޓެވެ. ރަމީގެ ފޮށީގައި އޮތް ނޯޓުގައި ލިޔެފައިތީ މިއިން ފުރަތަމަ ޕިއްޒާއަކަށް އޯޑަރު ކުރުމަށެވެ. ދެން އެއަށްފަހު ފެންވެރުމަށެވެ. އާދަނަށް އޮތް ފޮށީގައި އޮތް ނޯޓުގައި ލިޔެފައިވަނީ ރަނގަޅު ފިނިފެންމަލުގެ މާބޮނޑިއެއް ގަނެ ރަމީއަށް ހަދިޔާ ކުރުމަށެވެ. އަދި ރަނގަޅު މީރު ބުއިމެއް ގަތުމަށެވެ. 


ދެމަފިރިން އެކުގައި ތިބެ ވިސްނައިލިއެވެ. މިއިން ދޭހަވާ އިބްރަތް ނުވަތަ ލިބެންޖެހޭ މެސެޖަކީ ކޮބައިތޯ އަހަން ބޮޑުދައިތަ ދުނިޔެއަކު ނެތެވެ. ދެން އޮތީ އެކަމަށް ވިސްނުމެވެ. 


ދެމަފިރިން ވަރަށް ބޮޑަށް ވިސްނުމަށްފަހު ތަފާތު ޚިޔާލުތައް ފައުޅުކުރިއެވެ. ދެމަފިރިންނަށް އެންމެފަހުން ޤަބޫލުކުރެވުނީ ހަމަ ރަމީގެ ޚިޔާލެވެ. "ދެމަފިރިން އެކުގައި ގިނައިން ކައި އުޅުމެވެ. ފިރިމީހާއަށް މަރުހަބާ ކިޔަން އަބަދުވެސް ފެންވަރައި ރީތިވެގެން ހުރުމުގެ މުހިންމުކަމެވެ. މާފަދަ ހަދިޔާތައް ދެމީހުންވެސް ދޭންޖެހޭނެ ކަމެވެ. އެކުގައި ކައި ބޮއިހެދުން ގިނަ ނަމަ އެކުގައި ހޭދަކުރެވޭ ވަގުތު ގިނަވާނެ ކަމެވެ. ދެމަފިރިންގެ މެދުގައި ހުންނަ މައްސަލަތަކަށް މަޝްވަރާ ކުރަން ފުރުޞަތު އިތުރުވާނެކަމެވެ." 


ބޮޑުދައިތަގެ މެސެޖުން ލިބުނު އިބްރަތުގެ ބޭނުން ދެމަފިރިންވެސް ހިފިއެވެ. ނަތީޖާއަކަށްވެގެން ދިއައީ ހަނީ މޫނުގެ ދުވަސްވަރު އެނބުރި އައުމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް