އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މޮޅު ކުޅުންތެރިޔަކީ ގްރިޒްމަން، މޮޅު ކޯޗަކީ ސިމިއޯނީ

މޮޅު ކުޅުންތެރިޔަކީ ގްރިޒްމަން، މޮޅު ކޯޗަކީ ސިމިއޯނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

އެންމެފަހުގެ ސްޕެނިޝް ލީގާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް އެތުލެޓިކޯ މެޑްރިޑުގެ ފޯވާޑް އެންޓޯނިއޯ ގްރިޒްމަންއަށް އަދި އެންމެ މޮޅު ކޯޗްގެ މަގާމް އެކްލަބުގެ ކޯޗް ޑިއޭގޯ ސިމިއޯނީއަށް ލިބިއްޖެއެވެ.


ގްރިޒްމަންއަށް ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުމާއެކު އޭނާ ވެގެން ގޮސްފައި ވަނީ ފާއިތުވެދިޔަ 7 ސީޒަނުގައި ބާސެލޯނާގެ ލިއޮނަލް މެސީ އާއި ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށްފަހު މިއެވޯޑް ހޯދި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ގްރިޒްމަން ވަނީ މިއަހަރުގެ އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ހޯދާފައެވެ. މިހާރު އޭނާގެ އުއްމީދަކީ އަންނަ އަހަރުގެ ޖެނުއަރީމަހު ހޮވާ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހާސިލް ކުރުމެވެ.


ވެލެންސިޔާގައި ރޭ ކުރިއަށް ގެންދިޔަ ސްޕެނިޝް ލީގުގެ އެވޯޑް ދިނުމުގެ ހަފްލާގައި ގްރިޒްމަންގެ އިތުރުން އެތުލެޓިކޯގެ އެހެން ދެކުޅުންތެރިޔަކުވެސް ވަނީ އެވޯޑް ހޯދާފައެވެ. އެއީ އެންމެ މޮޅު ކީޕަރުގެ މަގާމް ހޯދި ޖަން އޮބްލަކާއި އެންމެ މޮޅު ޑިފެންޑަރުގެ މަގާމް ހޯދި ޑޮއޭގޯ ގޯޑިންއެވެ. 


އެންމެ މޮޅު ފޯވާޑުގެ މަގާމް ހޯދީ ބާސެލޯނާއަށް ލީގް ކާމިޔާބު ކޮށްދިނުމުގައި މޮޅު ކުޅުމެއް ދައްކައި ގިނަ ލަނޑުތަކެއް ކާމިޔާބު ކުރި ނުރައްކާތެރި ފޯވާޑް މެސީއެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ ރެއާލް މެޑްރިޑުގެ ލޫކާ މޮޑްރިޗެވެ.


ސްޕެނިޝް ލީގުގެ މަގާމުތަކަށް ކުޅުންތެރިން ހޮވަނީ ލީގުގައި ވާދަކުރާ ކްލަބުތަކުގެ ކެޕްޓަނުން ވޯޓުލައިގެންނެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަހުމަދު