އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކްލޯސާ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ކްލޯސާ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު

ފީފާ ވޯލްޑް ކަޕުގެ ތާރިހުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް އޮތް ޖަރުމަނުގެ ނުރައްކާތެރި ފޯވާޑް މިރްސްލާވް ކްލޯސާ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއްޔެ އިއުލާން ކޮށްފިއެވެ.


ކްލޯސާ،38، ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާން ކުރަމުން ބުނީ ކުޅުން ހުއްޓާލަން ނިންމީ ވަރަށް ގިނަ ދުވަސްތަކެއް ވިސްނުމަށްފަހު ކަމަށެވެ. "އަހަންނަކީ ކްލަބު ލެވެލްއަށްވުރެ ބޮޑަށް ގައުމީ ޓީމަށް ހާއްސަ ކުޅުންތެރިއެއް. ގައުމީީމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އަހަންނަށް އޮތް ކަމަށް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފައި" ކްލޯސާ ބުންޏެވެ.


މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ކްލޯސާއަށް ޖަރުމަނު ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމް ހުށަހަޅާފައެވެ. ކްލޯސާ އަތުގައި ކޯޗިންގ ލައިސަންސް ނެތުމުން އޭނާއަށް ކޯޗިންގ ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު ޖަރުމަނުގެ ފުޓްބޯޅަ އިދާރާއިން ވަނީ ކްލޯސާއަށް ދީފައެވެ.


2002 ވަނަ އަހަރުގެ ވޯލްޑް ކަޕުން ޖަރުމަނު ގައުމީ ޓީމުން ވިދާލުމަށްފަހު ގައުމީ ޓީމަށް ކުޅެދިން 137 މެޗުގައި 71 ލަނޑު ކްލޯސާ ވަނީ ކާމިޔާބު ކޮށްފައެވެ. ކްލޯސާ ވަނީ ގައުމީ ޓީމާއެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު