އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލީގް ކަޕުން މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ކަޓައިފި

ލީގް ކަޕުން މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ކަޓައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

އިނގިރޭސި ލީގް ކަޕުން މަޝްހޫރު މެންޗެސްޓަރ ސިޓީ އާއި ޗެލްސީ ދެވަނަ ބުރުން ޓައިފިއެވެ.


ލީގް ކަޕުން މެންޗެސްޓަރ ސިޓީ ކެޓީ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑް އަތުނ 1-0 އިން ބަލިވުމުންނެވެ. މެންޗެސްޓަރ ޔުނައިޓެޑުގެ އޯލްޑް ޓްރެފޯޑުގައި ކުޅުނު މިމެޗުގެ ހަމައެކަނި ލަނޑު މެޗުގެ 54 ވަނަ މިނެޓުގައި ސްޕެއިންގެ ހުނަރުވެރި މިޑްފީލްޑަރު ހުވާން މަތާއެވެ. 


މިބައްޔާއެކު މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއާލޯއަށް ވަނީ ބޮޑު ނުތަނަވަސްކަމެެއް ކުރިމަތިވެފައެވެ. މިސީޒަނުގައި ކުޅުނު ފުރަތަމަ 10 މެޗު ކާމިޔާބު ކުރުމަށްފަހު އޭގެ ފަހުން ކުޅުނު 6 މެޗުންވެސް އެޓީމަށް މޮޅުވެވިފައެއް ނުވެއެވެ. މެން.ސިޓީގެ ތާރިހުގައިވެސް އަދި ކޯޗެއްގެ ގޮތުގައި ގާޑިއޯލާވެސް ޖެހިޖެހިގެން 6 މެޗުން މޮޅުނުވެވިފައެއް ނެތެވެ.


އަނެއްކޮޅުން މެން.ސިޓީ އަތުން ލިބުނު ކާމިޔާބީއަކީ މެން.ޔުނައިޓެޑުގެ ކޯޗް ހޯސޭ މޮރީނިއޯއަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. އެއީ ލީގުގައި އެންމެފަހުން ކުޅުނު މެޗުގައި ޗެލްސީ އަތުން 4-0 އިން ބޮޑު ތަފާތަކުން މެން.ޔުނައިޓެޑް ބަލިވި ވަލިވުން ހަނދާން ނައްތާލުމަށް ލިބުނު ރަގަޅު ފުރުސަތެކެވެ.


ދެވަނަ ބުރުން ޗެލްސީ ކެޓީ ރަށުން ބޭރުގައި ވެސްޓްހޭމް ޔުނައިޓެޑް އަތުން 2-1 އިން ބަލިވުމުންނެވެ. ޒުވާން ގިނަ ކުޅުންތެރިންނަށް އިސްކަންދީގެން ޗެލްސީއިން މިމެޗަށް ނުކުތްއިރު މެޗުގެ ފުރަތަމަ ދެލަނޑުވެސް ކާމިޔާބު ކުރީ ވެސްޓްހޭމްއެވެ. ޗެލްސީގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ގެރީ ކާހިލްއެވެ.


ކުއާޓާފައިނަލުގައި މެން.ޔުނައިޓެޑް ބައްދަލު ކުރަން ޖެހޭނީ ވެސްޓްހޭމްއާއެވެ. އެހެނިހެން މެޗުތަކަށް ބަލާއިރު އާސެނަލް ނިކުންނާނީ ސައުތެމްޓަންއާ ދެކޮޅަށެވެ. ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ލިވަޕޫލް ނިކުންނަން ޖެހޭއިރު ނިއުކާސަލް ނިކުންނާނީ ހަލްސިޓީއާ ދެކޮޅަށެވެ. ކުއާޓާފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ ނޮވެމްވަރު 30 ވަނަ ދުވަހުގެ ރޭ ރާއްޖޭ ގަޑިން 0:45 ގައެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު